މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,053 Stories
3,284 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ހޯމަ ދުވަހުން ފެށިގެން އިންޑިއާއަށް ގޮސް ކަރަންޓީން ވާން ނުޖެހޭނެ
Business

ހޯމަ ދުވަހުން ފެށިގެން އިންޑިއާއަށް ގޮސް ކަރަންޓީން ވާން ނުޖެހޭނެ

އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އިންޑިއާއަށް ދަތުރުކުރާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތް ހަދައިިފިއެވެ. ކޯވިޑް-19ގެ އާ ވޭރިއަންޓް، އޮމިކްރޯން ފެތުރޭތީ އިންޑިއާއިން ފިޔަވަޅުތައް ހަރުކަށި ކުރޮތާ މަހެއް ވެއްޖެއެވެ. މި ފިޔަވަޅުތަކަށް ލުއި ދިނީ މިހާރު އެ ގައުމުގައި ކޯވިޑްގެ ހާލަތު ރަނގަޅުވެފައިވާތީއެވެ. މި ގެނައި ބަދަލާއެކު ހޯމަ ދުވަހުން ފެށިގެން އިންޑިއާއަށްދާ މީހުން ކަރަންޓީނު ވާން ނުޖެހޭއިރު އެ ގައުމަށް އެތެރެވާ އިރު، އެއާޕޯޓުން ހަދަންޖެހޭ ޕީސީއާރު ޓެސްޓުވެސް ހަދާކަށް ނުޖެހޭނެއެވެ. މި […]

ސްޕޭސް އެކްސް އާއެކު އީލޯން މަސްކް ފުރަތަމަ ޓްރިލިނިއަރަކަށް ވެދާނެ
Business

ސްޕޭސް އެކްސް އާއެކު އީލޯން މަސްކް ފުރަތަމަ ޓްރިލިނިއަރަކަށް ވެދާނެ

ސްޕޭސް އެކްސް ޕްރޮގްރާމާއެކު ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށް ހަދައި އީލޯން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވާނެ ކަމަށް ލަފާ ކޮށްފިއެވެ. މިހެން ލަފާ ކޮށްފައިވަނީ އެމެރިކާގެ މޯގަން ސްޓޭންލީސް އޮޓޯ އެންޑް ސްޕޭސް ރިސާޗް ހެޑް އެޑަމް ޖޯނަސް ނެރެފައިވާ ލިޔުމެއްގައެވެ. އީލޯން މަސްކަކީ އެތަކެއް ކުންފުނިތަކެއްގެ ފައުންޑާ ވެސްމެެ އެވެ. އޭގެ ތެރޭގައި ސްޕޭސްއެކްސް، ދަ ބޯރިން، ހައިޕަލޫޕް އަދި އޯޕަންއޭއައި ހިމެނެ އެވެ. އޭނާ ބުނެފައިވާގޮތުގައި މިހާރު 100 ބިލިއަން ރުފިޔާގެ […]

ހަންޏާމީދޫ ބަނދަރުގެ 67 އިންސައްތަ ނިމިއްޖެ
Business

ހަންޏާމީދޫ ބަނދަރުގެ 67 އިންސައްތަ ނިމިއްޖެ

އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 67 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ ރަށުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރުވަނަ ޝިޕްމަންޓް މިއަދު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތުގެ 91 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ […]

ފަތުރުވެރިކަމުގެ ދާއިރާއިން އެވޯޑު ދެނީ
Business

ފަތުރުވެރިކަމުގެ ދާއިރާއިން އެވޯޑު ދެނީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ހާއްސަ އެވޯޑްތަކެއް މި އަހަރުން ފެށިގެން ދޭން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ. އެ މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންކަން ފަހިކޮށް ދިނުމާ ގުޅޭ ހަތަރު އެވޯޑަކާއި ދިވެހި ފަންނާނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ތިން އެވޯޑަކާއި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ އެވޯޑެއް ދޭނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އަށް މީހުން ބިނާކުރަން ބާރު [...

މޯލްޑިވިއަން އާއި އެމިރޭޓްސް ގުޅިގެން ހިދުމަތް ދެނީ
Business

މޯލްޑިވިއަން އާއި އެމިރޭޓްސް ގުޅިގެން ހިދުމަތް ދެނީ

މޯލްޑިވިއަން އާއި އެމިރޭޓްސް އިން ގުޅިގެން ހިދުމަތްތަކެއް ދިނުމާ ބެހޭ ގޮތުން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މޯލްޑިވިއަން އިން ނެރުނު ބަޔާނެއްގައި ބުނީ ދެ އެއާލައިނުން ކޯޑް ޝެއާކުރުމާއި އިންޓަލައިން ނުވަތަ އެއް އެއާލައިނުން އަނެއް އެއާލައިނެއްގެ ހިދުމަތްތައް ވިއްކައި ކަނެޓްޓިވިޓީ އިތުރުކުރުމާއި ހޮލިޑޭ ޕެކޭޖްތައް ވިއްކަން ގުޅިގެން މަސައްކަތްކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ހަވާލާދީ މި ބަޔާނުގައި ބުނެފައި ވަނީ އެމިރޭޓްސް އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރު...

