މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,053 Stories
3,310 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ގައްދޫ ބަނދަރުގެ މަސައްކަތް ފަށައިފި
Business

ގައްދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. އެ ކުންފުނިމް މި މަޝްރޫއުގެ މަސައްކަތް ފެށީ އިއްޔެއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ މިހާރު ހުރި ބަނދަރުގެ ނެރު ބަންދު ކުރުމުގެ މަސައްކަތެވެ. އަދި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންދެވިފައެވެ. މި މަޝްރޫއުގެ ދަށުން، 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު […]

އުރީދޫ އިން އުތީމު ހެލްތު ސެންޓަރަށް ހެލްތު ކިޓު ހަދިޔާކޮށްފި
Business

އުރީދޫ އިން އުތީމު ހެލްތު ސެންޓަރަށް ހެލްތު ކިޓު ހަދިޔާކޮށްފި

އުރީދޫ މޯލްޑިވްސް އިން ހއ. އުތީމު ހެލްތު ސެންޓަރަށް ހެލްތު ކިޓު ހަދިޔާ ކޮށްފިއެވެ. މި ހެލްތު ކިޓު ހެލްތު ސެންޓަރާ ހަވާލުކޮށްދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީއެވެ. މިއީ ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާ ކުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން އުރީދޫއިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކުރަން އުރީދޫ މޯލްޑިވްސް އިން ވަނީ ނިންމައިފިއެވެ. ރާއްޖޭގެ […]

ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ބާއްވާ ކްރިކެޓް ކާނިވަލުގައި ބައިވެރިވާން ހުޅުވާލައިފި
Business

ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ބާއްވާ ކްރިކެޓް ކާނިވަލުގައި ބައިވެރިވާން ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ކްރިކެޓް ބޯޑާ ގުޅިގެން މިޝަން ފޯ މައިގްރެންޓް ވޯކާސް (އެމްއެމްޑަބްލިއުއެމް) ކުރިއަށް ގެންދާ ބިދޭސީންނަށް ހާއްސަ އަހަރީ މައިގްރެންޓް ވޯކަރސް ކްރިކެޓް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކާނިވަލް ބާއްވާނީ އަންނަ މަހުގެ ދޭއްް ވާ ހުކުރު ދުވަހުއެވެ. މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުއެވެ. މި ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކުރުމާއެކު، މަސައްކަތްތެރިންގެ ބޮޑު އާބާ...

''މިޔަހެލި'' ކޭމްޕް ނިންމައި، ވަނަތައް ހޮވައިފި
Business

''މިޔަހެލި'' ކޭމްޕް ނިންމައި، ވަނަތައް ހޮވައިފި

އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި އުރީދޫ މޯލްޑިޗްސް އާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދިޔަ “މިޔަހެލި” ކޭމްޕް ނިންމާލައިފިއެވެ. މިއީ މަދަނީ ޖައްމިއްޔާތަކަށް ހުޅުވާލައިގެން، ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. މި ފަހަރުގެ ކޭމްޕުގައި މަޝްވަރާކޮށް ހިޔާލު ހުށަހަޅާފައިވަނީ، މީހުންނާއި ވެށީގެ ކުރިއެރުމާއި ތަރައްގީ އަށް ކުރެވިދާނެ ކަންތައްތަކަށެވެ. މިޔަހެލި ޕްރޮގްރާމުގައި، މުޖުތަމައާއި ތިމާވެށީގެ މައްސަލަތަކަށް ސައިންސްގެ އެހީގައި ލިބެނ...

ވޯލްޑް ކަޕް 2026 އޮންނާނީ ކޮންތާކު؟
Sports

ވޯލްޑް ކަޕް 2026 އޮންނާނީ ކޮންތާކު؟

މިއަހަރުގެ ވޯލްޑް ކަޕް ގަތަރުގައި މިހާރު ފަށާފައިވާއިރު މިއީ އަރަބި ގައުމެއްގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތް ނިމުމާއެކު ދެން ތައްޔާރުވާނީ ކުރިއަށް އޮތް ވޯލްޑް ކަޕަށެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނީ ތިން ގައުމެއްގައެވެ. މިއީ ތިން ގައުމެއްގައި ވޯލްޑްކަޕް ބާއްވާނެ ފުރަތަމަ ފަހަރެވެ. އެ ގައުމުތަކަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ. އެމެރިކާގައި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ސިއެޓަލް، ސެންފްރެންސިސްކޯ، ލޮސްއެންޖެލަސް، ކެންސަސް ސިޓީ، ޑާލަސް، އެޓްލާންޓާ، ހިޔުސްޓަން...

