މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
287 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ސްޕާތަކަށް ހާއްސަ އޮޕަރޭޝަނެއް، 22 ތަނެއް ފާސްކޮށް 7 އަންހެނަކު ހައްޔަރަށް
Raajje

ސްޕާތަކަށް ހާއްސަ އޮޕަރޭޝަނެއް، 22 ތަނެއް ފާސްކޮށް 7 އަންހެނަކު ހައްޔަރަށް

މާލޭގައި ހިންގަމުން އަންނަ ސެލޫންތަކާއި ސްޕާތަކަށް އަމާޒުކޮށްގެން މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 22 ތަނެއް ބަލާ ފާސްކޮށް ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީ 7 އަންހެނަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށް، އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ޤާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އިއްޔެ ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ...

ރައްޔިތުންގެ ބަހެއްނެތި ވަޒީރަށް ފެންނަ ޕްލޭންތަކުން މާޒީގައި އޮތީ ހިޔާނާތާއި ވައްކަން: ހއ.އަތޮޅު ކައުންސިލް
Thiladhunmathi News

ރައްޔިތުންގެ ބަހެއްނެތި ވަޒީރަށް ފެންނަ ޕްލޭންތަކުން މާޒީގައި އޮތީ ހިޔާނާތާއި ވައްކަން: ހއ.އަތޮޅު ކައުންސިލް

ރައްޔިތުންގެ އެއްވެސް ބަހެއްނެތި ވަޒީރަށް ފެންނަ ޕްލޭންތަކުން ބޮޑެތި އިންވެސްޓްމެންޓްތަކާއި ތަރައްގީ ހޯދުމުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުތަކުން ފެންނަން އޮތީ ހިޔާނާތާއި ވައްކަން ކަމުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން މިހެން ބުނެފައި ވަނީ، ބިނާވެށި ޕްލޭންކޮށް ހިންގުމަށް ބިލުގައި ކައުންސިލްތަކާއި ރާއްޖޭގެ ފަންނީ މާހިރުންނާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާފައިވާ ހިޔާލުތަކަށް އެއްވެސް މިންވަރަކަށް މަޖިލީހުން ރިއާޔަތް ނުކޮށް، އެ ބިލު ފާސްކޮށް،...

ވަށަފަރުގައި ހަދަންފެށި ސިޓީ ހޮޓާ ނުނިމި 10 އަހަރު، ތުހުމަތު މިނިސްޓްރީއަށް!
Thiladhunmathi News

ވަށަފަރުގައި ހަދަންފެށި ސިޓީ ހޮޓާ ނުނިމި 10 އަހަރު، ތުހުމަތު މިނިސްޓްރީއަށް!

ތިލަދުންމަތީ އުތުރުބުރީގައި މީހުން ދިރިއުޅެމުން އަންނަ ރަށްތަކުގެ ތެރެއިން އެންމެ ރީތި އެއް ރަށަކީ ވަށަފަރެވެ. ރަށުގެ ދެކޮޅުގައި ޗާލު ދޮންވެލި ތުނޑި އޮތްއިރު ރަށުގެ އުތުފަރާތުގައި، އެއްކޮޅުން އަނެއްކޮޅަށް ދެމިފައިވާ ދޮންވެލި އަތިރިމައްޗާއި، އެ ރަށަށް ލިބިފައިވާ މާސިންގާ ނޫކުލައިގެ ބޮޑު ފަޅަކީ ބަލައި ފޫހިނުވާހާ ރީތި ތަންތަނެވެ. ތިލަދުންމަތީގެ އެންމެ ބޮޑަށް ލޯކަލް ޓްއަރިޒަމް ފުޅާވެފައިވާ އެއް ރަށަކީ ވަށަފަރު ކަމަށްވާއިރު، މިވަގުތު އެ ރަށުގައި 11 ގެސްޓް ހައުސް އަންނަނީ ހިންގަމުންނެވެ. އައު […]

ގައުމަށް ރީތި ނަން ހޯދައިދިން ކުޅުދުއްފުށީ އެތުލީޓުންނަށް ސިޓީ ކައުންސިލްގެ މަރުހަބާ
Thiladhunmathi News

ގައުމަށް ރީތި ނަން ހޯދައިދިން ކުޅުދުއްފުށީ އެތުލީޓުންނަށް ސިޓީ ކައުންސިލްގެ މަރުހަބާ

ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2024 ގައި ރާއްޖެއަށް ރީތި ނަން ހޯދައިދިން އެތުލެޓިކްސް ޓީމުގައި ހިމެނުނު ކުޅުދުއްފުށީގެ އެތުލީޓުންނަށް، ކުޅުދުއްފުށި ސިޓީ ކައުންސިލުން މަރުހަބާ ދަންނަވައި ކާމިޔާބީ ފާހަގަ ކޮށްފިއެވެ. މި މަހު 11 އިން 13 އަށް އިންޑިއާގެ ޗެންނާއީގައި ކުރިއަށްދިޔަ ދެކުނު އޭޝިއާގެ ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި ރާއްޖެއިން 16 އެތުލީޓުން ވާދަކުރިއެވެ. އެއީ 8 އަންހެން އެތުލީޓުންނާއި 8 ފިރިހެން އެތުލީޓުންނެވެ. ހަތަރެއް ގުނަ 100 މީޓަރު ރިލޭ […]

