ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ދިއްދޫ ވެޓަރަންސް ކަޕް ދެވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޓީމް ރަޖިސްޓަރީ ކުރުމަށް ފުރިހަމަ ކުރަނެޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ދިއްދޫ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ.

Ad
rt

މުބާރާތުގައި ބައިވެރިވާ ޓީމްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ 13:00 ކުރިން ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓަރީ ކުރާ ފޯމް ފުރިހަމަ ކުރުމަށް ފަހު އެ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ފުޓްބޯޅަ ކުޅުންތެރިންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، އިޖްތިމާޢީ ގުޅުމާއި ކުޅިވަރުގެ ރޫޙު އާލާކުރުމުގެ އިތުރުން ދިއްދޫގެ ރައްޔިތުން އެއްތަނަކަށް އެއްވެ ކުޅިވަރުގެ އުފާ ޙާޞިލްކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.