މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މެންދުރު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

އެސްޓަން ވިލާ އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް
Sports

އެސްޓަން ވިލާ އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު، އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މިއީ ލީގުގައި ލިވަޕޫލް ކުޅުން ތިންވަނަ މެޗެވެ. ފުރަތަމަ މެޗުގައި ޗެލްސީއާއި ބައްދަލުކޮށް އެއްވަރުވީ ނަމަވެސް ދެވަނަ މެޗުގައި، މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ލިވަޕޫލުން ވަނީ ނިއުކާސަލް ބަލިކޮށްފައެވެ. މިރޭ އެސްޓަން ވިލާ އަތުން […]

މަޓާ ޖަޕާންގެ ވިސެލް ކޯބޭއަށް ބަދަލުވެއްޖެ
Sports

މަޓާ ޖަޕާންގެ ވިސެލް ކޯބޭއަށް ބަދަލުވެއްޖެ

ތުރުކީގެ ގަލަޓަސަރާއީއަށް ކުޅެމުންއައި ސްޕެއިންގެ މިޑްފީލްޑަރ ހުއާން މަޓާ ޖަޕާންގެ އެއްވަނަ ޑިވިސަންގެ ޓީމެއް ކަމަށްވާ ވިސެލް ކޯބޭއަށް ބަދަލުވެއްޖެއެވެ. އުމުރުން 35 އަހަރުގެ މަޓާ ކޯބޭއަށް ބަދަލުވެފައި މި ވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުންނެވެ. މެންޗެސްޓާ ޔުނައިޓެޑަށް ހަތް އަހަރު ކުޅުމަށް ފަހު މަޓާ ގަލަޓަސަރާއީއަށް ބަދަލުވެފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އޭނާ ވަނީ މިދިޔަ އަހަރު އެ ޓީމާއިއެކު ތުރުކީ ލީގު ކާމިޔާބު […]

ގެޓާފޭ އަތުން ފަހުވަގުތު ރެއާލް މޮޅުކޮށްދިނީ ބެލިންހަމް
Sports

ގެޓާފޭ އަތުން ފަހުވަގުތު ރެއާލް މޮޅުކޮށްދިނީ ބެލިންހަމް

ސްޕެނުޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭ ބެލިންހަމް ކާމިޔާބު ކޮށްދިން ލަނޑުން (2-1) ރެއާލް މޮޅުވެއްޖެއެވެ. ރެއާލްގެ ރަސްމީ ދަނޑު ސަންޓިއާގޯ ބާނަބައު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން މަތިން ލައްޕާލެވޭ ގޮތައް ހަދަމުންދާ ފުރާޅުގެ މަސައްކަތް ކުރަމުން އަންނާތީ ރެއާލުން ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗު ކުޅެފައި ވަނީ ރަށުން  ބޭރުގައެވެ. ނަމަވެސް އެ މަސައްކަތް ނިންމައި ދަނޑު ބޭނުން ކުރެވޭވަރުވުމުން […]

ހަނިމާދޫގައި ދޫނިތައް ކޮށިން ބޭރަށް
Thiladhunmathi News

ހަނިމާދޫގައި ދޫނިތައް ކޮށިން ބޭރަށް

މީގެ އެތައް އަހަރެއް ކުރިން ފެށިގެން ގޭގައި ކޮށި ހަދައިގެން ދޫނި ގެންގުޅޭ މީހުން ހަނިމާދޫގައި ވެސް ވަރަށް ގިނައެވެ. މިގޮތަށް ކޮށި ހަދައިގެން އެކި ވައްތަރުތަކުގެ ދޫނި ގެންގުޅެއެވެ. ހާއްސަކޮށް ގުރާ އާއިލާއަށް ނިސްބަތްވާ ގިނަ ދޫނިތައް އޭގެތެރޭގައި ހިމެނެއެވެ. ފާއިތުވި އަހަރެއްހާ ދުވަހަށް ނަޒަރު ހިންގާލާއިރު ފެންނަނީ ދޫނި ގެންގުޅުމުގެ މުޅީން އައު ބާބެއް ހަނިމާދޫގައި ފެށިފައިވާ ތަނެވެ. ފެންނަނީ ގިނަބަޔަކު އެކި ވައްތަރުގެ ދޫނި އޮޅުކޮށްގެން އެ ދޫނިތަކާއިއެކު ރަށުގެ އެކި ހިސާބުގައި […]

ދިއްދޫ ވެޓަރަންސް ކަޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ދިއްދޫ ވެޓަރަންސް ކަޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިއްދޫ ވެޓަރަންސް ކަޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޓީމް ރަޖިސްޓަރީ ކުރުމަށް ފުރިހަމަ ކުރަނެޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ދިއްދޫ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ 13:00 ކުރިން ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓަރީ […]

