ނެޓްބޯޅައިގައި ރާއްޖެ ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭންކިންގައި ހިމެނިއްޖެއެވެ.

މިކަން ހާމަ ކޮށްފައިވަނީ އިއްޔެ ނެރުނު ވޯލްޑް ނެޓްބޯލް ރޭންކިންގައެވެ. މިއީ ނެޓްބޯޅައިގެ ވޯލްޑް ކަޕާ ދިމާކޮށް އާ ކުރޮ ރޭންކިންތަކެކެވެ.

Ad
rt

މިއަހަރުގެ ނެޓްބޯޅަ ވޯލްޑް ކަޕްގައި 16 ގައުމު ކުޅޭއިރު އޭގެ ތެރޭގައި ރާއްޖެ ނުހިމެނުނު ނަމަވެސް ރާއްޖެ ހިމެނެެނީ ދުނިޔޭގެ އެންމެ މޮޅު 53 ޓީމުތަކުގެ ތެރޭގައެވެ.

މި ލިސްޓުގައި ރާއްޖޭން ހޯދާފައިވަނީ 46 ވަނަ އެވެ. މި ރޭންކިންގައި ރާއްޖެއާއެކު ދެން އޮތީ ޗައިނީޒް ޓެއިޕީ އާއި ސެއިންޓް ކިޓްސް އެންޑް ނެވިސް އާއި ތައިލެންޑާއި ސްވިޒަލެންޑާއި ސެއިންޓް މާރްޓެން އާއި އާޖެންޓީނާއެވެ.

ރާއްޖޭގެ އިތުރުން ވޯލްޑް ރޭންކިންގައި އަލަށް ޖާގަ ހޯދި ގައުމުތަކުގެ ތެރޭގައި ބުރުނާއީއާއި ފިލިޕީންސް ވެސް ހިމެނެއެވެ.

ނެޓްބޯޅައިގެ ވޯލްޑް ރޭންކިންގެ އެއްވަނައިގައި އޮތީ އޮސްޓްރޭލިއާއެވެ.