ލީގު ފަށަން ކުޑަތަންވެފައި ވަނިކޮށް ރެއާލްގެ ކީޕަރ ކޯޓުއާއަށް ސީރިއަސް އަނިޔާއެއް
ސްޕެނިޝް ލީގު ފަށަން ކުޑަތަން ވެފައިވަނިކޮށް ރެއާލް މެޑްރިޑްގެ އެއް ނަމްބަރު ކީޕަރ ތިބައޫ ކޯޓުއާގެ ކަކުލަށް ސީރިއަށް އަނިޔާއެއް ލިބިއްޖެއެވެ. އުމުރުން 31 އަހަރުގެ ކޯޓުއާއަށް އަނިޔާވެފައި ވަނީ ރެއާލްގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އޭނާގެ ވާތުފައިގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާގެ ސަބަބުން މި ހަފްތާ ބަންދުގައި ފަށާ ސްޕެނިޝް ލީގުގެ ބޮޑުބައެއް އޭނާއަށް ގެއްލޭނެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ އޮޕަރޭޝަން ކުރާނެއެވެ. 2018 ވަނަ އަހަރު ޗެލްސީ ދޫކޮށް ރެއާލަށް ބަދަލުވެ، ރެއާލުގައި […]