މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
287 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

400000 އަށްވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

400000 އަށްވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށްވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 45 އަހަރުގެ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ޖަހަންގިރް އާލަމް އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. ކްރިމިނަލް ކޯޓުގައި ފުލުހުން ވަނީ އެ މީހާ ސައިކަލުގެ މަޑިދަށުން 442،750 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާ އެ ވައްކަން ކުރިކަމަށް ބެލެވޭ ހެކި […]

މާރަންދޫ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް
Thiladhunmathi News

މާރަންދޫ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލާން ފަށައިފިއެވެ. މާރަންދޫ ކައުންސިލަށް މެންބަރަކު އިންތިހާބު ކުރަން ޖެހުނީ މި އަހަރުގެ ޖުލައި މަހު 13 ވަނަ ދުވަހު އެ ކައުންސިލްގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ޒަމީރު ނިޔާވުމާއި ގުޅިގެން އެ މަގާމު ހުސްވުމުންނެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 08:00 ގައި ފަށާފައިވާއިރު، މި މަގާމަށް ތިން ބޭފުޅަކު ވާދަ ކުރައްވައެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ […]

ތިލަދެކުނު ފުޓްބޯޅަ: ނެއްލައިދޫ ބަލިވި ކަމަށް ކަނޑައަޅައި ޖޫރިމަނާކޮށްފި
Thiladhunmathi News

ތިލަދެކުނު ފުޓްބޯޅަ: ނެއްލައިދޫ ބަލިވި ކަމަށް ކަނޑައަޅައި ޖޫރިމަނާކޮށްފި

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އިއްޔެ ނެއްލައިދޫއާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓސް ކްލަބް ބައްދަލުކުރި މެޗުގައި، ޓީމް ނެއްލައިދޫއިން މެޗު ފުރިހަމަނުކޮށް ދަނޑުން ފޭބުމުން އެ މެޗުން ނެއްލައިދޫ ބަލިވީކަމަށް ކަނޑައަޅައި ޖޫރިމަނާ ކޮށްފިއެވެ. އިއްޔެގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތިން މިނެޓް ދެއްކިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރު ވަގުތުގެ ފަހު މިނެޓުގައި ހިރަފުސް ޓީމުން ފޮނުވާލި ހަމަލާއެއް ނެއްލައިދޫގެ އޭރިއާތެރެއިން އެ ޓީމްގެ […]

ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައިފި
Raajje

ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައިފި

ގައިންގަޔަށް ނާރާ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރާ އެންސީޑީ އެލަޔަންސް އިން ރާއްޖޭގައި ވޭޕް މަނާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެއެވެ. މޯލްޑިވްސް އެންސީޑީ އެލަޔަންސް އުފައްދާފައި ވަނީ ރާއްޖޭގެ ހަތް ޖަމިއްޔާއެއް ގުޅިގެންނެވެ. އެ ޖަމިއްޔާތަކަކީ ކެންސަ ސޮސައިޓީ، ޑައިބެޓީސް ސޮސައިޓީ، ޝީ، ތެލެސީމިއާ ސޮސައިޓީ، މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަން، އެމްއޭޕީޑީ އަދި ޓައިނީ ހާޓްސް އެވެ. ވޭޕާއ-އީ ސިނގިރޭޓް ރާއްޖޭގައި މަނާކޮށްދެއްވުމަށް އެދި ރައީސްއަށް ސިޓީ...

ޖެހިޖެހިގެން 40 ރޭ ޖަމާއަތުގައި ފަތިސްނަމާދުކުރި ކޮންމެ ކުއްޖަކަށް ބައިސްކަލެއް
Thiladhunmathi News

ޖެހިޖެހިގެން 40 ރޭ ޖަމާއަތުގައި ފަތިސްނަމާދުކުރި ކޮންމެ ކުއްޖަކަށް ބައިސްކަލެއް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މަސްޖިދުއް ތަޢާވުން މިސްކިތުގައި ޖެހިޖެހިގެން 40 ރޭ ފަތިސްނަމާދު ކުރި ދަރިވަރުންނަށް ބައިސްކަލް ހަވާލުކޮށްފިއެވެ. މި ޕްރޮގްރާމަކީ އެ މިސްކިތުގެ އިމާމް ހުސައިން ރަޝީދު އިސް ނަގައިގެން ފާއިތުވި އަހަރުގެ މެއި މަހު ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ ދަށުން 64 ކުއްޖަކު ވަނީ ބައިވެރިވެފައެވެ. ނަމަވެސް ޕްރޮގްރާމް ފުރިހަމަކޮށް ބައިސްކަލް ހާސިލް ކޮށްފައި ވަނީ 38 ދަރިވަރުންނެވެ. މި ޕްރޮގްރާމް ފުރިހަމަކުރި ކުދިންނަށް...

