މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ލައިޕްޒިގް ދޫކޮށް އެންކުންކޫ ޗެލްސީއަށް
Sports

ލައިޕްޒިގް ދޫކޮށް އެންކުންކޫ ޗެލްސީއަށް

ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގް އަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު ފޯވާޑް ކްރިސްޓޮފަރ އެންކުންކޫ ޗެލްސީއަށް ބަދަލުވާން ނިންމައިފިއެވެ. އުމުރުން 25 އަހަރުގެ އެންކުންކޫ ޗެލްސީއަށް ބަދަލުވަނީ 52 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. ޗެލްސީން ވަނީ އެންކުންކޫއާއިއެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ ޗެލްސީގައި 2029 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް މަޑުކުރާނެއެވެ. އެންކުންކޫ ވަނީ ނިމުނު ސީޒަންގައި ލައިޕްޒިގަށް ކުޅެދިން 38 މެޗުގައި 2...

އެމްބާޕޭގެ ލަނޑުން މޮޅުވެ ފްރާންސުން ރެކޯޑް ދަމަހައްޓައިފި
Sports

އެމްބާޕޭގެ ލަނޑުން މޮޅުވެ ފްރާންސުން ރެކޯޑް ދަމަހައްޓައިފި

ޔުއެފާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ގްރީސްއާއި ފްރާންސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ފްރާންސުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. ކޮލިފައިންގައި ފްރާންސުން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު އެ ޓީމުން ވަނީ ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފައެވެ. ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއިއެކު ގްރޫޕް ބީގެ އެއްވަނާގައި އޮތީ ވެސް ފްރާންސެވެ. ރޭ މެޗުގައި ފްރާންސުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު […]

ސަކާގެ ހެޓްރިކާއިއެކު އިންގްލެންޑަށް ބޮޑު މޮޅެއް
Sports

ސަކާގެ ހެޓްރިކާއިއެކު އިންގްލެންޑަށް ބޮޑު މޮޅެއް

ޔުއެފާ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް  ސީގައި ރޭ އިންގްލެންޑާއި ނޯތު މެސެޑޯނިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު އިންގްލެންޑުން ކާމިޔާބު ކޮށްފިއެވެ. ރޭ އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންގްލެންޑުން ވަނީ 7-0 ގެ ނަތީޖާއިން ނޯތު މެސެޑޯނިއާގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗުގައި އާސެނަލަށް ކުޅެމުން އަންނަ އުމުރުން 21 އަހަރުގެ ޒުވާން ފޯވާޑް ބުކަޔޯ ސަކާ ވަނީ ތިންލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މިއީ އޭނާ ގައުމީ […]

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގަށް
Thiladhunmathi News

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗު، ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި މެޗު ފަށައިގެން ޒިގްޒެގްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ […]

އަތޮޅަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ބާއްވާ ބަށިބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Raajje

އަތޮޅަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ބާއްވާ ބަށިބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހދ. އަތޮޅަށް ހުޅުވާލައިގެން ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަށިބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީ ގުޅިގެން “ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް / ހދ. އަތޮޅު ލީގް 2023” ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ 28،29،30 މި ތިން ދުވަހު ކުޅުދުއްފުށީ ސިޓީގައެވެ. މި މުބާރާތުގައި […]

ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިޓަލީއަށް
Sports

ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިޓަލީއަށް

ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިޓަލީން ކާމިޔާބު ކޮށްފިއެވެ. މިރޭ ކުޅުނު މި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އިޓަލީން ވަނީ 3-2 ގެ ނަތީޖާއިން ނެދަލެންޑްސް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިޓަލީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއި އެކުގައެވެ. ފުރަތަމަ ލަނޑު ހަވަނަ މިނެޓުގައި ރަސްޕަޑޯރީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ޑިމާކޯއެވެ. އިޓަލީގެ ދެވަނަ ލަނޑު 20 ވަނަ […]

ކުޅުދުއްފުއްޓާ ހަނިމާދޫގެ ކުރިމަތިލުމެއް، ދެ ޓީމުން ވެސް ތަށި ހޯދުމުގެ ވަރުގަދަ އަޒުމްގައި
Thiladhunmathi News

ކުޅުދުއްފުއްޓާ ހަނިމާދޫގެ ކުރިމަތިލުމެއް، ދެ ޓީމުން ވެސް ތަށި ހޯދުމުގެ ވަރުގަދަ އަޒުމްގައި

ހދ.އަތޮޅުގައި ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ރަށަކީ ހަނިމާދޫއާއި ކުޅުދުއްފުއްޓެވެ. މި ވާދަވެރިކަމަކީ އައްޑިހައިގެ ފަހުކޮޅު ނުވަތަ ނުވަދިހައިގެ ކުރީކޮޅުން ފެށިގެން މިއަދާ ހިސާބަށް ވެސް ދަނޑުމަތީގައި ބަދަލެއް ނާންނަ ވާދަވެރިކަމެކެވެ. ވާދަވެރިކަން އެކަންޏެއް ނޫނެވެ. ފާއިތުވެދިޔަ ދިގު މާޒީގައި ހދ އަތޮޅުގައި ބޭއްވުނު ގިނަ ފުޓްބޯޅަ މުބާރާތްތަކުގެ ތަށިތައް ވެސް ހުރީ މި ދެ ރަށުގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާ...

ކޮރަލްސް ބަލިކޮށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފައިނަލަށް
Thiladhunmathi News

ކޮރަލްސް ބަލިކޮށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފައިނަލަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ކޮރަލްސް ބަލިކޮށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ހަނިމާދޫއިން ކޮރަލްސްގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ފެނުނީ ލަސް ކުޅުމެކެވެ. […]

ކުމުންދޫގައި ބާއްވާ ނެޓްބޯޅަ ކޭމްޕުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ކުމުންދޫގައި ބާއްވާ ނެޓްބޯޅަ ކޭމްޕުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބިރީ ކުމުންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ނެޓްބޯޅަ ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޭމްޕަކީ ކުމުންދޫގައި ނެޓްބޯޅަކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އިތުރަށް މިކުޅިވަރުގެ ތެރެއަށްވަނުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށް ކުރިއަށް ގެންދާ ކޭމްޕެކެވެ. ޖުމްލަ 20 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ރާވާފައިވާ މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ދިހަ އަހަރުން މަތީގެ...

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޒިގްޒެގަށް
Thiladhunmathi News

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޒިގްޒެގަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން ޖާގަ ހޯދައިފިއެވެ. ޒިގްޒެގުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނޮޅިވަރަމް ހުވާސް ބަލިކޮށްގެންނެވެ. ޒިގެޒެގް މި މެޗު ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއިންނެވެ. މިއަދު މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއް ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގައި […]

ސެމީ ފައިނަލުގައި ނޮޅިވަރަމާއި ޒިގްޒެގް އަދި ހަނިމާދޫއާއި ކޮރަލްސް
Thiladhunmathi News

ސެމީ ފައިނަލުގައި ނޮޅިވަރަމާއި ޒިގްޒެގް އަދި ހަނިމާދޫއާއި ކޮރަލްސް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ނޮޅިވަރަމް ހުވާސް އާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް އަދި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސް ބައްދަލުކުރަން ޖެހިއްޖެއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް މިހާރު ވަނީ ކުޅެނިމިފައެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި މިއަދު ބައްދަލުކުރީ ކްލަބް ކޮރަލްސްއާއި ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބެވެ. މި މެޗު 2-1 ގެ […]

ހިރަފުސް ބަލިކޮށް ނޮޅިވަރަމް ސެމީއަށް
Thiladhunmathi News

ހިރަފުސް ބަލިކޮށް ނޮޅިވަރަމް ސެމީއަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މިއަދު ނޮޅިވަރަމް ހުވާސްއާއި ހިރަފުސް ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު ކާމިޔާބު ކޮށް މުބާރާތުގެ ސެމީ ފައިނަލުން ހުވާސް އިން ޖާގަ ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ހުވާސް އިން ހިރަފުސްގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ހުވާސް […]

އިހަވަންދޫ ޕޯލްސްޓާއިން "ކާފަމާމަ މައިޒާން" ނަމުގައި މައިޒާނެއް
Thiladhunmathi News

އިހަވަންދޫ ޕޯލްސްޓާއިން "ކާފަމާމަ މައިޒާން" ނަމުގައި މައިޒާނެއް

މުޖުތަމަޢަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިހަވަންދޫ ކުލަބް ޕޯލްސްޓާއިން “ކާފަމާމަ މައިޒާން” ނަމުގައި މައިޒާނެއް އިހަވަންދޫގައި ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ. މި ޕްރޮޖެކްޓަކީ ޔޫތު މިނިސްޓްރީން ރަށްރަށުގައި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ މިނިސްޓްރީން ހުޅުވާލި ފުރުޞަތުގެ ދަށުން ޕޯލްސްޓާއިން ޕްރޮޕޯސަލް ހުށަހަޅައިގެން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓެކެވެ. މި ޕްރޮ...

ފަސޭހަކަމާއިއެކު މާއްޓޭ ސްޕޯޓްސް ބަލިކޮށް ހަނިމާދޫ ސެމީއަށް
Thiladhunmathi News

ފަސޭހަކަމާއިއެކު މާއްޓޭ ސްޕޯޓްސް ބަލިކޮށް ހަނިމާދޫ ސެމީއަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު މާއްޓޭ ސްޕޯޓްސްއާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ހަނިމާދޫ ޖާގަ ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ހަނިމާދޫއިން މާއްޓޭ ސްޕޯޓްސްގެ މައްޗަށް ކުރި ހޯދީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މިއަދު މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުން […]

ނެއްލައިދޫ ކައުންސިލް ކަޕް ފެށިގެން ކުރިއަށް
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ކަޕް ފެށިގެން ކުރިއަށް

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ނެއްލައިދޫ ކައުންސިލް ކަޕް 2023”  ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މުބާރާތް މިދިޔަ ހޮނިހިރު ދުވަހު ހަވީރު ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފަލްކަންއާއި ރެފިއުޖީއެވެ. މި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ރެފިއުޖީންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރެފިއުޖީގެ ޖޯޒީ ނަމްބަރު 7، އިސްމާއިލް ވިފާޤްއެވެ. މުބާރާތުގެ ދެވަނަ މެޗުގައި އިއްޔެ ހެނދުނު ބައްދަލުކުރީ ކިންގް ސްޕްރިޓްއާއި ދުންމާރ...