މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

އުމުރުން 34 އަހަރުގައި ވޮލްކޮޓް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި
Sports

އުމުރުން 34 އަހަރުގައި ވޮލްކޮޓް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އިންގްލެންޑްގެ ވިންގަ ތިއޯ ވޮލްކޮޓް އުމުރުން 34 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ވޮލްކޮޓްގެ 23 އަހަރުގެ ޕްރޮފެޝަނަލް ފުޓްބޯލް ކެރިއާގައި އޭނާ ގިނަ ދުވަސްތައް ހޭދަކުރީ އާސެނަލްގައެވެ. 2005 ވަނަ އަހަރު ވޮލްކޮޓް ކުޅެފައި ވަނީ ސައުތެމްޓަންއަށެވެ. އޭރު އޭނާގެ އުމުރަކީ އެންމެ 16 އަހަރެވެ. އެ ސީޒަންގައި އޭނާ ވަނީ ސައުތެމްޓަންއަށް 21 މެޗު ކުޅެ ހަތަރު ލަނޑު ޖަހާފައެވެ. ވޮލްކޮޓް އާސެނަލްއަށް ގެނެސްފައި ވަނީ 2006 ވަނަ އަހަރު، އޭރު އާސެނަލްގެ ކޯޗްގެ […]

ފިއްލަދޫ ޓޫރިސްޓް ވިލެޖުން 99 ބިން ދޫކުރަން ހުޅުވާލައިފި
Thiladhunmathi News

ފިއްލަދޫ ޓޫރިސްޓް ވިލެޖުން 99 ބިން ދޫކުރަން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫއިން ފަތުރުވެރިކަމުގެ ވިޔަފާރިން އެ ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބިދޭނެ ގޮތަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ތަރައްގީ ކުރުމަށް، ފަތުރުވެރިކަމަށް ހާއްސަކޮށް އެ ރަށުން ކަނޑައަޅާފައިވާ ” ޓޫރިސްޓް ވިލެޖް” އިން 50 އަހަރުގެ މުއްދަތަށް ދޫކުރާ 99 ބިމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަށް އެ ރަށުން ދޫކުރާ 99 ބިމުގައި ހިމެނެނީ 5000 (ފަސްހާސް) އަކަފޫޓުގެ ބިމުން ފެށިގެން ގޮސް 115000 (އެއްލައްކަ ފަނަރަހާސް) އަކަފޫޓާއި ދެމެދުގެ ބިނ...

ސެވިއްޔާ ބަލިކޮށް ސިޓީން ފުރަތަމަ ފަހަރަށް ސްޕަ ކަޕް ކާމިޔާބުކޮށްފި
Sports

ސެވިއްޔާ ބަލިކޮށް ސިޓީން ފުރަތަމަ ފަހަރަށް ސްޕަ ކަޕް ކާމިޔާބުކޮށްފި

ސްޕެއިންގެ ސެވިއްޔާ ބަލިކޮށް މެންޗެސްޓާ ސިޓީން ޔުއެފާ ސްޕަ ކަޕް ކާމިޔާބު ކޮށްފިއެވެ. ޔުއެފާ ސްޕަ ކަޕަކީ އެންމެ ފަހުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނާއި އެންމެ ފަހުގެ ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މެޗެކެވެ. ރޭ ސިޓީއާއި ސެވިއްޔާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ސިޓީން މެޗު ކާމިޔާބުކުރީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 5-4 އިން ސެވިއްޔާގެ މައްޗަށް ކުރި […]

ޗެލްސީން ޒިޔެޗް ތުރުކީގެ ގަލަތަސަރާއީއަށް ވިއްކާލަނީ
Sports

ޗެލްސީން ޒިޔެޗް ތުރުކީގެ ގަލަތަސަރާއީއަށް ވިއްކާލަނީ

ޗެލްސީއަށް ކުޅެމުންއައި މޮރޮކޯގެ ވިންގަރ ހަކީމް ޒިޔެޗް ތުރުކީގެ ގަލަތަސަރާއީއަށް ވިއްކާލަން ޗެލްސީން އެއްބަސް ވެއްޖެއެވެ. އުމުރުން 30 އަހަރުގެ ޒިޔެޗް ހޯދުމަށް ސައުދީ ލީގުގެ އަލް ނަސްރުންނާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ވެސް ޝަޢުޤުވެރިކަން ފާޅުކުރިއެވެ. މިދިޔަ އަހަރުގެ މޭމަހު އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ ޗެލްސީ ގަތުމަށް ފަހު އެ ޓީމަށް ގިނަ އައު ކުޅުންތެރިންތަކެއް ހޯދުމާއިއެކު، ފޯމު ދަށް ވެފައިވާ ޒިޔެޗްގެ މުހިންމުކަން ޗެލްސީއަށް ވަނީ ކުޑަވެފައެވެ. ސީޒަން ފެށުމުގެ ކުރިން ޗެލްސީގެ […]

މެސީ އިންޓަ މިއާމީ ގޮވައިގެން ލީގްސް ކަޕްގެ ފައިނަލަށް
Sports

މެސީ އިންޓަ މިއާމީ ގޮވައިގެން ލީގްސް ކަޕްގެ ފައިނަލަށް

މެސީގެ މޮޅު ކުޅުމާއިއެކު އިންޓަ މިއާމީން ލީގްސް ކަޕް ސެމީ ފައިނަލުން މޮޅުވެ، މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި އިންޓަ މިއާމީން ވަނީ 4-1 ގެ ނަތީޖާއިން މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ފިލަޑެލްފިއާ ބަލިކޮށްފައެވެ. ލީގްސް ކަޕަކީ އެމެރިކާއާއި މެކްސިކޯގެ ޓީމްތައް ވާދަކުރާ މުބާރާތެކެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ތާވަލު ކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. ފައިނަލުގައި އިންޓަ މިއާމީ ނުކުންނާނީ އެމެރިކާ ލީގުގެ […]

ޚަލީލްގެ ކޮލަމް: ކަމާކަންފަށާ ހޯރަފުއްޓަށް
Thiladhunmathi News

ޚަލީލްގެ ކޮލަމް: ކަމާކަންފަށާ ހޯރަފުއްޓަށް

އެކިއެކި ކަންކަމުގައި މީގެ ކުރިން ތިލަދުންމަތީ އުތުރުބުރީގެ ގިނަ ރަށްތަކަށް ވަނީ ދަތުރު ކުރެވިފައެވެ. ނަމަވެސް ހޯރަފުއްޓަކީ ހއ.އަތޮޅުން ނުދެވޭ މަދު ރަށްތަކުގެ ލިސްޓްގައި ހިމެނޭ ރަށަކަށްވެފައި އެކުވެރިން ވެސް ތިބި ރަށަކަން ވުމުން ހޯރަފުއްޓަށް ގޮސްލަން ނިންމީމެވެ. އާރުޓީއެލް ފެރީގެ ނިޒާމުން ބޮޑުތިލަދުންމަތީ ރަށްތައް ގުޅާލާފައި އޮތުމުން މިހާރު މި ތިން އަތޮޅުގެ ކޮންމެ ރަށަކަށް ވެސް ދަތުރު ކޮށްލުމަކީ ވަރަށް ފަސޭހަކަމެކެވެ. ހެޔޮއަގުގައި އެހާއަރާމުގައި ބޭނުން ދުވަހަކަށް ދަތުރު ޕްލޭން ކޮށްލަންވީއެވެ. ރާ...

ޕީއެސްޖީ ދޫކޮށް ނޭމާ ސައުދީ ލީގަށް ބަދަލުވެއްޖެ
Sports

ޕީއެސްޖީ ދޫކޮށް ނޭމާ ސައުދީ ލީގަށް ބަދަލުވެއްޖެ

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުންއައި ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ، އެ ކުލަބް ދޫކޮށް ސައުދީ ލީގުގެ އަލް ހިލާލްއަށް ސޮއިކޮށްފިއެވެ. އުމުރުން 31 އަހަރުގެ ނޭމާ އަލް ހިލާލަށް ބަދަލުވެފައި މި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 90 މިލިއަން ޔޫރޯގެ ޓްރާންސްފާފީއެއްގެ ދަށުންނެވެ. އަލް ހިލާލަށް ބަދަލުވުމަށް ފަހު ނޭމާ ބުނީ ޔޫރަޕުގައި ހޭދަކުރެވުނު ހާއްސަ ދުވަސްތަކުގައި ގިނަ ކަންތައްތަކެއް ހާސިލް ކުރެވިފައިވާ ކަމަށާއި އަބަދުވެސް އައު ޗެލެންޖްތަކާއި ކުރިމަތިލައި ތަފާތު ލީގުތަކުގައި […]

ޑި ބްރޭނާ އަށް އަނިޔާވެ ހަތަރު މަހަށް ކުޅުމާއި ދުރަށް
Sports

ޑި ބްރޭނާ އަށް އަނިޔާވެ ހަތަރު މަހަށް ކުޅުމާއި ދުރަށް

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރ ކެވިން ޑި ބްރޭނާއަށް އަނިޔާވެ ހަތަރު މަސްދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމުގައި ސިޓީން ހާމަ ކޮށްފިއެވެ. މިދިޔަ ހަފްތާ ބަންދުގައި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވާއިރު، ހުކުރު ދުވަހުގެ ރޭ ލީގުގައި ސިޓީން ބާންލީއާއި ބައްދަލުކޮށް މޮޅުވި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ޑި ބްރޭނާ ވަނީ ކުޅެފައެވެ. ނަމަވެސް އޭނާގެ ފައިގެ ފަލަމަސް ގަނޑަށް އަނިޔާވެ ވަނީ މެޗުގެ 23 ވަނަ މިނެޓުގައި ބަދަލު […]

ބްރައިޓަން ދޫކޮށް ކައެސޭޑޯ ޗެލްސީއާއި ގުޅިއްޖެ
Sports

ބްރައިޓަން ދޫކޮށް ކައެސޭޑޯ ޗެލްސީއާއި ގުޅިއްޖެ

ބްރައިޓަންއަށް ކުޅެމުންއައި އިކުއެޑޯގެ ޒުވާން މިޑްފީލްޑަރ މޮއިސެސް ކައެސޭޑޯ ޗެލްސީއަށް ސޮއިކޮށްފިއެވެ. އުމުރުން 21 އަހަރުގެ ކައެސޭޑޯ ޗެލްސީއާއި ގުޅިފައިމިވަނީ އަށް އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. ޗެލްސީން ވަނީ އޭނާ ހޯދުމަށް 115 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ. ފާއިތުވި ސީޒަންގައި ބްރައިޓަން މެދުތެރޭ މޮޅު ކުޅުމެއް ދެއްކި ކައެސޭޑޯ ހޯދުމަށް ލިވަޕޫލުން ވެސް ވަނީ ބޮޑު ބިޑެއް ހުށަހަޅައި އޭނާގެ ސޮއި ހޯދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތް އޮތީ ނުވެފައެވެ. ޗެލްސީއާއ...

ހަނިމާދޫ ކައުންސިލްގެ ރަސްމީ ލޯގޯ ބޭނުން ކުރަން ފަށައިފި
Thiladhunmathi News

ހަނިމާދޫ ކައުންސިލްގެ ރަސްމީ ލޯގޯ ބޭނުން ކުރަން ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުގެ ރަސްމީ ލޯގޯ ފާސްކޮށް އެ ލޯގޯ ރަސްމީކޮށް ބޭނުން ކުރަން ފަށައިފިއެވެ. ހަނިމާދޫގެ ލޯގޯއިން ރަމްޒުކޮށްދޭ ކަންތައްތަކަށް ބަލައިލާއިރު، މުޅި ލޯގޯއިން ފެންނަނީ ދޫންޏެއް އުދުހޭ މަންޒަރެވެ. އެކަމުން ރަމްޒުކޮށްދެނީ ހަނިމާދޫއަކީ ޒަމާނުއްސުރެ އެއާޕޯޓެއް އޮންނަ ވައިގެމަގުން ދަތުރުކުރުމުގެ ފަސޭހަކަން ލިބިފައި އޮތް ރަށެއްކަމެވެ. ހަނިމާދޫގެ ނަމުން ރަމްޒުވާފަދައިން ހަނިމާދޫއަކީ ހަނި ދިގު ރަށެކެވެ. އެކަން ރަމްޒުވެގެންދަނީ ލޯގޯގައިވާ ދޫނީގެ ހަށިގެނޑުތެރެއިން ފެންނަ ހަނ...

ވުލްވްސް ބަލިކޮށް ޔުނައިޓެޑުން ފެށުން ރަނގަޅުކޮށްފި
Sports

ވުލްވްސް ބަލިކޮށް ޔުނައިޓެޑުން ފެށުން ރަނގަޅުކޮށްފި

ވުލްވްސް ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ. ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. ފާއިތުވި ހަފްތާގައި ވުލްވްސްގެ ކޯޗުކަމާއި ހަވާލުވި ގެރީ އޯނެއިލްގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ޔުނައިޓެޑާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މުޅި މެޗުގައި ވެސް ވުލްވްސްގެ ޑިފެންސްތެރެއިން ލަނޑު ޖަހާނެ ފުރުޞަތު ހޯދުން ޔުނައިޓެޑަށް ވީ އުނދަގޫ […]

ނޮޓިންހަމް ފޮރެސްޓް ބަލިކޮށް އާސެނަލުން ލީގު ފެށީ މޮޅަކުން
Sports

ނޮޓިންހަމް ފޮރެސްޓް ބަލިކޮށް އާސެނަލުން ލީގު ފެށީ މޮޅަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބު ކޮށްފިއެވެ. މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އާސެނަލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ފޮރެސްޓްގެ އޭރިއާތެރެއިން ލިބުނު ބޯޅަ ގޯލުގެ ކައިރި ކަނަށް ފޮނުވާލައިގެން […]

ހާލްނޑްގެ ދެ ލަނޑާއިއެކު ސިޓީން ސީޒަން ފެށީ ގަދަކޮށް
Sports

ހާލްނޑްގެ ދެ ލަނޑާއިއެކު ސިޓީން ސީޒަން ފެށީ ގަދަކޮށް

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ރޭ ފަށާފައިވާއިރު ފުރަތަމަ މެޗުން ޗެމްޕިއަން މެންޗެސްޓާ ސިޓީ ބާންލީއަތުން ފަސޭހަކަމާއިއެކު މޮޅުވެއްޖެއެވެ. ރޭ ބާންލީގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ދެ ލަނޑު ޖެހިއިރު، އެ ދެ ލަނޑު ވެސް ޖަހައިދީފައި ވަނީ ހާލަންޑްއެވެ. ފުރަތަމަ ލަނޑު މެޗުގެ ހަތަރުވަނަ މިނެޓުގައި ބާންލީގެ އޭރިއާތެރެއަށް ތިރިން ހުރަސްކުރި ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ކާމިޔާބު […]

ފްރެޑް ފެނަބާޗޭއަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
Sports

ފްރެޑް ފެނަބާޗޭއަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރ ފްރެޑް ތުރުކީގެ ފެނަބާޗޭއަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސް ވެއްޖެއެވެ. އުމުރުން 30 އަހަރުގެ ފްރެޑް ގަތުމަށް ފެނަބާޗޭން ހުށަހަޅާފައިވަނީ 15 މިލިއަން ޔޫރޯއެވެ. ޔުނައިޓެޑްގެ ކޯޗް ޓެން ހާގްގެ ޕްލޭންގައި ފްރެޑް ނުހިމެނޭތީ އޭނާ އެ އަގުގައި ވިއްކާލަން މިހާރު ޔުނައިޓެޑުން ވަނީ އެއްބަސްވެފައެވެ. މިހާރު ކުރިއަށްމިދާ ޓްރާންސްފާ މާކެޓްގައި ފްރެޑް ގަތުމަށް ފެނަބާޗޭގެ އިތުރުން ތުރުކީ ލީގުގެ ގަލަސަތަރާއީއާއި ޕްރިމިއާ ލީގުގެ ފުލަމްއިން ވެސް ވަނީ...

ޓޮޓެންހަމުން ގޮތް ދޫކޮށް އެންމެ ފަހުން ކޭން ވިއްކާލަން އެއްބަސްވެއްޖެ
Sports

ޓޮޓެންހަމުން ގޮތް ދޫކޮށް އެންމެ ފަހުން ކޭން ވިއްކާލަން އެއްބަސްވެއްޖެ

ޓޮޓެންހަމަށް ކުޅެމުން އަންނަ އިންގްލެންޑްގެ ތަޖުރިބާކާރު ފޯވާޑް ހެރީ ކޭން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ވިއްކާލަން ޓޮޓެންހަމުން އެއްބަސް ވެއްޖެއެވެ. މިހާރު ކުރިއަށް މިދާ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި، އުމުރުން 30 އަހަރުގެ ކޭން ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާއި ބަޔާން މިއުނިކްގެ އިތުރުން މެންޗެސްޓާ ސިޓީން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ކޭން ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އައީ ބަޔާނުންނެވެ. ބަޔާނުން ކޭންއަށް ފުރަތަމަ ހުށަހެޅީ 80 މިލިއަން ޔޫރޯގެ […]