ކުޅިވަރުގައި ރަށް ތަމްސީލް ކުރަން ހަނިމާދޫ ކައުންސިލުން ޖަމިއްޔާތަކަށް ހަތަރު ލައްކަ ރުފިޔާގެ އެހީ
Thiladhunmathi News

ކުޅިވަރުގައި ރަށް ތަމްސީލް ކުރަން ހަނިމާދޫ ކައުންސިލުން ޖަމިއްޔާތަކަށް ހަތަރު ލައްކަ ރުފިޔާގެ އެހީ

ހދ.އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ރަށް ތަމްސީލް ކުރުމަށް ހަނިމާދޫ ކައުންސިލުން އެ ރަށު ކުލަބް ޖަމިއްޔާތަކަށް ހަތަރު ލައްކައަށް ވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން އޮގަސްޓް މަހު ބޭއްވި “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024” ފުޓްބޯޅަ މުބާރާތުގައި ހަނިމާދޫ ތަމްސީލް ކުރަން ނުކުތް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް، ކައުންސިލުން މާލީ އެހީގެ ގޮތުގައި 82000 (އައްޑިހަ ދެހާސް) ރުފިޔާގެ ދިނެވެ. މި މަހުގެ ހަވަނަ ދުވަހު ކުޅުދުއްފުށީގައި ފެށި […...

ޔުނައިޓެޑްގެ ހުރިހާކަމެއް އަލުން ބިނާކުރަން ޖެހޭ: ރޮނާލްޑޯ
Sports

ޔުނައިޓެޑްގެ ހުރިހާކަމެއް އަލުން ބިނާކުރަން ޖެހޭ: ރޮނާލްޑޯ

މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ހޯދަން ބޭނުންނަމަ އެ ޓީމްގެ ހުރިހާކަމެއް އަލުން ބިނާކުރަން ޖެހޭކަމުގައި އެ ޓީމްގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ، ރިއޯ ފާޑިނަންޑް ޕްރެސެންޓްސް ޕޮޑްކާސްޓްގައި ޔުނައިޓެޑާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ރޮނާލްޑޯ ވަނީ، ޔުނައިޓެޑްގެ ކޯޗް ޓެން ހާގް އަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. “ކޯޗް (ޓެން ހާގް) ބުނަނީ ޔުނައިޓެޑަށް ޕްރިމިއާ ލީގަށާއި، ޗެމްޕިއަންސް ލީގު ވާދަ ނުކުރެވޭނެ ކަމަށް” ޓެން ހާގްގެ ވިސްނުމަށް […]

ކުޅުދުއްފުށީ މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
Thiladhunmathi News

ކުޅުދުއްފުށީ މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ހދ.ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރު މޫދުގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ. ފުލުހުން މިރޭ ބުނީ ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިރޭ މާލެ ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއަދު ހެނދުނު ގާތްގަނޑަކަށް 08:25 ހާއިރު އެ ރަށު އުތުރު ފަރާތު ބަނދަރުގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ޑެއިޒީފެހި، މުހައްމަދު ހަސަން (36) އެވެ. ކުޅުދުއްފުށީ އުތުރު ބަނދަރު މޫދުގައި […]

ބްރެޒިލް އަދި އާޖެންޓީނާ އަށް ވެސް ބައްޔެއް
Sports

ބްރެޒިލް އަދި އާޖެންޓީނާ އަށް ވެސް ބައްޔެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފިކޭޝަންގައި ރޭ ބްރެޒިލް އާއި އާޖެންޓީނާ ބަލިވެއްޖެއެވެ. ރޭ ފަތިހު ޕެރަގުއޭ އާއި ބްރެޒިލް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕެރަގުއޭއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 20 ވަނަ މިނެޓުގައި ޕެރެގުއޭއަށް ކާމިޔާބު ކޮށްދިނީ ޑިއެގޯ ގޮމޭޒް އެވެ. މި މެޗު ކޮންޓްރޯލް ކޮށްގެން ބްރެޒިލުން ކުޅުނު ނަމަވެސް އިދިކޮޅު ގޯލަށް ލަނޑު ޖެހުމުގައި އެ ޓީމަށް ކާމިޔާބެއް […]

ނެދަލެންޑްސް އާއި ޖަރުމަނު އެއްވަރު
Sports

ނެދަލެންޑްސް އާއި ޖަރުމަނު އެއްވަރު

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ތިންވަނަ ގްރޫޕްގައި ރޭ ނެދަލެންޑްސް އާއި ޖަރުމަނު ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ނެދަލެންޑްސްގައި ރޭ ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ދެވަނަ މިނެޓުގައި ލަނޑުޖަހައި ނެދަލެންޑްސް އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ގްރެވެންބާޗް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޓިޔާނީ ރެޔިންޑާސް އެވެ. ޖަރުމަނުން ޑޮމިނޭޓް ކުރި މި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު 38 […]

