ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށުގެ ގްރޮއިން ޖަހައި ނިމެނީ
ހއ. ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޯޕަރޭޝަން (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނި ބުނި ގޮތުގައި މި މަސައްކަތުގެ 70 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތުގެ 35 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއިގެ ދަށުން، ހޯރަފުށީގެ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމް ކުރާނެއެވެ. […]