މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

އެސްޕަނިޔޯލް އަތުން މޮޅުނުވެވި ފަރަގު ބޮޑުކުރަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފި
Sports

އެސްޕަނިޔޯލް އަތުން މޮޅުނުވެވި ފަރަގު ބޮޑުކުރަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފި

ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާއާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު އެއްވަރުވެ، ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަރަގު ބޮޑުކުރަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފިއެވެ. މިރޭ ބާސާގެ އަމިއްލަ ދަނޑުގައި އެސްޕަނިޔޯލްއާއި ބައްދަލުކުރި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ބާސާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކްރިސްޓެސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ […]

ބެންޗުން އަރައި ރަޝްފޯޑް ޖެހި ލަނޑުން ވުލްވްސް އަތުން ޔުނައިޓެޑް މޮޅުވެއްޖެ
Sports

ބެންޗުން އަރައި ރަޝްފޯޑް ޖެހި ލަނޑުން ވުލްވްސް އަތުން ޔުނައިޓެޑް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޔުނައިޓެޑްގެ ފޯވާޑް ރަޝްފޯޑް މި މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވަނީ ޑިސިޕްލިނަރީ މައްސަލައަކާއި ގުޅިގެންނެވެ. ރަޝްފޯޑްގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ދީފައި ވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް ގަނާޗޯއަށެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފަށް ރަޝްފޯޑް...

ނޮޅިވަރަންފަރު ކައުންސިލްގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފި
Thiladhunmathi News

ނޮޅިވަރަންފަރު ކައުންސިލްގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ އިފްތިތާހް ކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލުގެ އަހަރީ ހަފްލާ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށު ޕްރީސްކޫލުގައި ބާއްވާފައިވާއިރު، އެ ހަފްލާގައި ވަނީ އެ ކައުންސިލުގެ ލޯގޯއާއި ސްޓާފް ކާޑުގެ އިތުރުން ރަސްމީ ޔުނީފޯމް ވެސް އިފްތިތާހް ކޮށްފައެވެ. މީގެ އިތުރުން އެ ކައުންސިލަށް ޚިދުމަތްކޮށް ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށާއި، ސަރުކާރަށް ޚިދުމަތް ކުރައްވާ ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކުގެ އިތުރުން އެ ކައުންސިލަށް ވިހި އަހަރަށްވ...

ތިލަދުންމަތީ ހުނަރުވެރިން: އިޖުތިމާއީ ހިދުމަތްތެރިޔާ އިހަވަންދޫ ސުޖާޢު
Column

ތިލަދުންމަތީ ހުނަރުވެރިން: އިޖުތިމާއީ ހިދުމަތްތެރިޔާ އިހަވަންދޫ ސުޖާޢު

އެއްވެސް މާލީ މަންފާއަކާއިނުލައި މުޖުތަމަޢަށް ޚިދުމަތް ކުރުމުގައި ވަރުބަލިކަމެއް ފޫހިމަކެއްނެތި އެތައް ހަކަތައަކާއި އެތައް ވަގުތެއް ހޭދަ ކުރަމުން އަންނަ ދިވެހި ދަރިން އަދިވެސް މި މުޖުތަމަޢުގައި އުޅެމުންދާކަމީ އުފާކުރުން ހައްޤު ކަމެކެވެ. މިގޮތުން ހއ. އިހަވަންދޫއަށް އުފަން އެ ރަށު ހަނދުވަރީނާޒް، މުޙައްމަދު ސުޖާޢުއަކީ އިޖުތިމާޢީ ޚިދުމަތުގައި ނަމޫނާއެކެވެ. ސުޖާގެ އިޖުތިމާޢީ ހަޔާތް ފެށިފައިވަނީ ސްކޫލުގައި ތަޢުލީމް ހާސިލްކުރަމުން އައި ދުވަސްވަރުއެވެ. މިގޮތުން އިޖުތިމާޢީ ހަޔާތް ފެށުނުގޮތް ހިއްސާކުރަމުނ...

