ހަނިމާދޫން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތި ނަންބަރު ކަނޑައެޅުން މި މަހު 16 ގައި
ހދ. ހަނިމާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 200 ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތި ނަމްބަރު ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މި މަހު 16 ވަނަ ދުވަހު ބޭއްވުމަށް އެ ރަށު ކައުންސިލުން ތާވަލު ކޮށްފިއެވެ. ގުރުއަތުލުން މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 20:30 ގައި ހަނިމާދޫ އިޖުތިމާޢީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ބައްދަލުވުމަށް ގޯތި ލިބޭ އެންމެހާ ފަރާތްތައް ހާޟިރުވުމަށް ކައުންސިލުން ވަނީ އެދިލައްވައެވެ. އެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު، އައިޑީކާޑު ނުވަތަ […]