މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ފަސޭހަކަމާއިއެކު އެލްޗޭ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި
Sports

ފަސޭހަކަމާއިއެކު އެލްޗޭ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ތާވަލުގެ ފުލުގައި އޮތް އެލްޗޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ފީފާ ކުލަބް ވޯލްޑް ކަޕް ފަސްވަނަ ފަހަރަށް ކާމިޔާބު ކުރުމަށް ފަހު ރޭ ލީގުގައި އެލްޗޭއާއި ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި […]

ޗެމްޕިއަންސް ލީގް: ޑޯޓްމަންޑް އަތުން ޗެލްސީ ބަލިވެއްޖެ
Sports

ޗެމްޕިއަންސް ލީގް: ޑޯޓްމަންޑް އަތުން ޗެލްސީ ބަލިވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑާއި ޕްރިމިއާ ލީގުގެ ޗެލްސީ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފިއެވެ. ރޭ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 63 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ކާމިޔާބު ކޮށްދީފައި ވަނީ ކަރީމް އަޑޭމީއެވެ. ޑޯޓްމަންޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި އަޑޭމީ ވަނީ އަމިއްލަ […]

އާސެނަލް ބަލިކޮށް ސިޓީ އެއްވަނައަށް
Sports

އާސެނަލް ބަލިކޮށް ސިޓީ އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނައަށް ސިޓީ ޖެހިލައިފިއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށް ފަހު ސިޓީއަށް ތާވަލުގެ އެއްވަނަ ލިބުުނު ފުރަތަމަ ފަހަރެވެ. ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުން މޮޅުވުމާއިއެކު ސިޓީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައި މި ވަނީ އާސެނަލްއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ. ލީގުގައި ސިޓީން […]

ހަނިމާދޫ ލީގު: ކުޅުނު ދެ މެޗުން ވެސް މޮޅުވެ ޕޮއިންޓް ތާވަލުގެ އެންމެ ކުރިއަށް ޔޫތު ފްރެންޑްސް
Thiladhunmathi News

ހަނިމާދޫ ލީގު: ކުޅުނު ދެ މެޗުން ވެސް މޮޅުވެ ޕޮއިންޓް ތާވަލުގެ އެންމެ ކުރިއަށް ޔޫތު ފްރެންޑްސް

ހަނިމާދޫ ލީގު 2023 ފުޓްބޯޅަ މުބާރާތުގައި ޔޫތު ފުރެންޑްސް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ގޭމް ވީކް ތިނެއްގައި މިއަދު ހަވީރު ޔޫތު ފްރެންޑްސްއާއި ފަލްކަން ބައްދަލުކުރި މެޗު، ޔޫތު ފްރެންޑްސް އިން ވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ލީގުގެ ތިންވަނަ ހަފްތާގެ ކުޅުން މިއަދު ނިމުނުއިރު، ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ޔޫތު ފްރެންޑްސް ވަނީ ހަ ޕޮއިންޓް ހޯދާފައެވެ. ރޫހް ދެ މެޗު […]

ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ބަހައްޓާފައި ހުރި ޓާފްތަކުގައި އަނެއްކާ ވެސް ރޯކޮށްލައިފި
Thiladhunmathi News

ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ބަހައްޓާފައި ހުރި ޓާފްތަކުގައި އަނެއްކާ ވެސް ރޯކޮށްލައިފި

ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އެޅުމަށް ގެނެސްފައި ހުރި ޓާފް ރޯލުތަކުގައި އަނެއްކާ ވެސް ރޯކޮށްލައިފިއެވެ. ނޮޅިވަރަމުގައި ޓާފް އަޅައިގެން ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކުރުމަށް އެ ރަށަށް ގެންގޮސްފައި ހުރި ޓާފްތަކުގައި ފާއިތުވި ޖަނަވަރީ މަހު 30 ވަނަ ދުވަހުގެ ރޭ ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުން ތަކެއް ވެފައެވެ. އެ ފަހަރު ވެސް ޝައްކުކޮށްފައި ވަނީ ބަޔަކު އެ ތަކެތީގައި ރޯކޮށްލީ ކަމަށެވެ. މި ހާދިސާއާއި ގުޅޭގޮތުން “ތިލަދުން” އަށް […]

ހަނިމާދޫ ލީގު: އަހުލީ ބަލިކޮށް ޝީލްޑުން ފުރަތަމަ މޮޅު ހޯދައިފި
Thiladhunmathi News

ހަނިމާދޫ ލީގު: އަހުލީ ބަލިކޮށް ޝީލްޑުން ފުރަތަމަ މޮޅު ހޯދައިފި

ހަނިމާދޫ ލީގު 2023 ފުޓްބޯޅަ މުބާރާތުގެ ގޭމް ވީކް ތިނެއްގައި މިއަދު ހަވީރު ޝީލްޑާއި އަހުލީ ބައްދަލުކުރި މެޗު ޝީލްޑުން ކާމިޔާބު ކޮށްފިއެވެ. ޝީލްޑުން މިއަދުގެ މެޗުގައި 3-1 ގެ ނަތީޖާއިން އަހުލީގެ މައްޗަށް ކުރި ހޯދިއިރު، ޝީލްޑް ވަނީ މުބާރާތުގައި އެ ޓީމް ކުޅުނު ފުރަތަމަ މެޗުން ރޫހް އަތުން ބަލިވެފައެވެ. މިއީ ޝީލްޑަށް ލީގުގައި ކާމިޔާބު ކުރެވުނު ފުރަތަމަ މެޗެވެ. މިއަދުގެ މެޗުގައި ޝީލްޑުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހާފައި […]

ނަޕޯލީ ލީޑު ދެމެހެއްޓިއިރު، ޔުވެންޓަސްއަށް އުނދަގޫ މޮޅެއް
Sports

ނަޕޯލީ ލީޑު ދެމެހެއްޓިއިރު، ޔުވެންޓަސްއަށް އުނދަގޫ މޮޅެއް

އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި ތާވަލުގެ ފުލުގައި އޮތް ކްރެމޮނީސޭ ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމުން ލީޑު ދެމެހެއްޓިއިރު، ރޭ ޔުވެންޓަސްއާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު ހަނި ގޮތަކަށް ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ. ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ 3-0 ގެ ނަތީޖާއިން ކްރެމޮނީސޭ ބަލިކޮށްފައެވެ. އިޓާލިއަން ކަޕްގައި މި ދެ ޓީމް މިދިޔަ ޖަނަވަރީ މަހު ވާދަކުރި އިރު، ޕެނަލްޓީ ޖަހައިގެން އެ […]

ވިޔަރެއާލް ބަލިކޮށް ބާސާ ލީޑު ފުޅާކޮށްފި
Sports

ވިޔަރެއާލް ބަލިކޮށް ބާސާ ލީޑު ފުޅާކޮށްފި

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި ވިޔަރެއާލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ބާސާއިން އެއްވަނާގައި ލީޑު ފުޅާ ކޮށްފިއެވެ. ރޭ ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ބާސާ މޮޅުވެފައިވާއިރު، ބާސާ އެންމެ ފަހުން ލީގުގައި ބަލިވެފައި ވަނީ މިދިޔަ ޑިސެމްބަރ މަހު ރެއާލް މެޑްރިޑް އަތުންނެވެ. މި ސީޒަންގައި ލީގުގައި މިހާތަނަށް ކުޅުނު 21 މެޗުގައި ބާސާ ކޮޅަށް […]

ކްރަންޗީސް ބައި ފީވަކު ފުޑް ފެކްޓަރީ: ދިވެހިންގެ ލުއިކާނާތައް އެހެން ހަރުފަތަކަށް
Thiladhunmathi News

ކްރަންޗީސް ބައި ފީވަކު ފުޑް ފެކްޓަރީ: ދިވެހިންގެ ލުއިކާނާތައް އެހެން ހަރުފަތަކަށް

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަނގަޔަށް މީރު ދިވެހި ވަންތަ ރަހަތަކާއިއެކު ތަފާތު ވައްތަރުގެ ލުއިކާނާ އުފައްދަމުންދެއެވެ. އެތަކެތި އެންމެ އާންމުކޮށް ގަންނަން ލިބޭނީ ކަންމަތީ ފިހާރަ ތަކުގެ ހަރުފަތުންނެވެ. ރަހަ ކިތަންމެ މީރު ނަމަވެސް ރާއްޖޭގެ ބަދިގެތަކުގައި އުފައްދާ މި ތަކެތި ގިނަފަހަރު ބަންދު ކޮށްފައި ހުންނަނީ ޖޫސްޕެޓީ ކޮތަޅަކަށް އަޅައި ކޮޅު އައްސާލައިގެންނެވެ. ނުވަތަ ދެފުއްފެންނަ އަލި ކޮތަޅެއްގައި ބަންދު ކޮށްލައިގެންނެވެ. ހަގީގަތުގައި އެ ތަކެތި އުފައްދާ ފަރާތްތަކުގެ ވިސްނުމަކީ ކަންމަތީ ފިހާރައަށް...