އެމްޑަބްލިއުއެސްސީ ޝޯރޫމުގެ އަހަރީ ޕްރޮމޯ ފަށައިފި
Business

އެމްޑަބްލިއުއެސްސީ ޝޯރޫމުގެ އަހަރީ ޕްރޮމޯ ފަށައިފި

އެމްޑަބްލިއުއެސްސީގެ ޝޯރޫމަށް ހަ އަހަރު ފުރުމާ ގުޅިގެން “އަހަރީީ ޕްރޮމޯ”ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަހަރުގެ ޑިސެމްބަރު 15 އާ ހަމައަށެވެ. މި މުއްދަތުގައި ގަންނަ ކޮންމެ ދެ ފެން މީޓަރަކަށް އަދި އޭވީކޭ ބްރޭންޑްގެ ވޭލްވް އަކަށް 10 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން މިމުއްދަތުގައި ފަސް ހޮޅިއަށް ވުރެ ގިނައިން ގަންނަ ނަމަ 10 އިންސައްތަ ޑިސްކައުންޓާއި ފެނުގެ ކޮލިޓީ ޓެސްޓް ކުރުމަށް ހަދާ ޓެސްޓްތަކުން […]

މީދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Business

މީދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ދ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ހާބަ ޕޭވްމެންޓް މަސައްކަތުގެ 77 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ. އަދި، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 74 އިންސައްތަ ވަނީ މިހާރު ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި،...

ހުޅުމާލޭގައި ގެސްޓްހައުސްތަކަށް ހާއްސަ ބީޗެއް ކަނޑައަޅަނީ
Business

ހުޅުމާލޭގައި ގެސްޓްހައުސްތަކަށް ހާއްސަ ބީޗެއް ކަނޑައަޅަނީ

Lހުޅުމާލޭގެ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއް ކަނޑައަޅަން އެޗްޑީސީއިން ނިންމައިފިއެވެ. އެ ކުންފުނިން މިއަދު ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ފަތުރުވެރިންނަށް ހާއްސަ ބީޗު ތަރައްގީ ކުރާނީ ހުޅުމާލޭގައި ހަދަމުންދާ ވޯޓާ ތީމްޕާކާއި ޖެހިގެން އޮތް ބީޗު ސަރަހައްދުގައި ކަމަށް އެ...

އުރީދޫގެ އެސްއެމްބީ ފޯރަމް ކުޅުދުއްފުށީގައި ބާއްވައި ވެބްސައިޓް އިފްތިތާޙް ކޮށްފި
Thiladhunmathi News

އުރީދޫގެ އެސްއެމްބީ ފޯރަމް ކުޅުދުއްފުށީގައި ބާއްވައި ވެބްސައިޓް އިފްތިތާޙް ކޮށްފި

އުރީދޫ މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ އުތުރަށް އަމާޒުކޮށްގެން އެސްއެމްބީގެ ނަމުގައި ފޯރަމެއް ރޭ ކުޅުދުއްފުށީގައި ބާއްވައިފިއެވެ. މި ފޯރަމްގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވަނީ އުރީދޫ މޯލްޑިވްސްގެ އެސްއެމްބީ ވެބްސައިޓް އިފްތިތާޙް ކޮށްދެއްވާފައެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ އާއި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެސްއެމްބީ ފޯރަމަކީ ކުދި އަދި މެދުފަންތީގެ ވިޔަ...

ފަރެސްމާތޮޑާ އެއާޕޯޓުގެ 82 އިންސައްތަ މަސައްކަތް ނިމިއްޖެ
Business

ފަރެސްމާތޮޑާ އެއާޕޯޓުގެ 82 އިންސައްތަ މަސައްކަތް ނިމިއްޖެ

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން އެ އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން ފަޔަ ބިލްޑިންގެ 95 އިންސައްތައާއި ޓާމިނަލް ބިލްޑިން އިމާރާތްކުރުމުގެ 80 އިންސައްތަ މަސައްކަތް މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. އަދި، ސައިޓުގައި މިހާރު ކުރިއަށް ދަނީ...

ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ މަސައްކަތް ބާރަށް ކުރިއަށް
Business

ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ މަސައްކަތް ބާރަށް ކުރިއަށް

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ބޭރުތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ނިންމާލައިފައެވެ. މި މަޝްރޫއުގެ ދަށުން ބޭރު ތޮށީގެ ހިލަ ޕްރޮފައިލްކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވ...

ސިޓީ ޕޮސިބަލް ނެޓްވޯކްގެ މެމްބަރަކަށް އެޗްޑީސީ
Business

ސިޓީ ޕޮސިބަލް ނެޓްވޯކްގެ މެމްބަރަކަށް އެޗްޑީސީ

ޕޭމަންޓް އިންޑަސްޓްރީގައި ދުނިޔޭގެ މަޝްހޫރު ކުންފުނި މާސްޓަ ކާޑާއެކު، ސިޓީ ޕޮސިބަލް ނެޓުވޯކްގެ މެމްބަރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެއްޖެއެވެ. މި އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. އެޗްޑީސީން ބުނީ، ސިޓީ ޕޮސިބަލް ނެޓުވޯކްގެ މެމްބަރަކަށް ވުމުން، އެ ކުންފުނިން ފަށާފައިވާ ސްމާޓް ސިޓީ މަޝްރޫއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން، ދުނިޔޭގެ އެހެން ސިޓީތަކުގައި ބޭނުން ކުރާ ސްމާޓް ސޮލިއުޝަންތަކުގެ މައުލޫމާތާއި އެ ފަދަ ސޮލިއުޝަންތައް ރާއްޖޭގައި ބޭނުން ކުރެވޭނެ ގޮ...

ނެޓްބޯޅައިގައި ރާއްޖެ ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭންކިންގައި ހިމެނިއްޖެ
Sports

ނެޓްބޯޅައިގައި ރާއްޖެ ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭންކިންގައި ހިމެނިއްޖެ

ނެޓްބޯޅައިގައި ރާއްޖެ ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭންކިންގައި ހިމެނިއްޖެއެވެ. މިކަން ހާމަ ކޮށްފައިވަނީ އިއްޔެ ނެރުނު ވޯލްޑް ނެޓްބޯލް ރޭންކިންގައެވެ. މިއީ ނެޓްބޯޅައިގެ ވޯލްޑް ކަޕާ ދިމާކޮށް އާ ކުރޮ ރޭންކިންތަކެކެވެ. މިއަހަރުގެ ނެޓްބޯޅަ ވޯލްޑް ކަޕްގައި 16 ގައުމު ކުޅޭއިރު އޭގެ ތެރޭގައި ރާއްޖެ ނުހިމެނުނު ނަމަވެސް ރާއްޖެ ހިމެނެެނީ ދުނިޔޭގެ އެންމެ މޮޅު 53 ޓީމުތަކުގެ ތެރޭގައެވެ. މި ލިސްޓުގައި ރާއްޖޭން ހޯދާފައިވަނީ 46 ވަނަ އެވެ. މި ރޭންކިންގައި ރާއްޖެއާއެކު ދެން އޮތީ […]

1000 ޑޮލަރުގެ ވޯލްޑްކަޕް ގިފްޓްޕެކާއެކު އީޓުކުރިން ހާއްސަ ޕްރޮމޯޝަނެއް
Business

1000 ޑޮލަރުގެ ވޯލްޑްކަޕް ގިފްޓްޕެކާއެކު އީޓުކުރިން ހާއްސަ ޕްރޮމޯޝަނެއް

ވޯލްޑް ކަޕާ ގުޅުވައިގެން އީ ޓުކުރިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. އަންނަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އީ ޓުކުރި މެދުވެރިކޮށް ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވެވޭނެއެވެ. ގިނައިން ވިޔަފާރި ކުރާ ފަރާތްތަކަށް މި ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށްވުމުގެ ފުރުޞަތު ބޮޑުވާނެއެވެ. މި ޕްރޮމޯޝަނުގެ ބައިވެރިންގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އީ ޓުކުރިން ވަނީ 1000 ޑޮލަރުގެ އަގުހުރި ފީފާ ވޯލްޑްކަޕް 2022 ގިފްޓް ޕެކެއް ދޭން ނިންމާފައެވެ. […]

ބަސްތަކާއި ފެރީތަކުގެ ގޮނޑިތަކުގައި ނުލިޔުމަށް އެމްޓީސީސީން އެދިއްޖެ
Business

ބަސްތަކާއި ފެރީތަކުގެ ގޮނޑިތަކުގައި ނުލިޔުމަށް އެމްޓީސީސީން އެދިއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިދުމަތް ދޭ ބަސްތަކާއި ފެރީތަކުގެ ގޮނޑިތަކުގައި ނުލިޔުމަށް އެ ކުންފުނިން އެދިއްޖެއެވެ. އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ބަހާއި ފެރީގެ ހިދުމަތް ހޯދާ ފަރާތްތަކުން، ގޮނޑިތަކުގެ ފަހަތުގައި ބޭއަދަބީ ކުރެހުމާއި ލިޔުން ހުންނަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބަހާއި ފެރީގެ ހިދުމަތަކީ ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކުންވެސް ހޯދާ ހިިދުމަތެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މަދު ބައެއްގެ ފަރާތުން ފެންނަ އެފަދަ ބޭއަދަބީ ކަން...