ޖޫރިމަނާ ފައިސާ ނުދެއްކުމުން، ނެއްލައިދޫ ބަލިވިކަމަށް ކަނޑައަޅައިފި
Thiladhunmathi News

ޖޫރިމަނާ ފައިސާ ނުދެއްކުމުން، ނެއްލައިދޫ ބަލިވިކަމަށް ކަނޑައަޅައިފި

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މި މަހު 12 ވަނަ ދުވަހު ނެއްލައިދޫއާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓސް ކްލަބް ބައްދަލުކުރި މެޗުގައި، ޓީމް ނެއްލައިދޫއިން މެޗު ފުރިހަމަނުކޮށް ދަނޑުން ފޭބުމުން، މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން އެ މައްސަލަ ބަލައި، މެޗުން ނެއްލައިދޫ ބަލިވި ކަމަށް ކަނޑައެޅުމަށް ފަހު ޖޫރިމަނާކޮށް އެ ފައިސާ ދައްކަން އަންގާފައި ވީ ނަމަވެސް ކަނޑައެޅިފައިވާ ތާރީހަށް އެ ފައިސާ ދައްކާފައި ނުވާތީ ގްރޫޕްގެ ފަހު މެޗު ކުޅުމުގެ ފުރުސަތު ނުދީ މެޗުން […]

ޕަބްލިކް ލައިބްރަރީ އަކީ ކުޅުދުއްފުށީގެ ތަރައްގީގެ އާ ސަފުހާއެއް: މޭޔަރު
Thiladhunmathi News

ޕަބްލިކް ލައިބްރަރީ އަކީ ކުޅުދުއްފުށީގެ ތަރައްގީގެ އާ ސަފުހާއެއް: މޭޔަރު

ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީ އަކީ އެ ރަށުގެ ތަރައްގީގެ އާ ސަފުހާއެއް އަދި މައުލޫމާތުގެ ބޮޑު ހަޒާނާއެއް ކަމުގައި، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ޒަމާނީ ފެންވަރަށް ތަރައްގީކުރި ޕަބްލިކް ލައިބްރަރީ ރޭ ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މި ލައިބްރަރީ ރަސްމީކޮށް ހުޅުވައި ދެއްވާފައި ވަނީ ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ.މުހައްމަދު އުމަރާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ. ލައިބްރ...

އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ވަދެ 9000 ރުފިޔާ ފޭރިއްޖެ
Raajje

އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ވަދެ 9000 ރުފިޔާ ފޭރިއްޖެ

މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި މާލޭގައި ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ މޮބައިލް ފޯނަކާއި 9000 (ނުވަހާސް) ރުފިޔާ ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި އިއްޔެ 3 މީހަކު ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން މޮބައިލް ފޯނަކާއި 9000 ރުފިޔާ ފޭރުނު މައްސަލައެއް އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން މާލެ، ގ.ބެރުގެ މުހައްމަދު ނަވީން (44) ވަނީ ކޯޓް އަމުރެއްގެ […]

އޮލްމޯ އަށް އަނިޔާވެ ފަސް ހަފްތާއަށް ކުޅުމާއި ދުރަށް
Sports

އޮލްމޯ އަށް އަނިޔާވެ ފަސް ހަފްތާއަށް ކުޅުމާއި ދުރަށް

ޖަރުމަނުގެ އާރުބީ ލައިޕްޒިގް ދޫކޮށް މި ސީޒަނަށް ބާސެލޯނާއާއި ގުޅުނު ސްޕެއިން އެޓޭކިން މިޑްފީލްޑަރ ޑެނީ އޮލްމޯއަށް އަނިޔާވެ ފަސް ހަފްތާއަށް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިއްޖެއެވެ. އުމުރުން 26 އަހަރުގެ އޮލްމޯގެ ފަލަމަސް ގަނޑަށް އަނިޔާވެފައި ވަނީ ރޭ ސްޕެނިޝް ލީގުގައި ޖިރޯނާއާއި ދެކޮޅަށް ކުޅުން މެޗުގައެވެ. އަނިޔާގެ ސަބަބުން މެޗުގެ 64 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. ބާސާއިން މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކުރިއިރު، މެޗުގައި ބާސާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު […]