ސާއްބަ އެނިވާސަރީ ކަޕް ސެމީގައި ޔޫތު ފްރެންޑްސްއާއި ރިއަލް ސްޓާސް އަދި އަހުލީއާއި ފަލްކަން
Thiladhunmathi News

ސާއްބަ އެނިވާސަރީ ކަޕް ސެމީގައި ޔޫތު ފްރެންޑްސްއާއި ރިއަލް ސްޓާސް އަދި އަހުލީއާއި ފަލްކަން

ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމުގައިވާ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ “ސާއްބަ އެނިވާސަރީ ކަޕް 2022” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޔޫތު ފްރެންޑްސްއާއި ރިއަލް ސްޓާސް އަދި އަހުލީއާއި ފަލްކަން ބައްދަލުކުރަން ޖެހިއްޖެއެވެ. ޖުމްލަ ހަތް ޓީމަކުން ބައިވެރިވި މި މުބާރާތް ރާވާލާފައި ވަނީ ދެ ގްރޫޕަކަށް ބަހާލުމަށް ފަހު ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ […]

ހަނިމާދޫ ސްކޫލް ކުރިމަތީގައި ކެންޓީނަކާއި ސްކޭޓް ޕާކެއް އަޅައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ހަނިމާދޫ ސްކޫލް ކުރިމަތީގައި ކެންޓީނަކާއި ސްކޭޓް ޕާކެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫ ސްކޫލް ކުރިމަތީގައި ކެންޓީނަކާއި ސްކޭޓް ޕާކެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހަނިމާދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެމްޓީސީސީ ސީއެސްއާރުގެ ދަށުން ހަނިމާދޫ ކައުންސިލާއި ގުޅިގެން ހަނިމާދޫ ސްކޫލުގެ ކުރިމަތީގައި މިހާރު ވަނީ ބެލެނިވެރިންގެ ހިޔާއެއް ވެސް ތަރައްޤީ ކޮށްފައެވެ. އެ ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތުގައި ހިމެނޭ ކެންޓީން ތަރައްޤީ ކުރުމަށް ހަނިމާދޫ ކައުންސިލުން ނިންމާފައި ވަނީ، ދަރިވަރުންނަށް ސްޓަޑީ ކުރުމަށް ބޭނުން ހިފޭނޭ އިންތިޒާމް ތަކާއި އެކ...

އުލިގަމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

އުލިގަމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އުޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށާއި ކުލަބް ޖަމިއްޔާތަކަށެވެ. ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ ބަރާބަރަށް ޖީއެސްޓީ ދައްކަމުން އަންނަ ފަރާތަކަށް ވާންޖެހޭއިރު، މި މ...

މަޑީގެ ބާވަތްތަކަށް ގެއްލުންލިބޭފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސް ކޮށްފި
Raajje

މަޑީގެ ބާވަތްތަކަށް ގެއްލުންލިބޭފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސް ކޮށްފި

ދިވެހިރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ދިރުންތަކުގެ ތެރޭގައި ހިމެނޭ އެންމެހާ މަޑީގެ ބާވަތްތަކަށް ގެއްލުންލިބޭފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސް ކޮށްފިއެވެ. ދިވެހިރާއްޖޭގެ ކަނޑާއި ފަރުތަކާއި ފަޅުތަކުގައި ދިރިއުޅޭ އެންމެހާ މަޑީގެ ބާވަތްތަކަށް ގެއްލުން ލިބޭފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަން ހާމަކޮށް އެ އެޖެންސީން މިއަދު އާންމު ކޮށްފައިވާ ނޫސް ބަޔާނުގައި ވިދާޅުވެފައި ވަނީ މި ދުވަސްވަރަކީ، ޗުއްޓީ ދުވަސްވަރަށް ވުމ...

ސްޓްރާސްބޯގާ އަތުން ޕީއެސްޖީއަށް އުނދަގޫ މޮޅެއް
Sports

ސްޓްރާސްބޯގާ އަތުން ޕީއެސްޖީއަށް އުނދަގޫ މޮޅެއް

ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި ސްޓްރާސްބޯގާ ބައްދަލުކުރި މެޗު ޕީއެސްޖީ ކާމިޔާބު ކޮށްފިއެވެ. ވޯލްޑް ކަޕް ބްރޭކަށް ފަހު ފްރާންސް ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ މޮޅުވެފައި ވަނީ 2-1  ގެ ނަތީޖާއިންނެވެ. ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި މެސީ ވޯލްޑް ކަޕަށް ފަހު މިހާތަނަށް އަދި ޓީމާއި ގުޅިފައިނުވާތީ ރޭގެ މެޗުގައި އޭނާ  ނުކުޅެއެވެ.  ނަމވެސް އެ ޓީމްގެ ތަރިން ކަމަށްވާ އެމްބާޕޭއާއި ނޭމާ ވަނީ ކުޅެފައެވެ. […]

ޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސްއަށް އަނެއްކާ ވެސް އަނިޔާވެއްޖެ
Sports

ޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސްއަށް އަނެއްކާ ވެސް އަނިޔާވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުން އަންނަ އިތުބާރު ޑިފެންޑަރ ރީސް ޖޭމްސްއަށް އަނެއްކާ ވެސް އަނިޔާ ވެއްޖެއެވެ. މިދިޔަ އޮކްޓޯބަރ މަހު ޗެމްޕިއަންސް ލީގުގައި އޭސީ މިލާނާއި ދެކޮޅަށް އެ ޓީމް ކުޅުނު މެޗުގައި ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާއަށް ފަހު، އެ އަނިޔާއިން ރަނގަޅުވެ އޭނާ އެނބުރި ދަނޑަށް ކުޅެން ނުކުމެފައި ވަނީ އަންގާރަ ދުވަހުގެ ރޭ ޗެލްސީއާއި ބޯންމައުތު ބައްދަލުކުރި މެޗުގައެވެ. ނަމަވެސް ކުރިން އަނިޔާވި ކަކުލަށް އަނިޔާވެ އޭނާ ވަނީ މެޗުގެ […]

ހާލަންޑްގެ ލަނޑުތަކުން މޮޅުވެ ސިޓީ ދެވަނައަށް
Sports

ހާލަންޑްގެ ލަނޑުތަކުން މޮޅުވެ ސިޓީ ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ. ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވީ ނަމަވެސް އެ ޓީމަށް ލީޑްސްގެ ގޯލު ހުޅުވާލެވޭ ވަރުވީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރީއެވެ. އޭނާ […]

އިމަގުން ބާއްވާ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެފައި ވަނީ ހަ ޓީމަކުން
Thiladhunmathi News

އިމަގުން ބާއްވާ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެފައި ވަނީ ހަ ޓީމަކުން

ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ އިހަވަނަދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ “ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތް 2023” ގައި ހަ ޓީމެއް ބައިވެރި ވެއްޖެއެވެ. މި މުބާރާތުގައި ބައިވެރި ވެފައިވާ ޓީމްތަކަކީ ފިއުޗަރ އެފްސީ، އެންވީކޭ، އެފްސީ ބޮޑުމަގު، ޖަންގަލް، ކުޅިމަގު އަދި ސެންސިޓީއެވެ. މި މުބާރާތަކީ އިމަގު ޖަމިއްޔާއިން އިސްނަގައިގެން އިހަވަންދޫ ޕޮލިސްޓޭޝަނާއި ގުޅިގެން، އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ރާވާފައިވާ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދި...

ޗެލްސީއާއި ޔުނައިޓެޑަށް ވެސް މޮޅެއް
Sports

ޗެލްސީއާއި ޔުނައިޓެޑަށް ވެސް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ބޯންމައުތު ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކުރިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ރޭ ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު، އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މެޗުގައި ޗެލްސީން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ސްޓާލިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކައި […]

ހަނިމާދޫން ފަތުރުވެރިކަމަށް 5000 އަކަފޫޓުގެ ހަތް ބިން ދޫކުރަނީ
Thiladhunmathi News

ހަނިމާދޫން ފަތުރުވެރިކަމަށް 5000 އަކަފޫޓުގެ ހަތް ބިން ދޫކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއިން ޓޫރިޒަމަށް ފަސްހާސް އަކަފޫޓުގެ ހަތް ބިން ދޫކުރުމަށް ނިންމައި އެކަމުގައި އަމަލުކުރާނެ ގޮތުގެ އުސޫލް ހަނިމާދޫ ކައުންސިލުން ފާސްކޮށްފިއެވެ. މި އުސޫލުގެ ދަށުން ހަނިމާދޫ ކައުންސިލުން ޓޫރިޒަމަށް ދޫކުރާ ހަތް ބިން، ދޫކުރުމަށް ހަމަޖެހިފައި ވަނީ، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ޓްއަރިޒަމް ބިމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެއާޕޯޓް ސަރަހައްދުގެ އުތުރުން އޮންނަ ބީޗް ސަރަހައްދެވެ. ލޭންޑް ޔޫސް ޕްލޭނުގައި އެތަން ފާހަގަކޮށްފައި ވަނީ ޓްއަރިސްޓް ގެސްޓް ހައުސްތައް ހިންގުމަށާއި...

އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އިހަވަންދޫގައި ޓާފް އަޅައިގެން ތަރައްޤީ ކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއިއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ. އަންދާ...