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މަސައްކަތް ނިމެނީ
Business

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މަސައްކަތް ނިމެނީ

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މަޝްރޫއުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ 99 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، އޯޕީޑީ އިމާރާތެއް އެޅުމާއި، ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމާއި، އިމަޖެންސީ ރޫމް […]

ހުޅުދެލި ބަނދަރުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެ
Business

ހުޅުދެލި ބަނދަރުގެ 64 އިންސައްތަ މަސައްކަތް ނިމިއްޖެ

ދ. ހުޅުދެލި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 64 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުމްފުނިން ބުނީ މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ޕޭވިންގެ 80 އިންސައްތަ މަސައްކަތްވެސް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތެވެ. މި މަޝްރޫއުގެ ދަށުން، 49،612 ކިއުބިކް […]

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި، 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް
Business

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި، 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް

އެސްޓީއޯއިން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ފަށާ ރަމަޒާން ބާޒާރު މިއަހަރުވެސް ފަށައިފިއެވެ. އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސޭލް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. ސޭލް ފެށުމުގެ ގޮތުން އަމްރު ވަނީ ކަރައެއް ފަޅުއްވާފައެވެ. އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލް ކުރިއަށްދާނީ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައެވެ. އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ތަކެތިން 40 އިންސައް...

ފޭދޫ ބަނދަރުގެ އާ ހާބަ ބޭސިން ފުންކޮށް ނިމިއްޖެ
Business

ފޭދޫ ބަނދަރުގެ އާ ހާބަ ބޭސިން ފުންކޮށް ނިމިއްޖެ

ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ނެރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތުގެ 66 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 276 މީޓަރުގެ އެއްގަމުތޮށި ލުމާއި، 378 މީޓަރުގެ ބޭރުތޮށި […]

ކިނޮޅަހު ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް
Business

ކިނޮޅަހު ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ރ. ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މިހާރު ހުރި އެއްގަމުތޮށި ތަޅާލުމުގެ މަސައްކަތާއި މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ބޭރުތޮށި ލުމާއި، 65 މީޓަރުގެ ރިވެޓްމެންޓް […]

ނޭވާ 2 ގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ
Business

ނޭވާ 2 ގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ

ރެކޯޑެއް ހެދުމަށް ބާއްވާ، ނޭވާ 2 ގެ ކޯ ސްޕޮންސަރަކަަށް އެސްޓީއޯ ހަމަޖައްސައިފިއެވެ. މިއީ ރާއްޖޭގެ ފުރަތަމަ ލޯކަލް ޑައިވިންސްކޫލް ކަމަށްވާ ފްރީ ޑައިވް މޯލްޑިވްސްއިން, މޫދު އަޑީގައި ނޭވާ ހިފެހެއްޓުމުގެ ދުނިޔޭގެ ރެކޯޑެއް ހެދުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އެގޮތުން، އެންމެ ގިނަ މީހުން އެއްފަހަރާ ސްޓެޓިކް އެޕްނިއާގެ ރެކޯޑެއް ހެދުމަށް މި ހަރަކާތުގައި މަސައްކަތް ކުރާނެއެވެ. ސްޓެޓިކް އެޕްނިއާއަކީ ނުފީނާ، މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން އޮންނަ އުކުޅަށް ކިޔާ ނަމެވެ. އެ ހަރަކާތުގެ […]

އިހަވަންދޫ ބަނދަރުގެ ބޮޑުބައި ނިމިއްޖެ
Business

އިހަވަންދޫ ބަނދަރުގެ ބޮޑުބައި ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތުގެ 80 އިންސައްތަ ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމުގެ މަސައްކަތާއި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަަަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއި، 284 މީޓަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް […]

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ
Business

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ

މުޅި ރާއްޖެއަށް ހުޅުވައިގެން ކުރިއަށްގެންދާ “ގޯލްޑަން ފުޓްސަލް ޗެލެންޖް”ގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒެވެ. އަދި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ރައީސް ރިލްވާން މޫސާއެވެ. މި މުބާރާތުގައި 91 ޓީމެއް ބައިވެރިވާއިރު 177 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މި މުބާރާތް ތާވަލުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ހުޅު...

ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓް ބިންތަކަށް ބިޑް ހުށަހެޅުން މާދަމާ
Business

ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓް ބިންތަކަށް ބިޑް ހުށަހެޅުން މާދަމާ

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާންކުރި 60 ބިމުގެ ތެރެއިން ބީޗްފްރަންޓް ބިންތަކަށް ބިޑްކުރުން މާދަމާ ބާއްވަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތާވަލު ކޮށްފިއެވެ. އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ މިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނު ކުުރި ގޯތީގެ ތެރޭގައި ހިމެނޭ ބީޗް ފްރަންޓް 26 ބިމަށް މާދަމާ ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން، ކޮންމެ ބީލަން ފޯމަކާ އެކު ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެއް […]

އެސްޓީއޯއިން އިތުރު 15 އެމްބިއުލާންސް ގެނެސްފި
Business

އެސްޓީއޯއިން އިތުރު 15 އެމްބިއުލާންސް ގެނެސްފި

ރަށްތަކަށް ފޮނުވަން ނިންމާފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން އިތުރު 15 އެމްބިއުލާންސް އެސްޓީއޯއިން މިއަދު ރާއްޖެ ގެނެސްފިއެވެ. އަތޮޅު ތެރޭގެ ރަށްތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން ސަރުކާރިން ހަވާލު ކުރީ އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އެސްޓިއޯއިން ބުނީ އެމްބިއުލާންސްތައް މިހާރު މާލެ ގެނެސްފައިވާއިރު ވަރަށް އަވަހަށް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާ...