ރޯދަ މަހު ކުނި ނަގަމުން އައި ވަގުތުތައް އިއްޔެއިން ފެށިގެން ވެމްކޯއިން ބަދަކު ކޮށްފިއެވެ.
އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ މާލެ ސިޓީގެ ގޭބިސީތަކުން ދެން ކުނި ނަގާނީ ކުރިއެކޭ އެއްގޮތަށް ރޭގަނޑު 6:00 ން 11:00 އާ ދެެމެދު ކަމަށެވެ.
ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތަށް ކޮވިޑް-19 އާ ގުޅިގެން ގިނަ ބަދަލުތަކެއް ގެނައެވެ. އެގޮތުން އޭރު އިމާރާތުގެ ތިރީގައި ކުނި ބަހައްޓަން ޖެހޭ ގޮތަށް ނިންމި ނަމަވެސް މިހާރު ވަކި އެޕާޓްމަންޓުތަކަށް ކުނި ބަލާ ދާނެއެވެ. އެ ބަދަލުތައް ގެނައީ ސަރުކާރުން ދިން ލުއި ތަކާއެކުގައެވެ.
ކުނި އުކާލާއިރު ސަމާލުކަން ދޭންވީ ކަންކަން މީގެ ކުރިންވެސް ވެމްކޯއިން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ކޮތަޅުން ކުނި ނުފައިބާ ގޮތަށަ ބަންދުކޮށްފައި ބެހެއްޓުމަށާއި މުވައްޒަފުންނަށް އަނިޔާއެއް ލިބުދާނެ ފަދަ އެއްޗެހި ކޮތަޅަށް ނޭޅުމަށާއި ބޮޑެތި ކުނި އުކާލަން ވަކިން ހިދުމަތް ހޯދަން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!