ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ވޮލީކޯޓުގެ ރޮސްޓްރަމްގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރީވުމަށް މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަޖިސްޓަރީގެ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމެވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ މި މަހުގެ 8 ވަނަ ދުވަހުގެ ކުރިން އެ ކައުންސިލަށް ގުޅުއްވައި ނުވަތަ އީމެއިލް ކުރައްވައިގެން ސާފް ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި މަސައްކަތާއި ގުޅޭ ޕްރީބިޑް މީޓިން މި މަހުގެ 12 ވަނަ ދުވަހު 11:00 ގައި ހޯރަފުށީ ކައުންސިލުގައި ބޭއްވުމަށް ނިންމާފައިވާއިރު، އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ 11:00 ގައި ހޯރަފުށީ ކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ.
ބިޑް ރަޖިސްޓަރީ ފޯމް: https://forms.office.com/r/UgkR7unNY6
ނަމްބަރު: 6500012
އީމެއިލް: procurement@hoarafushi.gov.mv
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!