ކެލާ ކައުންސިލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞތު ހުޅުވާލައިފި
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިން އަންނަ ރަމަޟާން މަހުއެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ކެލާ ކައުންސިލް ޤުރުއާން މުބާރާތް 1444” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ކެލާ ސްކޫލް މަދަރުސާ ތަކަށާއި ރަޖިސްޓްރީ ކޮށްގެން އެ ރަށުގައި ހިންގާ ޤުރްއާން ކުލާސްތަކަށެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކީރިތި ޤުރުއާން ކިޔަވަންޖެހޭ އެންމެ ރަނގަޅު ހަމަތަކުގެ މަތީން އެ ރަށުގައި ޤުރުއާން އުނ...