ކޮމިއުނިކޭޝަން އޮތޯރިޓީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި
Raajje

ކޮމިއުނިކޭޝަން އޮތޯރިޓީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށަށް ބަދަލު ކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު މިގޮތަށް ނިންމާފައި މިވަނީ އެ މަނިކްފާނަށް ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުންނެވެ. ކޭމް މެދުވެރިކޮށް މި ސަރުކާރުން ވަނީ ތާރީހީ ނިންމުމެއް ނިންމާފައެވެ. ފާއިތުވި އަހަރުގެ ޑިސެމްބަރ 16 ވަނަ ދުވަހު ކޭމް އިން ވަނީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ބަރަހަނާ މަންޒަރުތައް ފަތުރާ ވެބްސައިޓުތަކަށ...

ތުރާކުނު ޖަމިއްޔާއެއް ހިމެނޭހެން 16 ޖަމިއްޔާއަކަށް ސަރުކާރުން އެހީ ދީފި
News

ތުރާކުނު ޖަމިއްޔާއެއް ހިމެނޭހެން 16 ޖަމިއްޔާއަކަށް ސަރުކާރުން އެހީ ދީފި

ތިލަދުންމަތީ އުތުރުބުރީ ތުރާކުނުގެ ޖަމިއްޔާއެއް ކަމަށްވާ، ތުރާކުނު އިންޓެގްރޭޓޭޑް އެމްޕަވަމަންޓް ސޮސައިޓީ ހިމެނޭހެން 16 ޖަމިއްޔާއަކށް 3 މިލިއަން ރުފިޔާގެ އެހީ ސަރުކާރުން ފޯރުކޮށްދީފިއެވެ. މިއީ މަދަނީ ޖަމިއްޔާތައް މާލީގޮތުން ބާރުވެރި ކުރުވުމުގެ މަގުސަދުގައި ސަރުކާރުން ހަމަޖައްސައި ދީފައިވާ ގްރާންޓެކެވެ. ގައުމުގެ ތަރައްގީގައި ޖަމިއްޔާތަކުގެ ދައުރު ފުޅާ ކުރުމަކީ ވެސް މި ގްރާންޓް ދިނުމުގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާގެ އެހީ ލިބޭ މަދަނީ ޖަމިއްޔާތައް ކަނޑަ...

ތެލުގެ ވިޔަފާރިއަށް ހޯރަފުށީ ބަނދަރު ސަރަހައްދުން ބިން ދޫކުރަނީ
Thiladhunmathi News

ތެލުގެ ވިޔަފާރިއަށް ހޯރަފުށީ ބަނދަރު ސަރަހައްދުން ބިން ދޫކުރަނީ

ތެލުގެ ވިޔަފާރި ކުރުމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ބަނދަރު ސަރަހައްދުން ދޫކުރާ ބިމަށް، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ރަށު ކައުންސިލުން ނިންމާފައި ވަނީ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިއަށް 5000 (ފަސްހާސް) އަކަފޫޓުގެ 01 ބިން 20 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްލުމަށެވެ. މި ބިމަށް ބީލަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރީގެ ކަންކަން […]

އެމްބާޕޭ ބެންޗްކޮށް ފްރާންސުން ނަތީޖާ ނެރެފި
Sports

އެމްބާޕޭ ބެންޗްކޮށް ފްރާންސުން ނަތީޖާ ނެރެފި

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ، ގްރޫޕް ދެއެއްގައި ފްރާންސާއި ބެލްޖިއަމް ބައްދަލުކުރި މެޗު ފްރާންސުން ކާމިޔާބު ކޮށްފިއެވެ. ފްރާންސްގެ ލިޔޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ނޭޝަންސް ލީގުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި އިޓަލީ އަތުން ވީ ބައްޔެވެ. ފްރާންސުން ރޭ ނަތީޖާ ނެރުން މުހިންމު މެޗަށް ނުކުތްއިރު އެ ޓީމްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވުމެވެ. ކޯޗު […]

ކުމުންދޫގައި ބާއްވާ ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ކުމުންދޫގައި ބާއްވާ ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އެ ރަށުގައި ބާއްވާ ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުއެވެ. މި ކޯހުން ފުރުސަތު ދިނުމަށް ނިންމާފައި ވަނީ 20 ބައިވެރިންނަށެވެ. ކޯސް ފީއެއްގެ ގޮތުގައި ބައިވެރިއެއްގެ އަތުން 500 (ފަސްސަތޭކަ) ރުފިޔާ ނަގަން ވަނީ ނިންމާފައެވެ. މި ކޯސް ކުރިއަށް ގެންދަނީ […]