މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
290 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ކުމުންދޫ ފުޓްސަލް: ކުޅުނު ދެ މެޗުން ވެސް މޮޅުވެ ޒީރު ހަމަޖެހިލިއިރު ބީޗް ސިޓީއަށް ފުރަތަމަ މޮޅު
Thiladhunmathi News

ކުމުންދޫ ފުޓްސަލް: ކުޅުނު ދެ މެޗުން ވެސް މޮޅުވެ ޒީރު ހަމަޖެހިލިއިރު ބީޗް ސިޓީއަށް ފުރަތަމަ މޮޅު

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ގެ ގްރޫޕް އޭގައި އިއްޔެ ކުޅުނު މެޗުތައް ޒީރު ސްޕޯޓްސް ކުލަބާއި ބީޗް ސިޓީ ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ޒީރު އާއި އައްޓޯ އެފްސީއެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ޒީރުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒީރުގެ ޖޯޒީ ނަމްބަރ 9، އަލީ ހާފިޒްއެވެ. އިއްޔެ ކުޅުނު ދެވަނަ […]

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ އެއްވަނައަށް ތިން އުމްރާ ދަތުރު
Thiladhunmathi News

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ އެއްވަނައަށް ތިން އުމްރާ ދަތުރު

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ އެއްވަނަ ހޯދާ ފަރާތަކަށް ތިން އުމްރާ ދަތުރު ދިނުމަށް ނިންމައިފިއެވެ. މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން “ދިއްދޫ އެންމެ އަލިގަދަތަރި” ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. […]

ބޮސްނިއާ އަތުން ޕޯޗުގަލް އަށް ބޮޑު މޮޅެއް
Sports

ބޮސްނިއާ އަތުން ޕޯޗުގަލް އަށް ބޮޑު މޮޅެއް

ޔޫރޯ ކޮލިފައިންގެ ގްރޫޕް ޖޭގައި ރޭ ޕޯޗުގަލްއާއި ބޮސްނިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޕޯޗުގަލް ކާމިޔާބުކޮށްފިއެވެ. ބޮސްނިއާގައި ރޭ ކުޅުން މެޗު ޕޯޗުގަލުން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ޔޫރޯ ކޮލިފައިންގައި މިހާތަނަށް ޕޯޗުގަލުން ކުޅުނު އަށް މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. މީގެ ތިންދުވަސް ކުރިން ޕޯޗުގަލުން ވަނީ ސޮލަވާކިއާ ބަލިކޮށް އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯއިން ޖާގަ ކަށަވަރު ކޮށްފައެވެ. ވުމާއެކު ރޭ މެޗަށް ނުކުތް […]

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ އަންހެން ބައިގެ ފުރަތަމަ މެޗު ސީއެސް ވިމެންސް ކާމިޔާބުކޮށްފި
Thiladhunmathi News

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ އަންހެން ބައިގެ ފުރަތަމަ މެޗު ސީއެސް ވިމެންސް ކާމިޔާބުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ގެ އަންހެން ކެޓަގަރީގެ ފުރަތަމަ މަޗު ސީއެސް ވިމެންސް ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ އަންހެން ކެޓަގަރީގެ ކުޅުން ރޭ ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ސީއެސް ވިމެންސްއާއި ސަންދިޔާއެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސީއެސް ވިމެންސް އިންނެވެ. މުބާރާތުގެ ފިރިހެން ކެޓަގަރީގެ ތިންވަނަ މެޗުގައި އިއްޔެ ހަވީރު ބައްދަލު […]

އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ރޮނާލްޑޯއަށް
Sports

އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ރޮނާލްޑޯއަށް

ދުނިޔޭގެ އެންމެ ބޮޑު މަނީ މެގަޒިން “ފޯބްސް” އިން އެންމެ ފަހުން އާންމުކުރި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓްގެ އެއްވަނަ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެއެވެ. މި ލިސްޓްގެ އެއްވަނާގައި މީގެ ކުރިން އޮތީ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއެވެ. ނަމަވެސް ފާއިތުވި ބާރަ މަހުގެ ހިސާބުތައް ބުނާގޮތުން މި ލިސްޓްގެ އެނެމް ކުރި މިހާރު ލިބެނީ ރޮނާލްޑޯއަށެވެ. މިހާރު ސައުދީ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯއަށް ފާއިތުވި ބާރަ މަސްދުވަހުގެ […]

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި
Thiladhunmathi News

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ފަށައިފިއެވެ. މި މުބާރާތް އިއްޔެ ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އައްޓޯ އެފްސީއާއި ބީޗް ސިޓީއެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އައްޓޯ އެފްސީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އައްޓޯ އެފްސީގެ ޖޯޒީ ނަމްބަރު 12، މުޝްރިފް މުހައްމަދެވެ ދެވަނަ މެޗުގައި ރޭ ބައްދަލު ކޮށްފައި […]

ފަލަސްތީނަށް އެހީވުމަށް ދިއްދޫގައި ހިންގި ހަރަކާތްތަކުން ލައްކައަކަށް ވުރެގިނަ ރުފިޔާ ހޯދައިފި
Thiladhunmathi News

ފަލަސްތީނަށް އެހީވުމަށް ދިއްދޫގައި ހިންގި ހަރަކާތްތަކުން ލައްކައަކަށް ވުރެގިނަ ރުފިޔާ ހޯދައިފި

އިޒްރޭލުގެ ސިފައިން ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހއ.ދިއްދޫގައި ހިންގި ހަރަކާތްތަކުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. މި މަހުގެ 9 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް އެ ރަށުގައި ހިންގި ހަރަކާތްތަކުން ވަނީ 132000.88 (އެއްލައްކަ ބައްތިރީސް ހާސް ރުފިޔާ، އައްޑިހައަށް ލާރި) ހޯދާފައެވެ. މި ހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރަމުން، މި އިވެންޓ...

އެފްއޭއެމްގެ ރައީސް ކަމަށް ދަގަނޑޭ ވާދަކުރާ ކަމުގެ އަޑުތަކެއް
Sports

އެފްއޭއެމްގެ ރައީސް ކަމަށް ދަގަނޑޭ ވާދަކުރާ ކަމުގެ އަޑުތަކެއް

އަންނަ އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) ވާދަކުރާނެ ކަމުގެ އަޑުގަދަވެއްޖެއެވެ. އަޝްފާޤް އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރާން ނިންމާފައިވާ ކަމުގެ އަޑުތައް ގަދަވެފައި މިވަނީ ސޯޝަލް މީޑިއާގައި “ދަގަނޑޭ ފޯ އެފްއޭއެމް” ނަމުގައި ޕޭޖެއް ހަދައި ކެމްޕެއިން ފެށުމާއި ގުޅިގެންނެވެ. ނަމަވެސް މިކަން އަދި ދަގަނޑޭގެ ފަރާތުން ޔަގީން ކޮށްދީފައި ނުވެއެވެ. މިވަގުތު އޭނާ ހުރީ އާއިލާއާއިއެކު އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަ...

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް މާދަމާ ފަށަނީ
Thiladhunmathi News

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް މާދަމާ ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” މާދަމާ ފަށާނެއެވެ. އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނޭހެން ދެ ޑިވިޝަނަކަށް ބާއްވާ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ވަނީ ހަތް ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އައްޓޯ އެފްސީ، ބީޗް ސިޓީ ސްޕޯޓްސް ކުލަބް، ޒީރު ސްޕޯޓްސް ކުލަބް، ޔުނިޓީ ފުޓްބޯލް ކުލަބް، ލެންޓާން ފުޓްބޯލް ކުލަބް، ފުޓްބޯލް ކުލަބް ޖުވެނިސް އަދި ލަޔަން އެވެ. އަންހެން ޑިވިޝަންގައި […]

ނެދަލެންޑްސް ބަލިކޮށް ފްރާންސް ޔޫރޯއަށް
Sports

ނެދަލެންޑްސް ބަލިކޮށް ފްރާންސް ޔޫރޯއަށް

އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތަށް ފްރާންސް ކޮލިފައިވެއްޖެއެވެ. ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ފްރާންސުން ވަނީ 2-1 ގެ ނަތީޖާއިން ނެދަލެންޑްސް ބަލިކޮށްފައެވެ. ކޮލިފައިންގައި ފްރާންސުން ވަނީ މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެފައެވެ. މި ގްރޫޕް އެއްވަނާގައި ފްރާންސް އޮތީ ހަ މެޗުން ލިބުނު 18 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ގްރީސްއަށް ލިބިފައި ވަނީ 6 މެޗުން 12 ޕޮއިންޓެވެ. ނެދަލެންޑްސް ތިންވަނާގައި އޮތީ 5 […]

ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވެ ޕޯޗުގަލް ޔޫރޯއަށް ކޮލިފައިވެއްޖެ
Sports

ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވެ ޕޯޗުގަލް ޔޫރޯއަށް ކޮލިފައިވެއްޖެ

އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތަށް ޕޯޗުގަލް ކޮލިފައި ވެއްޖެއެވެ. ކޮލިފައިންގައި ރޭ ގްރޫޕް ޖޭގައި ޕޯޗުގަލްއާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ޕޯޗުގަލުން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއިންނެވެ. ޕޯޗުގަލްގެ ޕޯޓޯ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޕޯޗުގަލުންނެވެ. މި ލަނޑު 18 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ގޮންސާލޯ ރާމޯސްއެވެ. ދެވަނަ ލަނޑު 29 ވަނަ […]

ފަލަސްތީނުގެ ހައްގުގައި މުޅި ރާއްޖޭގައި އަޑު އުފުލައިފި
Raajje

ފަލަސްތީނުގެ ހައްގުގައި މުޅި ރާއްޖޭގައި އަޑު އުފުލައިފި

އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި މިއަދު މުޅި ރާއްޖޭގައި އަޑު އުފުލައިފިއެވެ. “ދިވެހިން ފަލަސްތީނާއެކު” މި ޝިއާރުގެ ދަށުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިންތިޒާމް ކޮށްގެން މާލޭގައި މިއަދު ހަވީރު ވަނީ ސައިކަލް ބުރެއް ބާއްވާފައެވެ. ގިނަބަޔަކު ވަނީ މި ސައިކަލް ބުރުގައި ބައިވެރިވެ ފަލަސްތީނަށް، ދިވެހިންގެ ހިތުގައި އޮތް ލޯބި ވަރަށް ފުރިހަމައަށް ދައްކުވާލާފައެވެ. މާލޭގައި ކުރިއަށް ދިޔަ ސައިކަލްބުރު ރަސްފަންނުން ފަށައިގެން މަޖީދީ މަގުގައި ވެ...

ދިއްދޫ ނެރުމައްޗަށް ލޯންޗެއް އުރި އޭގެން ދަތުރުކުރި މީހުންނަށް އަނިޔާވެއްޖެ
Thiladhunmathi News

ދިއްދޫ ނެރުމައްޗަށް ލޯންޗެއް އުރި އޭގެން ދަތުރުކުރި މީހުންނަށް އަނިޔާވެއްޖެ

ހއ. ދިއްދޫގެ ނެރުމައްޗަށް ލޯންޗެއް އުރި އޭގެން ދަތުރުކުރި މީހުންނަށް އަނިޔާވެއްޖެއެވެ. އެ އަތޮޅު ވަށަފަރުން ފުރައިގެން ދިއްދޫއަށް ދަތުރުކުރި ލޯންޗް، ދިއްދޫގެ ނެރުމައްޗަށް އުރިފައި ވަނީ މިރޭ 08:30 ހާއިރުއެވެ. މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެމުން ދިއްދޫ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ބުނީ އެ ރަށު ނެރުމައްޗަށް އުރިފައި ވަނީ އެ އަތޮޅު ވަށަފަރުން ފުރައިގެން އައި ލޯންޗެއް ކަމަށެވެ. އެ ލޯންޗްގައި 10 މީހުން ދަތުރުކުރި ކަމަށާއި، އެ […]

ބާމިންހަމްގެ އައު ކޯޗަކަށް ރޫނީ
Sports

ބާމިންހަމްގެ އައު ކޯޗަކަށް ރޫނީ

އިންގްލެންޑްގެ ލީގު ފުޓްބޯޅައިގެ ދެވަނަ ގިންތި ކަމަށްވާ ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ބާމިންހަމް ސިޓީގެ ކޯޗަކަށް ވޭން ރޫނީ ހަމަޖައްސައިފިއެވެ. މެންޗެސްޓާ ޔުނައިޓެޑާއި އިންގްލެންޑް ގައުމީ ޓީމްގެ ކެޕްޓަން ކޮށްފައިވާ، ރޫނީ (37) އަށް ބާމިންހަމުން ދީފައި ވަނީ ތިން އަހަރާ ބައި ގެ އެއްބަސްވުމެކެވެ. ބާމިންހަމްގެ ކޯޗްގެ މަގާމުގައި 2022 ވަނަ އަހަރު ޖުލައި މަހުން ފެށިގެން ހުރީ ޖޯން އެއުސްޓޭސްއެވެ. ފާއިތުވި ފަނަރަ މަސްދުވަނު އޭނާ ވަނީ އެ ޓީމަށް އިރުޝާދު ދީފައެވެ. ރޫނީގެ […]

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން “ދިއްދޫ އެންމެ އަލިގަދަތަރި” ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ނިންމުމުގެ […]