މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,053 Stories
3,319 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ހުޅުމާލޭގައި އިތުރު އެޕާޓްމަންޓުތަކެއް އަޅައިދޭނެ ބަޔަކު ހޯދަނީ
Business

ހުޅުމާލޭގައި އިތުރު އެޕާޓްމަންޓުތަކެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި އިތުރު އެޕާޓްމަންޓްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން އެޗްޑީސީ އިން އިއުލާންކޮށްފިއެވެ. އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ދެ ސަރަހައްދަކުންނާއި ދެވަނަ ފިޔަވަހީގެ އަށް ސަރަހައްދަކުން ޖުމުލަ ދިހަ ބިމެއްގައި އެޕާޓްމަންޓް އަޅަން ހުޅުވާލައިފައިވާ ކަމަށެވެ. އެއީ ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ. އެޕާޓްމަންޓުތައް އަޅަން ދޫކުރަން ނިންމާފައިވަނީ 1،657 އަކަފޫޓާއި 3،411 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ. އެކަމަށް...

ފިތުރު ޒަކާތުގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފި
Business

ފިތުރު ޒަކާތުގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފި

ފިތުރު ޒަަކާތުގެ ގޮތުގައި ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން އިއްޔެ ބުނީ ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދައްކާފައިވަނީ 107,132 މީހުން ކަމަށެވެ. އެ އަދަދު 5.6 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ވަނީ ބުނެފައެވެ. މިދިޔަ އަހަރު ވެސް މި މުއްދަތުގައި 5.6 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ބަލައިގަތެވެ. […]

ފެލިވަރުގެ ކޯލްޑް ސްޓޯރެޖް ހަދަން ބީލަމުގެ މަރުހަލާ ފަށައިފި
Business

ފެލިވަރުގެ ކޯލްޑް ސްޓޯރެޖް ހަދަން ބީލަމުގެ މަރުހަލާ ފަށައިފި

ޅ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ގާއިމް ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ނިމި، ބީލަމުގެ މަރުހަލާ ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން އިއްޔެ ބުނީ، އެ މަޝްރޫއުގެ ދަށުން ފެލިވަރުގައި 4،000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިން ފެސިލިޓީ އާއި ރެފްރިޖަރޭޓަޑް ސީ ވޯޓާ ފެސިލިޓީ އާއި އެ […]

މިދިޔަ އަހަރު އެމްޓީސީސީއަށް 232 މިލިއަން ރުފިޔާގެ ފައިދާއެއް
Business

މިދިޔަ އަހަރު އެމްޓީސީސީއަށް 232 މިލިއަން ރުފިޔާގެ ފައިދާއެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް މިދިޔަ އަހަރު ސާފު ފައިދާ ގޮތުގައި 232 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ. އެ ކުންފުނިން އިއްޔެ އާއްމުކުރި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު 1.96 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ވަނީ ލިބިފައެވެ. އެއީ 2020 ވަނަ އަހަރާ އަޅާ ބަލާއިރު 43 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އެމްޓީސީސީގެ ސާފު ފައިދާ އަކީ 232 މިލިއަން ރުފިޔާއެވެ. […]

އިހަވަންދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ
Thiladhunmathi News

އިހަވަންދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 90 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން. މި މަޝްރޫއުގެ ދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 284 މީޓަރުގެ ސަރަ...

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މުދާ ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި
Business

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މުދާ ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޓީއޯ ޕީޕަލްްސް ޗޮއިސްގައި މުދާ ވިއްކަން ބޭނުންވާ ފަރާތްތަކަށް ރެކު ކުއްޔަށް ދޫކުރަން އެ ކުންފުނިން އިއުލާން ކޮށްފިއެވެ. އެ ކުންފުނިމް ބުނީ ރެކް އަދި ރެކްގެ ހަރުފަތް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ރެކް ވެންޑަ ފޯމް އެ ލ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް އަކީ އެ ކުންފުނީގެ ސުޕަމާޓް ރިބްރޭންޑުކޮށް ހުޅުވި ފިހާރައެވެ. އެއީ ރާއްޖެއަށް މުޅިން އާ ވިޔަފާރި ކޮންސެޕްޓެއް ކަމަށްވާ […]

ދޫނި ރޯގާގެ ވޭރިއަންޓެއް ކަމަށްވާ "އެޗް3އެން8" އިންސާނެއްގެ ގައިން ފެނިއްޖެ
International

ދޫނި ރޯގާގެ ވޭރިއަންޓެއް ކަމަށްވާ "އެޗް3އެން8" އިންސާނެއްގެ ގައިން ފެނިއްޖެ

ދޫނި ރޯގާގެ ވޭރިއަންޓެއް ކަމަށްވާ “އެޗް3އެން8” އިންސާނަކަށް ޖެހިއްޖެއެވެ. މިއީ މި ބަލި އިންސާނެއްގެ ގައިން ފެނުނު ފުރަތަމަ ފަހަރެވެ. އާއްމުގޮތެއްގައި އެ ބަލި ޖެހެނީ އަހާއި ކުއްތާއަށެވެ. ބޭރުގެ ނޫސްތަކުން ޗައިނާގެ ހެލްތު އޮތޯރިޓީއާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެ ވޭރިއަންޓް ޖެހިފައިވަނީ ޗައިނާގެ ހެނަން ޕްރޮވިންސްގެ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާއަށް އެ ވޭރިއަންޓް ޖެހުނީ، މިމަހުގެ ފަސް ވަނަ ދުވަހު ހުން އައިސް އެހެން އަލާމާތްތައްވެސް ފެނިފައިވަނިކޮށް ކަމަށް ވެސް […]

ދިއްދޫ މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ ހަވާލުކޮށްފި
Business

ދިއްދޫ މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ ހަވާލުކޮށްފި

ހއ. ދިއްދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝާން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ. މި މަޝްރޫއުގެ ދަށުން 5.4 ކިލޯމީޓަރު މަގުގައި ތާރު އަޅާނެއެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު […]

ދ. މީދޫ އެއްގަމު ތޮށިލާން ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ގެންގޮސްފި
Business

ދ. މީދޫ އެއްގަމު ތޮށިލާން ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ގެންގޮސްފި

ދ. މީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މީދޫ ބަނދަރުގެ އެއްގަމުތޮށި ލުމަށްޓަކައި ގާ އެތުރުމުގެ މަސައްކަތުގެ 57 އިންސައްތަ މިހާތަނަށް ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 373 މީޓަރުގެ ބޭރުތޮށި ލުމާއި 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 294 މީޓަރުގެ އެއްގަމުތޮށި ލުމާއި 11 މީޓަރު ދިގު […]

އެމްޓީސީސީން ޑްރެޖަރުގެ ވަޒީފާތަކާއި ބަސް ޑްރައިވަރުން ތަމްރީން ކުރަނީ
Business

އެމްޓީސީސީން ޑްރެޖަރުގެ ވަޒީފާތަކާއި ބަސް ޑްރައިވަރުން ތަމްރީން ކުރަނީ

ޑްރެޖަރުގެ ވަޒީފާތަކާއި ބަސް ޑްރައިވަރުން ތަމްރީންކުރުމަށް “ޖޮއިންޓީމްއެމްޓީސީސީ ކެމްޕެއިން 2022” ގެ ނަމުގައި ކެމްޕޭނެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިފްތިތާހުކޮށްފިއެވެ. މި ފުރުސަތުގެ ދަށުން އަންނަ މަހުގެ 3 އިން 22 އަށް ރެކްރޫޓްމަންޓް އޯޕަންޑޭއެއް ބާއްވާނެއެވެ. އެ އޯޕަން ޑޭގައި ކޮންޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނުގެ ޑްރެޖަރުތަކާއި ޖޫން މަހު ގެންނަ 34 ބަހަށް މުވައްޒަފުން ނަގާނެއެވެ. އެ ޕްރޮގްރާމުގެ ދަށިން ޑްރެޖަރުތަކަށް 65 މީހުން ތަމްރީން ކުރާނެއެވ...

ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިމުމަކާ ގާތަށް
Thiladhunmathi News

ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިމުމަކާ ގާތަށް

ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތް ވެފައިވާ ކަމަށަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މަގު ހެދުމުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ޕަމްޕް ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުގައި ދަވާދު ލުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 16,518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކޮށް، 38,916 އަކަ […]

މިފްކޯއިން އަލަށް ގެނައި ބޯޓު ބޭނުން ކޮށްގެން މަސް އެކްސްޕޯޓް ކުރަން ފަށައިފި
Business

މިފްކޯއިން އަލަށް ގެނައި ބޯޓު ބޭނުން ކޮށްގެން މަސް އެކްސްޕޯޓް ކުރަން ފަށައިފި

މިފްކޯއަށް އަލަށް ގެނައި “ޖަޒީރާ ރީފާ” ބޯޓުން މަސް އެކްސްޕޯޓް ކުރަން ފަށައިފިއެވެ. އެ ބޯޓަކީ ދިގުމިނުގައި 98 މީޓަރު، ފުޅާމިނުގައި 13.6 މީޓަރު ހުންނަ ބޯޓެކެވެ. އެ ބޯޓުގައި 2500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭނެއެވެ. މިފްކޯއިން އެ ބޯޓު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ ޖުލައި މަހުގެ މެދު ތެރޭގައެވެ. އީޔޫ އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އެ ބޯޓު ބޭނުން ކުރަނީ މަސް އެކްސްޕޯޓް ކުރުމަށާއި […]

އީދު ހަދިޔާއަކަށް މޫލީ މެދުވެރިކޮށް ބްރައުނީސް
Business

އީދު ހަދިޔާއަކަށް މޫލީ މެދުވެރިކޮށް ބްރައުނީސް

އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން އީދަށް ހާއްސަކޮށް ދަ ސްޕޭސްގެ ބްރައުނީސް ފޮނުވާލެވޭނެއެވެ. މިގޮތަށް އީދު ހަދިޔާއަށް އޯޑަރު ކުރުމުން ގެއާ ހަމައަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. ދަ ސްޕޭސް އިން 10 ބްރައުނީގެ ގިފްޓް ބޮކްސް އާއި ފަސް ބްރައުނީގެ ގިފްޓް ބޮކްސް ލިބޭނެއެވެ. މޫލީ އިން އީދު ހަދިޔާ ގަތުމުން މާލެ އާއި ހުޅުމާލެއަށް ޖެހިގެން އަންނަ ދުވަހު ޑެލިވަރީ ކޮށްދޭނެއެވެ. […]

ފެންފުށީގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި
Business

ފެންފުށީގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

އދ.ފެންފުށީގައި ސަރުކާރުން ގާއިމް ކުރާ ފެނުގެނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. އެ ރަސްމިއްޔާތުގައި ފެންފުށީ ކައުންސިލް މެމްބަރުންވެސް ބައިވެރިވިއެވެ. ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިއަށް އޮތް ހަ މަސްތެރޭ، ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝަ...

ފެލިވަރުގެ ރިވެޓްމަންޓް ޕްރޮފައިލިން މަސައްކަތްތައް ފަށައިފި
Business

ފެލިވަރުގެ ރިވެޓްމަންޓް ޕްރޮފައިލިން މަސައްކަތްތައް ފަށައިފި

ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމަންޓްގެ ޕްރޮފައިލިން މަސައްކަތްތައް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތް ފެށީ 23 އޭޕްރީލް 2022 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، ހަ ހެކްޓަރުގެ ބިން ހިއްކައި 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ބޭރުތޮށި ލުމާއި، 270 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ […]