މައި ޚަބަރަށް ދިޔުމަށް

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
290 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ހަނިމާދޫ ޖަވާހިރުލް ޤުރުއާން މުބާރާތުގެ އެއްވަނަ އައްޔޫބް އާއި ޝަބާއަށް
Thiladhunmathi News

ހަނިމާދޫ ޖަވާހިރުލް ޤުރުއާން މުބާރާތުގެ އެއްވަނަ އައްޔޫބް އާއި ޝަބާއަށް

ހދ.ހަނިމާދޫ ކައުންސިލްގެ “ޖަވާހިރުލް ޤުރުއާން މުބާރާތް 1445” ގެ އެއްވަނަ އައްޔޫބް އަބްދުﷲ ރަޝީދުއާއި ޝަބާ އަބްދުﷲ ރަޝީދު ހޯދައިފިއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި ބާއްވާފައިވާއިރު، ނުބަލާ ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހޯދީ އައްޔޫބް އަބްދުﷲ ރަޝީދުއެވެ. ބަލައިގެން ކިޔުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހޯދީ ޝަބާ އަބްދުﷲ ރަޝީދުއެވެ. މިއީ އެއްބަނޑު އެއްބަފާ ދެ ބެންނެވެ. މި ކޮންމެ ވަނައަކަށް […]

ހދ.އަތޮޅު ކައުންސިލުން ތަރައްގީ ކޮށްފައިވާ ޑްރައިވިން ޓްރެކް ބޭނުން ކުރަން ފަށައިފި
Thiladhunmathi News

ހދ.އަތޮޅު ކައުންސިލުން ތަރައްގީ ކޮށްފައިވާ ޑްރައިވިން ޓްރެކް ބޭނުން ކުރަން ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން ކުޅުދުއްފުށީ ސިޓީގައި ތަރައްގީ ކޮށްފައިވާ ޑްރައިވިން ޓްރެކް ބޭނުން ކުރަން ފަށައިފިއެވެ. މި ޓްރެކް ތަރައްގީކޮށްފައި ވަނީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ އުތުރު ފަރާތުގައި އޮންނަ ހުސްބިމުގައެވެ. މި ޑްރައިވިން ޓްރެކް މިއަދުން ފެށިންގެން، އެއްގަމު އުޅަނދު ދުއްވަން ފަރިތަކުރަން އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް ބާއްވާ ޕްރެކްޓިކަލް ޓެސްޓްތައް ޖުލައި 14 ވަނަ ދުވަހުން ފެށިގެން އެތަނުގައި ކުރިއަށް ގެންދަން ވެ...

ފަސޭހަކަމާއިއެކު ޖޯޖިއާ ބަލިކޮށް ސްޕެއިން ކުއާޓާއަށް
Sports

ފަސޭހަކަމާއިއެކު ޖޯޖިއާ ބަލިކޮށް ސްޕެއިން ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ފަސޭހަކަމާއިއެކު ޖޯޖިއާ ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފިއެވެ. ރޭ ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ. މުޅިން އަލަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ޖޯޖިއާއިން ދެވަނަބުރަށް ކޮލިފައިވީ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ވެސް ބަލިކުރުމަށް ފަހުއެވެ. ރޭ މެޗު ފަށައިގެން ސްޕެއިނުން ވަނީ ގޭމް ޑޮމިނޭޓް ކޮށްފައެވެ. ނަމަވެސް ލަނޑުޖަހައި ލީޑު ނެގީ ޖޯޖިއާއެވެ. މެޗުގެ […]

އުނދަގޫ މޮޅަކަށް ފަހު އިންގްލެންޑް ކުއާޓާއަށް
Sports

އުނދަގޫ މޮޅަކަށް ފަހު އިންގްލެންޑް ކުއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިންގްލެންޑާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ހޯދި އުނދަގޫ މޮޅާއިއެކު، މުބާރާތުގެ ކުއާޓާ ފައިނަލުން އިންގްލެންޑް ޖާގަ ހޯދައިފިއެވެ. ރޭ ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. ރޭ މެޗު ފަށައިގެން އިންގްލެންޑްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުނެވެ. ނަތީޖާއެއްގެ ގޮތުން ސްލޮވާކިއާއިން ދިޔައީ އިންގްލެންޑްގެ ފަހަތަށް ބާރު ބޮޑުކުރަމުންނެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ގޮސް އެ ޓީމުން ވަނީ މެޗުގެ 25 […]

ޗެމްޕިއަން އިޓަލީ ބަލިކޮށް ސްވިޒަލެންޑް ކްއާޓާއަށް
Sports

ޗެމްޕިއަން އިޓަލީ ބަލިކޮށް ސްވިޒަލެންޑް ކްއާޓާއަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ސްވިޒަލެންޑް ޖާގަ ހޯދައިފިއެވެ. މިރޭ ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސްވިޒަލެންޑުން އިޓަލީގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިޓަލީގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ދަށް ކުޅުމެކެވެ. މި ހާފުގައި އިޓަލީއަށް ސްވިޒަލެންޑްގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާއެއް ވެސް ފޮނުވާނުލެވުނެވެ. މުޅި ފުރަތަމަ […]

ފަސޭހަކަމާއިއެކު ޕެރަގުއޭ ބަލިކޮށް ބްރެޒިލުން ފުރަތަމަ މޮޅު ހޯދައިފި
Sports

ފަސޭހަކަމާއިއެކު ޕެރަގުއޭ ބަލިކޮށް ބްރެޒިލުން ފުރަތަމަ މޮޅު ހޯދައިފި

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ބްރެޒިލްއާއި ޕެރަގުއޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ބްރެޒިލުން ފުރަތަމަ މޮޅު ހޯދައިފިއެވެ. މިއަދު ހެނދުނު ކުޅުނު މި މެޗު ބްރެޒިލުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބްރެޒިލްއާއި ކޮސްޓަރިކާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމާއިއެކު، މުބާރާތުގައި އަމިއްލަ ބާރާއިއެކު ކުރިއަށް ދާން ބޭނުންނަމަ ބްރެޒިލްއަށް މިއަދު މެޗުން މޮޅުވުން މަޖުބޫރެވެ. ރޭ މެޗުގައި ބްރެޒިލްގެ ފަރާތުން ވަނީ މޮޅު [...

23 އަހަރަށް ފަހު ނަޗޯ ރެއާލް ދޫކޮށްލައިފި
Sports

23 އަހަރަށް ފަހު ނަޗޯ ރެއާލް ދޫކޮށްލައިފި

ފާއިތުވި 23 އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު ސްޕެއިންގެ އިތުބާރު ޑިފެންޑަރ ނަޗޯ ފެނާންޑޭޒް، އެ ޓީމް ދޫކޮށް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ގާޝިއަހް އަށް ސޮއިކޮށްފިއެވެ. އަލް ގާޝިއަހް މިދިޔަ  ސީޒަންގައި ވާދަކޮށްފައި ވަނީ ސައުދީގެ ދެވަނަ ފަންތީގެ ލީގުގައެވެ. ނަމަވެސް ކުރިއަށް އޮތް ސީޒަނަށް އެ ޓީމް ވަނީ ސައުދީ ޕްރޮފެޝަނަލް ލީގަށް ކޮލިފައިވެފައެވެ. ވުމާއިއެކު އެ ޓީމުން އަންނަނީ އިތުރު ކުޅުންތެރިން ހޯދައި ސްކޮޑް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. […]

ހަނިމާދޫ ޖަވާހިރުލް ޤުރުއާން މުބާރާތް ފަށައިފި
Thiladhunmathi News

ހަނިމާދޫ ޖަވާހިރުލް ޤުރުއާން މުބާރާތް ފަށައިފި

ހދ.ހަނިމާދޫ ކައުންސިލްގެ “ޖަވާހިރުލް ޤުރުއާން މުބާރާތް 1445” ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން ފަށާފައި ވަނީ މި މަހު 27 ވަނަ ދުވަހު ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މި މަހުގެ 29 ވާ ހޮނިހިރު ދުވހަގެ ރެއެވެ. މި މުބާރާތުގައި 67 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގައި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމާއި، ޤުރުއާނަށް ދަރިވަރުންގެ ހިތުގައި ލޯބިޖެއްސުމުގެ އިތުރުން ޤުރުއާން ހިތުދަސްކުރަން […]

ޕޯޗުގަލް ބަލިކޮށް ޖޯޖިއާ ވެސް ނޮކައުޓް ބުރަށް
Sports

ޕޯޗުގަލް ބަލިކޮށް ޖޯޖިއާ ވެސް ނޮކައުޓް ބުރަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ބުރުން ޖޯޖިއާ ޖާގަ ހޯދައިފިއެވެ. ރޭ ޖޯޖިއާއިން ވަނީ 2-0 ގެ ނަތީޖާއިން ޕޯޗުގަލްގެ މައްޗަށް ކުރި ހޯދާފައެވެ. ރޭ މެޗަށް ޕޯޗުގަލް ނުކުތްއިރު އެ ޓީމް އޮތީ، ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއިއެކު ނޮކައުޓް ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. ރޭ މެޗުން މޮޅުވެ ޖޯޖިއާ ވަނީ ހަތަރު ޕޮއިންޓް ހަމަކޮށް ނޮކައުޓް ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. މި […]

ގްރޫޕްގެ އެއްވަނަ ރުމޭނިއާ އަށް، ދެވަނަ ބެލްޖިއަމަށް
Sports

ގްރޫޕްގެ އެއްވަނަ ރުމޭނިއާ އަށް، ދެވަނަ ބެލްޖިއަމަށް

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގެ އެއްވަނަ ޓީމްގެ ގޮތުގައި ރުމޭނިއާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރޭ ރުމޭނިއާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ވަރަށް ވާދަވެރިކަން ބޮޑުކޮށް ފެނުނު މި ގްރޫޕްގައި ރޭ ބެލްޖިއަމްއާއި ޔުކްރެއިން ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. މި ނަތީޖާތަކާއިއެކު ގްރޫޕްގައި ހިމެނޭ ހަތަރު ޓީމަށް ވެސް ވަނީ ހަތަރު ޕޮއިންޓް […]

ޗިލީ ބަލިކޮށް އާޖެންޓީނާ ކުއާޓާއަށް
Sports

ޗިލީ ބަލިކޮށް އާޖެންޓީނާ ކުއާޓާއަށް

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ހެނދުނު އާޖެންޓީނާއާއި ޗިލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ. މި މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފުރަތަމަ ހަމަލާ އުފެއްދީ އާޖެންޓީނާއިންނެވެ. ޗިލީގެ އޭރިއާ ބޭރުގައި ހުރެ މެސީ ފޮނުވާލި ބާރު ހަމަލާ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު މެސީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި […]

ފަހު މެޗުތައް އެއްވަރުވެ، އެއްވަނާގައި އިންގްލެންޑް ނޮކައުޓް ބުރަށް
Sports

ފަހު މެޗުތައް އެއްވަރުވެ، އެއްވަނާގައި އިންގްލެންޑް ނޮކައުޓް ބުރަށް

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގެ ފަހު މެޗުތައް އެއްވަރުވެ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި އިންގްލެންޑު ނޮކައުޓް ބުރުން ޖާގަ ހޯދައިފިއެވެ. މި ގްރޫޕްގެ ފަހު މެޗުތައްކުގައި އިންގްލެންޑާއި ސްލޮވީނިއާ ރޭ ބައްދަލުކުރި މެޗާއި ޑެންމާކާއި ސާބިއާ ބައްދަލު ކުރި މެޗު ވެސް ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. މި ގްރޫޕްގެ އެއްވަނަ އިންގްލެންޑަށް ލިބުނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވެ […]

ފްރާންސާއި ނެދަލެންޑްސް ފަހަތަށް ޖައްސާލައި ގްރޫޕް އެއްވަނަ އޮސްޓްރިއާއަށް
Sports

ފްރާންސާއި ނެދަލެންޑްސް ފަހަތަށް ޖައްސާލައި ގްރޫޕް އެއްވަނަ އޮސްޓްރިއާއަށް

ފްރާންސާއި ނެދަލެންޑްސް ފަހަތަށް ޖައްސާލައި، ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ އެއްވަނަ ޓީމްގެ ގޮތުގައި އޮސްޓްރިއާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. މި ގްރޫޕްގެ ފަހު މެޗުތައް މިރޭ ކުޅެފައިވާއިރު، އޮސްޓްރިއާއިން ވަނީ 3-2 ގެ ނަތީޖާއިން ނެދަލެންޑްސް ބަލިކޮށްފައެވެ. މި ގްރޫޕުގައި ފްރާންސާއި ޕޮލެންޑް ބައްދަލުކުރި މެޗު 1-1 އެއްވަރު ވުމުން، މި ގްރޫޕްގެ އެއްވަނަ ލިބިފައިވަނީ އޮސްޓްރިއާއަށެވެ. ހަ ޕޮއިންޓާއިއެކު އޮސްޓްރިއާ އެއްވަނަ ހޯދިއިރު ފަސް ޕޮއިންޓާއިއެކު ގްރޫޕްގެ ދެވަނަ […]

ކޮސްޓަރިކާއިން ބްރެޒިލް ހުއްޓުވައިފި
Thiladhunmathi News

ކޮސްޓަރިކާއިން ބްރެޒިލް ހުއްޓުވައިފި

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރުޕް ޑީގައި މިއަދު ހެނދުނު ބްރެޒިލްއާއި ކޮސްޓަރިކާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ބްރެޒިލް އިން ވަނީ، މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ފުރަތަމަ ހާފުގައި ރޮޑްރިގޯއަށް ލިބުނު ދެ ފުރުސަތުގައި އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ގޯލާއި އަމާޒުނުވެދިޔައިރު، ރަފީނިއާ ފޮނުވާލި ހަމަލާ މަތަކުރީ ކޮސްޓަރިކާގެ ކީޕަރެވެ. މެޗުގެ 30 […]

ފަހުވަގުތު ލަނޑުޖަހައި ކްރޮއޭޝިއާ ކަޓުވާލުމަށް ފަހު އިޓަލީ ދެވަނަ ބުރަށް
Sports

ފަހުވަގުތު ލަނޑުޖަހައި ކްރޮއޭޝިއާ ކަޓުވާލުމަށް ފަހު އިޓަލީ ދެވަނަ ބުރަށް

މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ލަނޑުޖަހައި ކްރޮއޭޝިއާ ރޮއްވާލުމަށް ފަހު، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ޗެމްޕިއަން އިޓަލީ ޖާގަ ހޯދައިފިއެވެ. ގްރޫޕް ބީގެ، ގްރޫޕް ސްޓޭޖް ފަހު މެޗަށް ރޭ އިޓަލީއާއި ކްރޮއޭޝިއާ ނުކުތްއިރު ދެވަނަ ބުރުން ފުރުސަތު ހޯދަން ކްރޮއޭޝިއާ އަށް އިޓަލީ ބަލިކުރުން ނޫން ގޮތެއް ނެތެވެ. ނަމަވެސް މެޗު އެއްވަރު ކޮށްލައިގެން ވެސް އިޓަލީއަށް ފުއްދާލެވެން އޮތެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން އިދިކޮޅު ގޯލަށް ނުރައްކާކުރިއެވެ. […]