މެސީއާއި އެމްބާޕޭ ނެތި މޮނާކޯ އަތުން ޕީއެސްޖީ ސަލާމަތެއް ނުވި
Sports

މެސީއާއި އެމްބާޕޭ ނެތި މޮނާކޯ އަތުން ޕީއެސްޖީ ސަލާމަތެއް ނުވި

ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި މޮނާކޯ ބައްދަލުކުރި މެޗު މޮނާކޯއިން ކާމިޔާބު ކޮށްފިއެވެ. ރޭ މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ޕީއެސްޖީގެ ތަރިން ކަމަށްވާ މެސީއާއި އެމްބާޕޭ ކުޅެފައި ނުވެއެވެ. މީގެއިތުރުން އެ ޓީމްގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ވެރާޓީ ވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ. ރޭގެ މެޗުގައި ފެނިގެންދިޔަ ހުރިހާ […]

ފީފާ ކުލަބް ވޯލްޑް ކަޕް ފަސްވަނަ ފަހަރަށް ރެއާލުން ކާމިޔާބުކޮށްފި
Sports

ފީފާ ކުލަބް ވޯލްޑް ކަޕް ފަސްވަނަ ފަހަރަށް ރެއާލުން ކާމިޔާބުކޮށްފި

ފީފާ ކުލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފަސްވަނަ ފަހަރަށް ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުން މި މުބާރާތުގެ ފައިނަލު މެޗުގައި ބައްދަލު ކޮށްފައި ވަނީ ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އޭސިއާގެ ޗެމްޕިއަން ސައުދީގެ އަލް ހިލާލްއެވެ. މި މެޗު 5-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރެއާލުންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ރެއާލުންނެވެ. މި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ބެންޒެމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު […]

ވެސްޓްހޭމުން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފި
Sports

ވެސްޓްހޭމުން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖައިންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ޗެލްސީންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި ޗެލްސީގެ ފޯވާޑް ފެލިކްސް ލަނޑެއް ޖެހިނަމަވެސް ވީއޭއާރުން ބެލުމުން އޭނާއަށް ބޯޅަ ލިބުނު ވަގުތު އޮފަސައިޑްގައި ހުރުމުން ލަނޑު ވަނީ ބަލައި ނުގަނެފައެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޗެލްސީންނެވެ. […]

ގިނަ ދުވަސްތަކަކަށް ފަހު ލިބުނު މޮޅާއިއެކު މިލާނަށް ހަމަޖެހުމެއް
Sports

ގިނަ ދުވަސްތަކަކަށް ފަހު ލިބުނު މޮޅާއިއެކު މިލާނަށް ހަމަޖެހުމެއް

އިޓާލިއަން ލީގުގައި ފަހަކަށް އައުސް ފޯމު ދައްވެފައިވާ މިލާން ރޭ ޓޮރީނޯއާއި ބައްދަލުކުރި މެޗު ހަނި ގޮތަކަށް ކާމިޔާބުކޮށްފިއެވެ. ރޭ މިލާނުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ކުރިން ލީގުގައި މިލާން ކުޅުނު ފަސް މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް މޮޅެއް ހޯދިފައި ނުވެއެވެ. ތިން މެޗުން ބަލިވިއިރު ދެ މެޗު ނިމިފައި ވަނީ އެއްވަރު ވެގެންނެވެ ރޭގެ މެޗު […]

ރޭގެ މެޗުގައި ޖެހި ހަތަރު ލަނޑާއިއެކު، ރޮނާލްޑޯ ޖެހި ލީގު ގޯލުގެ އަދަދު 500 އިން މައްޗަށް
Sports

ރޭގެ މެޗުގައި ޖެހި ހަތަރު ލަނޑާއިއެކު، ރޮނާލްޑޯ ޖެހި ލީގު ގޯލުގެ އަދަދު 500 އިން މައްޗަށް

ސައުދީ ޕްރޯ ލީގުގައި ރޭ އަލް ނަސްރާއި އަލް ވަހްދު ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ޖެހި ހަތަރު ލަނޑާއިއެކު އޭނާ ކެރިއާގައި ޖެހި ކުލަބް ގޯލުގެ އަދަދު 500 އިން މައްޗަށް އަރައިފިއެވެ. ރޭ އަލް ނަސްރާއި އަލް ވަހްދު ބައްދަލުކުރި މެޗު، އަލް ނަސްރުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި އަލް ނަސްރުގެ ހަތަރު ލަނޑު ވެސް ޖަހާފައި ވަނީ ރޮނާލްޑޯއެވެ. މިދިޔަ އާދީއްތަ ދުވަހު އުމުރުން 38، އަހަރު […]

މަސްތުވާ ތަކެއްޗާއިއެކު ނޮޅިވަރަމުން މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

މަސްތުވާ ތަކެއްޗާއިއެކު ނޮޅިވަރަމުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ސައްކުކުރެވޭ އެއްޗެއް ހުރި 16 ސެލޯފިންކޮޅާއިއެކު ހދ. ނޮޅިވަރަމުން މީހަކު ހައްޔަރު ކޮށްފިއެވެ. ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ނޮޅިވަރަމް ބަނދަރުމަތިން ހުއްޓުވައި ބަލައި ފާސްކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މ...