ޓޮޓެންހަމް އަތުން އާސެނަލް އަށް ހަނިމޮޅެއް
Sports

ޓޮޓެންހަމް އަތުން އާސެނަލް އަށް ހަނިމޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް އާއި އާސެނަލް ބައްދަލުކުރި މެޗު، ހަނި ތަފާތަކުން އާސެނަލް އިން ކާމިޔާބު ކޮށްފިއެވެ. ޓޮޓެންހަމްގެ ވައިޓްހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގައި ޓޮޓެންހަމް އިން ވަނީ ލީގުގެ ފުރަތަމަ ކޮޅު ވަރަށް މޮޅަށް ކުޅެފައެވެ. ނަމަވެސް މި ސީޒަންގައި ހަތަރު މެޗު ކުޅުނުއިރު ލިބިފައި ވަނީ އެންމެ […]

ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް
Sports

ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

ލެމީން ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސެލޯނާއިން އައު ސީޒަންގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ. ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ބާސާއިން ވަނީ 4-1 ގެ ނަތީޖާއިން ޖިރޯނާ ބަލިކޮށްފައެވެ. ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ބާސާ ވަނީ މޮޅުވެފައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމް މިވަގުތު އޮތީ 15 ޕޮއިންޓާއި އެކުއެވެ. ދެވަނާގައި އޮތް ރެއާލަށް 5 މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ. ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ […]

އެމްބާޕޭއާއި ވިނީގެ ލަނޑުތަކުން ރެއާލަށް މޮޅެއް
Sports

އެމްބާޕޭއާއި ވިނީގެ ލަނޑުތަކުން ރެއާލަށް މޮޅެއް

ކިލިއަން އެމްބާޕޭއާއި ވިނީސިއަސް ޖޫނިއާގެ ލަނޑުތަކުން ރެއާލް ސޮސިއެޑާޑް އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ. ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެ ޓީމްގެ ފަރާތުން ވަނީ އެޓޭކްތަކެއް ފެނިގެން ގޮސްފައެވެ. މިގޮތުން ސޮސޮއެޑާޑުން ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، އަރިމަތިން ވަދެ އެމްބާޕޭ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާއި […]

ސިޓީއާއި ޔުނައިޓެޑަށް މޮޅެއް، ލިވަޕޫލް ފުރަތަމަ ފަހަރަށް ބަލިވެއްޖެ
Sports

ސިޓީއާއި ޔުނައިޓެޑަށް މޮޅެއް، ލިވަޕޫލް ފުރަތަމަ ފަހަރަށް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުން މެޗުތަކުން މޮޅުވިއިރު، ލިވަޕޫލަށް ސީޒަންގެ ފުރަތަމަ ބައްޔާއި ކުރިމަތިލާން ޖެހިއްޖެއެވެ. މިއަދު ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރި މެޗު، ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސައުތެމްޓަންއަށެވެ. މެޗުގެ 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކެމެރޮން އާޗާ ފޮނުވާލިއިރު، ޔުނައިޓެޑްގެ ކީޕަރ އޮނާނާ ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ. […]

ތަސްލީމްގެ އެއްވެސް ހަބަރެއް ނެތް، އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިއްޖެ
Raajje

ތަސްލީމްގެ އެއްވެސް ހަބަރެއް ނެތް، އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިއްޖެ

ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ދަތުރުގޮސް އުޅެނިކޮށް ވީނުވީއެއް ނޭނގި ގެއްލުނު މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43) ގެ އެއްވެސް ހަބަރެއް މިހާތަނަށް ވެފައި ނުވާކަމާއި ތަހުގީގަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާކަން ފުލުހުން މި މައްސަލައާއި ގުޅިގެން މިއަދު އާންމު ކުރި ބަޔާނުން ހާމަވެއްޖެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ 13:20 […]

ބިއްލޫރި ޝީޓްތަކެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
Raajje

ބިއްލޫރި ޝީޓްތަކެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

މިއަދު ހެނދުނު ފުވައްމުލަކު ސިޓީއަށް ބާލަން އުޅުނު ބިއްލޫރި ޝީޓްތަކެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 09:32 ހާއިރު ފުވައްމުލަކު ބަނދަރުގައި އޮތް ދޯންޏަކުން އެ ރަށަށް ބާލަން އުޅުނު ބިއްލޫރި ޝީޓްތަކެއް ވެއްޓި އެ އުފުލަން އުޅުނު ދެ ބިދޭސީއަކަށާއި ދެ ދިވެހިންނަށް އަނިޔާވެފައިވާކަމަށެވެ. މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމުގައި ފުލުހުން ބުންޏެވެ. އެ މީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް […]

ކުޅުދުއްފުށީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވާލަނީ
Thiladhunmathi News

ކުޅުދުއްފުށީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވާލަނީ

މިދިޔަ ބުދަ ދުވަހު ހެނދުނު ކުޅުދުއްފުށީ ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް، އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާއަށް ފޮނިވި މައުލޫމާތުގައި ބުނެފައި ވަނީ ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ދުވަހު ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުން މަރު...