ލޯން އެއްބަސް ވުމެއްގެ ދަށުން އަމްރަބަތު ޔުނައިޓެޑަށް
Sports

ލޯން އެއްބަސް ވުމެއްގެ ދަށުން އަމްރަބަތު ޔުނައިޓެޑަށް

އިޓަލީގެ ފިއޮރެންޓީނާއަށް ކުޅެމުންއައި މޮރޮކޯގެ މިޑްފީލްޑަރ ސޮފްޔާން އަމްރަބަތު ލޯން އެއްބަސް ވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ. ޔުނައިޓެޑުން އަމްރަބަތު ގެނެސްފައި ވަނީ މި ސީޒަންގެ ނިޔަލަށެވެ. ލޯން އެއްބަސްވުމުގެ ދަށުން ޔުނައިޓެޑުން 10 މިލިއަން ޔޫރޯގެ ފީއެއް ފިއޮރެންޓީނާއަށް ދައްކާނެއެވެ. ޔުނައިޓެޑުން އަމްރަބަތު ގެނެސްފައި މިވަނީ ސީޒަން ނިމުމަށް ފަހު އޭނާގެ އެއްބަސްވުން ދާއިމީ ކުރުމަށް ބޭނުން ވެއްޖެނަމަ އެކަން ކުރެވޭ ގޮތަށެވެ. އެހެން ވެއްޖެނަމަ ޔުނައިޓެޑުން 20 މިލިއަން ޔޫރ...

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަނީ
Raajje

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވެބްސައިޓް ޑިޒައިންކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އަނެއްކާ ވެސް އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުން ވަނީ މީގެ ދެމަސްކުރިން ވެސް ވެބްސައިޓް ޑިޒައިންކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފައެވެ. މި ބީލަމުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާއިރު، މި މ...

ރޮނާލްޑޯގެ މޮޅު ކުޅުމާއިއެކު އަލް ނަސްރުން ލީގުގައި ދެވަނަ މޮޅު ހޯދައިފި
Sports

ރޮނާލްޑޯގެ މޮޅު ކުޅުމާއިއެކު އަލް ނަސްރުން ލީގުގައި ދެވަނަ މޮޅު ހޯދައިފި

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އަލް ޝަބާބް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު އަލް ނަސްރުން ކާމިޔާބު ކޮށްފިއެވެ. ލީގުގައި އަލް ނަސްރުން މިހާތަނަށް ވަނީ ހަތަރު މެޗު ކުޅެފައެވެ. ފުރަތަމަ ދެ މެޗުން އެ ޓީމް ބަލިވި ނަމަވެސް ފަހު ދެ މެޗު ވަނީ ތަފާތު ބޮޑުކޮށް ކާމިޔާބު ކޮށް ޕޮއިންޓް ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. އަލް ނަސްރަށް ހަތަރު މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. މިވަގުތު އެއްވަނާގައި އޮތީ އަލް […]

ބަޔާންގައި ވެސް ކޭން ނުހުއްޓުވޭ
Sports

ބަޔާންގައި ވެސް ކޭން ނުހުއްޓުވޭ

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންގެ މޮޅު ކުޅުމާއިއެކު ބަޔާން މިއުނިކުން އޯސްބާގް ބަލިކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބަޔާނުން ވަނީ 3-1 ގެ ނަތީޖާއިން އޯސްބާގެ މައްޗަށް ކުރި ހޯދާފައެވެ. މިއީ ލީގުގައި ބަޔާނުން ކުޅުނު ދެވަނަ މެޗެވެ. މި ދެމެޗުގައި ވެސް ހެރީ ކޭން ވަނީ ބަޔާނަށް ލަނޑު ޖަހައިދީފައެވެ. ލީގުގެ ފުރަތަމަ މެޗުގައި ބަޔާން ބައްދަލު ކޮށްފައި ވަނީ ވާޑަ ބްރެމެންއާއެވެ. އެ މެޗު 4-0 ގެ ނަތީޖާއިން ބަޔާން ކާމިޔާބުކުރި […]

އުމުރުން 16 އަހަރުގެ ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސާއިން ވިލަރެއާލް ބަލިކޮށްފި
Sports

އުމުރުން 16 އަހަރުގެ ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސާއިން ވިލަރެއާލް ބަލިކޮށްފި

އުމުރުން އެންމެ ސޯޅަ އަހަރުގެ ލެމީން ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސެލޯނާއިން ވިލަރެއާލް ބަލިކޮށްފިއެވެ. ރޭ ސްޕެނިޝް ލަލީގާގައި ބާސާއާއި ވިލަރެއާލް ބައްދަލުކުރި މެޗު، ބާސާއިން ކާމިޔާބު ކުރީ 4-3 ގެ ނަތީޖާއިންނެވެ. ބާސާއިން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވަނީ ޔަމާލްއަށް ފުރަތަމަ އެގާރައިން ފުރުޞަތު ދީފައެވެ. ކުރީ ހަފްތާ ހޮނިހިރު ދުވަހުގެ ރޭ ބާސާއާއި ކާޑިޒް ބައްދަލުކުރި މެޗުގެ ފުރަތަމަ އެގާރާގައި ޔަމާލް ހިމެނިއިރު އޭނާގެ އުމުރަކީ 16 އަހަރާއި 38 ދުވަހެވެ. […]

ސިޓީން ލީގުގައި ކުޅުނު ތިންވަނަ މެޗު ވެސް ކާމިޔާބުކޮށްފި
Sports

ސިޓީން ލީގުގައި ކުޅުނު ތިންވަނަ މެޗު ވެސް ކާމިޔާބުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ. ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މައިބަދައިގެ އޮޕަރޭޝަނެއް ކޮށް، މިވަގުތު ސިޓީގެ ކޯޗް ގާޑިއޯލާ ހުރީ ޓީމާއި ދުރުގައެވެ. ވުމާއިއެކު މި މެޗުގައި ސިޓީއަށް އިރުޝާދު ދީފައި ވަނީ އެސިސްޓެންޓް ކޯޗެވެ. މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގާނެ ރަނުގެ ފުރުޞަތެއް ސިޓީއަށް ލިބުނެވެ. މެޗުގެ […]

މިލާން މޮޅުވިއިރު ރޯމާ ބަލިވެއްޖެ
Sports

މިލާން މޮޅުވިއިރު ރޯމާ ބަލިވެއްޖެ

އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން ކުޅުން މެޗުން އެ ޓީމް މޮޅުވިއިރު، ރޯމާ ބަލިވެއްޖެއެވެ. ރޭ މިލާންގެ އަމިއްލަ ދަނޑުގައި ޓޮރީނޯއާއި ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ވަނީ 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި ޖަހައިދިނީ ޕުލިސިކްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ލޮފްޓަސް-ޗީކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މިލާނުން ލީޑު ނެގިތާ ތިންމިނެޓް ފަހުން ޓޮރީނޯއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ […]

އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީއަށް ފުރަތަމަ މޮޅު
Sports

އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީއަށް ފުރަތަމަ މޮޅު

ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި ރޭސިން ކްލަބް ޑި ލެންސްއާއި ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގައި ޕީއެސްޖީ ކުޅުނު ތިންވަނަ މެޗެވެ. ފުރަތަމަ ދެ މެޗުން އެ ޓީމް އެއްވަރުވީއިރު، ކޮންޓްރެކްޓް އައުކުރަން ދެކޮޅު ހެދުމުން ޕީއެސްޖީއާއި އެމްބާޕޭއާއި ދެމެދު އޮތް ގުޅުން ހީނަރުވެ، ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗަށް އެކުލަވާލި ޓީމުން […]

އެކަކު މަދުކޮށް ކުޅެ ފުލަމްއިން އާސެނަލް ހުއްޓުވައިފި
Sports

އެކަކު މަދުކޮށް ކުޅެ ފުލަމްއިން އާސެނަލް ހުއްޓުވައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. ލީގުގައި މިހާތަނަށް އާސެނަލުން ތިން މެޗު ކުޅެފައިވާއިރު، މިއީ އެ ޓީމް އަތުން ޕޮއިންޓް ގެއްލުނު ފުރަތަމަ ފަހަރެވެ. ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއިއެކު އާސެނަލް މިވަގުތު އޮތީ ތާވަލުގެ ތިން ވަނާގައެވެ. ފުލަމްއޮތީ 11 ވަނާގައެވެ. ފުލަމްއަށް ތިން މެޗުން ލިބިފައި ވަނީ ހަތަރު […]

ޔުނައިޓެޑުން ފަހަތުން އަރާ ފޮރެސްޓް ބަލިކޮށްފި
Sports

ޔުނައިޓެޑުން ފަހަތުން އަރާ ފޮރެސްޓް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗުގައި، ފޮރެސްޓުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުންއަރައި ތިން ލަނޑު (3-2) ޖަހައި ޔުނައިޓެޑުން މެޗު ކާމިޔާބު ކޮށްފިއެވެ. މި މެޗު ފެށިތާ ހަތަރު މިނެޓްތެރޭ ދެ ލަނޑުޖަހައި ފޮރެސްޓުން ވަނީ ޔުނައިޓެޑް ސިއްސުވާލާފައެވެ. މިއީ ޕްރިމިއާ ލީގުގައި މެޗުގެ ފުރަތަމަ ހަތަރު މިނެޓްގެ ތެރޭ ޔުނައިޓެޑް ކޮޅަށް ދެ ލަނޑު ވަތް ފުރަތަމަ ފަހަރެވެ. ފޮރެސްޓްގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ […]