މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,053 Stories
3,321 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ފަތުރުވެރިންނަށް ފުރިހަމަ ކަނެކްޓިވިޓީ ދޭން އުރީދޫ އާއި ބޯޓިން އެސޯސިއޭޝަނާ ދެމެދު އެއްބަސްވުމެއް
Business

ފަތުރުވެރިންނަށް ފުރިހަމަ ކަނެކްޓިވިޓީ ދޭން އުރީދޫ އާއި ބޯޓިން އެސޯސިއޭޝަނާ ދެމެދު އެއްބަސްވުމެއް

ފަތުރުވެރިންނަށް ފުރިހަމަ ކަނެކްޓިވިޓީ ފޯރުކޮށްދޭން އުރީދޫ އާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މިއީ އުރީދޫގެ “ވިސިޓް މޯލްޑިވްސް ނައު” ކެމްޕޭނުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. އެއްބަސްވުމާއެކު އުރީދޫއިން ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރާ ވަގުތު އެންމެ ފުރިހަމަ ކަނެކްޓިވިޓީ ފޯރުކޮށްދޭނެއެވެ. އުރީދޫގެ މި ކެމްޕޭނަކީ ކޮވިޑާ ގުޅިގެން ފަތުރުވެރިކަމަށް އައި ހީނަރުކަމުން އަރައިގަތުމަށް އެހީވުމަށް ފެށި ކެމްޕޭނެކެވެ. އެހެންވެ މި އެއްބަސްވުމާއެކު...

ޚިދުމަތް ފުޅާކުރުމަށް އިތުރު ބަސްތަކެއް ގެނެސްފި
Business

ޚިދުމަތް ފުޅާކުރުމަށް އިތުރު ބަސްތަކެއް ގެނެސްފި

މާލޭގެ ދަތުރު ފަތުރުގެ ޚިދުމަތް ފުޅާކޮށް ދާއިމީ ހައްލެއް ހޯދުމަށް އިތުރު ބަސްތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގެނެސްފި އެވެ. މި ބަސްތައް ގެނެސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެކަން ފާހަގަކޮށް އެމްޓީސީސީ ގެ ސީއީއޯ އާދަމް އާޒިމް ވަނީ މިބަސްތަކުގެ ފޮޓޯތަކެއް ޓްވީޓް ކޮށްފައެވެ. އާޒިމް ވިދާޅުވީ އެ ބަސްތަކުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. މިއީ ރައީސް އިބްރާހިމް މ...

އިހަވަންދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ
Thiladhunmathi News

އިހަވަންދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ މަސައްކަތުގެ 88 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ބުންޏެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހު ޝިޕްމެންޓް ވަނީ މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ […]

އެސްޓީއޯއިން ކުޑަކުދިންގެ ހަވީރަކާއެކު އައިވީ ޔޯގަޓްގެ އާ ޕެކެޓް ދައްކާލައިފި
Business

އެސްޓީއޯއިން ކުޑަކުދިންގެ ހަވީރަކާއެކު އައިވީ ޔޯގަޓްގެ އާ ޕެކެޓް ދައްކާލައިފި

އެސްޓީއޯ އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ކުޑަކުދިންގެ ހާއްސަ ޔޯގަޓް ބުއިން، “އައިވީ” ގެ އާ ޕެކެޓު ދައްކާލައިފިއެވެ. މި ޕެކެޓް ދައްކާލާފަައިވަނީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އިއްޔެ އެަްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައެވެ. މި ޕެކެޓް އާއްމުންނަށް ދައްކާލީ ރޮބޯ މޭންއެވެ. “އައިވީޗިލްރަންސްޑޭގެ” ނަމުގައި ބޭއްވި އެ ހަވީރުގައި ދައްކާލި މި ޔޯގަޓް ބުއިމަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ހާއްސަ، ސިއްހަތަށް ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވާ ބުއިމެކެވެ....

ޑަބްލިއު އާއި ޝެރެޓަން ވިއްކާލަނީ
Business

ޑަބްލިއު އާއި ޝެރެޓަން ވިއްކާލަނީ

ޔުނިވާސަލްގެ ހިއްސާ އޮންނަ ފުރަނަފުށީގައި ހިންގަމުން އަންނަ ޑަބްލިއު މޯލްޑިވްސް އާއި ފެސްދޫގައި ހިންގަމުން އަންނަ ޝެރެޓަން މޯލްޑިވްސް ވިއްކާލަން ނިންމައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އެ ދެރަށް ވިއްކާލަން އުޅޭ ކަމަށް އިއުލާންކޮށްފައެވެ. އެގޮތުން، އެ ދެރަށުގެ ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ހޯދަން ވަނީ އިއުލާނުކޮށްފައެވެ. ޑަބްލިއު މޯލްޑިވްސް އާއި ޝެރެޓަން މޯލްޑިވްސް އަކީ ޔުނިވާސަލް ކުންފުނީގެ 50 އިންސައްތަ ހިއްސާ އޮންނަ ދެ ރިސޯޓެވެ. އެ ދެ ރިސޯޓް ވެސް ހިންގަނީ ދުނިޔޭގެ […]

އެސްޓީއޯ އިން މިއަދު ކުޑަކުދިންގެ ހަވީރެއް
Business

އެސްޓީއޯ އިން މިއަދު ކުޑަކުދިންގެ ހަވީރެއް

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ. “އައިވީ ކިޑްސް އިވްނިން” ގެ ނަމުގައި ހިންގާ އެ ހަރަކާތް އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރުއެވެ. އެ ހަރަކާތް ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. މި ހަރަކާތުގައި ރޮބޯމޭންގެ ހަރަކާތްތަކާއި ފޭސް ޕެއިންޓިން އާއި އާޓް އެންޑް ކްރާފްޓް ފަދަ ކުޅިވަރުތަކުގެ އިތުރުންވެސް ގިނަ ކަންކަން ކުޑަކުދިންނަށް ކުރެވޭނެއެވެ. https://twitter.com/stopc_mv/status/1523570089072947202?t=G25ENhxHBiXUodMmBjUXTg&s=19 މިއީ އެސްޓީއ...

ވެމްކޯއިން ކުނި ނަގާ ވަގުތުތަކަށް ވެސް ބަދަލު ގެނެސްފި
Business

ވެމްކޯއިން ކުނި ނަގާ ވަގުތުތަކަށް ވެސް ބަދަލު ގެނެސްފި

ރޯދަ މަހު ކުނި ނަގަމުން އައި ވަގުތުތައް އިއްޔެއިން ފެށިގެން ވެމްކޯއިން ބަދަކު ކޮށްފިއެވެ. އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ މާލެ ސިޓީގެ ގޭބިސީތަކުން ދެން ކުނި ނަގާނީ ކުރިއެކޭ އެއްގޮތަށް ރޭގަނޑު 6:00 ން 11:00 އާ ދެެމެދު ކަމަށެވެ. ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތަށް ކޮވިޑް-19 އާ ގުޅިގެން ގިނަ ބަދަލުތަކެއް ގެނައެވެ. އެގޮތުން އޭރު އިމާރާތުގެ ތިރީގައި ކުނި ބަހައްޓަން ޖެހޭ ގޮތަށް ނިންމި ނަމަވެސް މިހާރު ވަކި އެޕާޓްމަންޓުތަކަށް ކުނި […]

ރާޖަޕަކްސަ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވައިފި
International

ރާޖަޕަކްސަ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވައިފި

ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވީ ލަންކާގައި ހަމަނުޖެހުންތައް ބޮޑުވުމުންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވައި ފޮނުވި ސިޓީ މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމު ވެސް ވެފައެވެ. އެ ސިޓީގައި ރާޖަޕަކްސަ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކުރިމަތިވި ހީނަރުކަން އަދިވެސް ދަނީ ގޯސްވަމުން ކަމަށާއި މިކަމާ ގުޅިގެން ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފަށް ނިމުމެއް ގެނެސް ކަންކަން ރަނގ...

މާލޭގެ ގެތަކުގެ ފުރާޅު ކުއްޔަށް ނަގައި ސޯލާ ޕެނަލް ހަރު ކުރަނީ
Business

މާލޭގެ ގެތަކުގެ ފުރާޅު ކުއްޔަށް ނަގައި ސޯލާ ޕެނަލް ހަރު ކުރަނީ

މާލޭގެ ފުރާޅުތައް ކުއްޔަށް ނަގައިގެން ސޯލާ ޕެނަލް ހަރު ކުރުމުގެ ޕްރޮޖެކްޓެއް ފަށަން އުޅޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑޮރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ވީޓީވީގެ ޕްރޮގްރާމެއްގައި ޝަރީފް ވިދާޅުވީ މާލޭގައި ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭނެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި އިރުން ހަކަތަ އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާނެ ޕްރޮޖްކެޓެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ހަރުދަނާކުރުމަށްޓަކ...

ގައްދޫ ބަނދަރުގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކޮށްފި
Business

ގައްދޫ ބަނދަރުގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކޮށްފި

ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި ސައިޓް މޮބިލައިޒް ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 23,017 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 320 މީޓަރުގެ އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 232 މީޓަރުގެ ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދު، 320 މީޓަރުގެ ސްކައުރިންގ […]

މާދަމާއިން ފެށިގެން ވެމްކޯ ކޯލް ސެންޓަރުން ހިދުމަތް ލިބޭ ވަގުތުތައް ބަދަލުވާނެ
Business

މާދަމާއިން ފެށިގެން ވެމްކޯ ކޯލް ސެންޓަރުން ހިދުމަތް ލިބޭ ވަގުތުތައް ބަދަލުވާނެ

މާދަމާއިން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކޯލްސެންޓަރުން ހިދުމަތް ދެމުން އައި ވަގުތުތަކަށް ބަދަލު ގެންނާނެ ކަން އިއުލާންކޮށްފިއެވެ. މި ބަދަކުތަކަކީ ރޯދައިގެ ކުރިން ކޯލް ސެންޓަރުގެ ހިދުމަތް އޮންނަ ގޮތެވެ. އެގޮތުން، މާދަމާއިން ފެށިގެން ކޯލް ސެންޓަރުން ހުލުރު ދުވަސް ފިޔަވައި އެހެން ދުވަތަކުގައި ހިދުމަތް ދޭނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ. ހުކުރި ދުވަހު ހިދުމަތް ދޭނީ މެންދުރު 2:00ން ރޭގަނޑު 9:00 އަށެވެ. ވެމްކޯއިން އެކުންފުނީގެ އެކި […]

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
Business

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. ހދ. ނެއްލައިދޫ ގޮނޑުދޮށް […]

އޯލެވެލް ނިމެންދެން ކޮންމެ ހުކުރު ދުވަހަކު ވިލިމާލެއާ މާލެއާ ދެމެދު އިތުރު ފެރީއެއް ބާއްވަނީ
Business

އޯލެވެލް ނިމެންދެން ކޮންމެ ހުކުރު ދުވަހަކު ވިލިމާލެއާ މާލެއާ ދެމެދު އިތުރު ފެރީއެއް ބާއްވަނީ

އިއްޔެ ފަށާފައިވާ އޯލެވެލް އިމްތިހާން ނިމެންދެން ކޮންމެ ހުކުރު ދުވަހަކު ވިލިމާލެއާ މާލެއާ ދެމެދު އިތުރު ފެރީއެއް ބާއްވަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ. އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ އެ ފެރީ އަކީ ވިލިމާލޭގަަި ދިރިއުޅޭ ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރިވާން މާލެ އައުމަށް ބާއްވާ ފެރީއެކެވެ. އެ ފެރީ އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު 1:10ގައެވެ. މި ބަދަލާ އެއްގޮތަށް އޯލެވެލް އިމްތިހާން ނިމެންދެން އެމްޓީސީސީ […]

ސްޓެލްކޯއިން ކަރަންޓް ޖޫރިމަނާ މައާފު ކުރެވޭ އުސޫލެއް ހަދަނީ
Business

ސްޓެލްކޯއިން ކަރަންޓް ޖޫރިމަނާ މައާފު ކުރެވޭ އުސޫލެއް ހަދަނީ

ސްޓެލްކޯއިން ދޭ ކަރަންޓުގެ ހިދުމަތަށް އަރާފައިވާ ޖޫރިމަނާ މައާފުކުރެވޭނެ އުސޫލެއް ހަދަމުން އަންނަ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ. ސަންގުޓީވީގެ ޕްރޮގްރާމެއްގައި ޝަރީފް ވިދާޅުވީ، ސްޓެލްކޯއަކީ ދުޅަހެޔޮ ކުންފުންޏެއް ކަމަށާއި އެކުންފުނި އެކި ޒަމާނުގައި ހިންގެވި ބޭފުޅުން ކުންފުނި ހިންގާފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދިވެސް ރަނގަޅު ކުރަން ކަންކަން އެބަހުރި ކަމަށާއި އެކަމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، ކަރަންޓު ބިލ...

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި
Business

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި

ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްތިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަސައްކަތަށް ބޭނުންވާ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަޙައްދަށް އެޅުމާއި، 490 މީޓަރު ބޭރުތޮށި ލުމާއި، 96 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 22.14 މިލިއަން […]