މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (03:15 އިން 08:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,674 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

ޤުރުއާން ހިތުދަސްކުރި 32 ފަރާތަކަށް ރަންތާޖު
Raajje

ޤުރުއާން ހިތުދަސްކުރި 32 ފަރާތަކަށް ރަންތާޖު

ކީރިތި ޤުރުއާން ހިތުދަސްކުރި 32 ފަރާތަކަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ދޭ ރަންތާޖު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ. މި ތާޖުތައް ހަވާލުކޮށްދެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ހަފްލާގައެވެ. ޤުރުއާން ހިތުދަސްކޮށް ތާޖު ހާސިލްކުރި ކުދިންނަކީ: ޝަޢަފް ޙާމިދު އިބްރާހީމް އަބާން އިބްރާހީމް މިބުސާމް ސަލްމާން މޫސާ ޢަޝްޙަލް އަޝްރަފް ޢަބްދުﷲ ބިން ޔާމިން ޢަބްދުﷲ ރަޝީދު މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު […]

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު ވަކިކުރަން އިސްލާހެއް
Raajje

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު ވަކިކުރަން އިސްލާހެއް

ޤާނޫނީ ފަންނުގެ ޤާނޫނަށް އިޞްލާޙެއް ހުށަހަޅައިފިއެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބަށް ނުހުންނެވޭނެ ހެދުމެވެ. މި އިޞްލާޙު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ހުޅުމާލެ އުތުރު ދާއިރާގެ ޕީ.އެން.ސީ މެންބަރު ޙުސައިން ޝަރީފެވެ. މި އިޞްލާޙުގެ މަޤްޞަދަކީ ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގެ ދަށުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނެނީ 9 މެންބަރުންނެވެ. އެއީ ބަންޑާރަ ނައިބާއި، ޤާނޫނީ ވަ...

ބިދޭސީން ވިޔަފާރި ކުރަމުންދިއަ 2 ފިހާރަ އެއް މިރޭވެސް ބަންދު
Raajje

ބިދޭސީން ވިޔަފާރި ކުރަމުންދިއަ 2 ފިހާރަ އެއް މިރޭވެސް ބަންދު

ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، މިރޭ މާލޭގައި ހުރި ވިޔަފާރި ތަންތަން ބަލައި ފާސްކޮށް، ބިދޭސީން ވިޔަފާރި ކުރަމުންދިޔަ 2 ފިހާރަ ބަންދުކޮށްފިއެވެ. އިމިގްރޭޝަނުން މިރޭ ޓްވިޓަރގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މިރޭގެ އޮޕަރޭޝަންގައި މާލޭގައި ހުރި 3 ޓޭކްއަވޭ/ކެފޭ އާއި، 2 ފިހާރަ އާއި، ކާބޯތަކެތި ޑެލިވަރީ ކުރަމުންދާ ތަނަކާއި އިތުރު 1 ފިހާރައެއް ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި ބިދޭސީ 6 ފިރިހެނުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ […]

އަންހެނުންގެ "ތިލަދެކުނު ފުޓްސަލް މުބާރާތް" ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

އަންހެނުންގެ "ތިލަދެކުނު ފުޓްސަލް މުބާރާތް" ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދަނީ

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ “ތިލަދެކުނު ފުޓްސަލް މުބާރާތް 2024” ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ. މި މުބާރާތް ހޯސްޓްކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ، ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ކްލަބް އަދި ޖަމްޢިއްޔާތަކަށެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި ފުރުޞަތަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓް...

އެމްޓީޑީ، އެމްއެންޕީ އަދި ދަ ޑޮމޮކްރެޓްސް 50،000ރ. އިން ޖޫރިމަނާ
Raajje

އެމްޓީޑީ، އެމްއެންޕީ އަދި ދަ ޑޮމޮކްރެޓްސް 50،000ރ. އިން ޖޫރިމަނާ

މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައި ނުވާތީ، ތިން ސިޔާސީ ޕާޓީ އެއް 50،000ރ. އިން ޖޫރިމަނާ ކުރަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ. އީސީ އިން މަޢުލޫމާތުދިން ގޮތުގައި، ޖޫރިމަނާކުރަން ނިންމާފައިވަނީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި ދަ ޑޮމޮކްރެޓްސް އެވެ. ސިޔާސީ ޕާޓީތަކުން ކޮންމެ އަހަރަކުވެސް އެ އަހަރެއްގައި ހިންގި ހަރަކާތްތަކާއި، ލިބުނު ފައިސާ އަދި ޚަރަދުކުރި ގޮތުގެ […]

މާރަންދޫ ކައުންސިލްގެ ނައިބުރައީސް އަޙްމަދު ރަމީޒު ނިޔާވެއްޖެ
Thiladhunmathi News

މާރަންދޫ ކައުންސިލްގެ ނައިބުރައީސް އަޙްމަދު ރަމީޒު ނިޔާވެއްޖެ

ހއ. މާރަންދޫ ކައުންސިލްގެ ނައިބުރައީސް އަޙްމަދު ރަމީޒު (ޕެލޭ) ނިޔާވެއްޖެ އެވެ. އަޙްމަދު ރަމީޒު ނިޔާވެފައިވާކަން މާރަންދޫ ކައުންސިލުންވެސް ވަނީ ކަށަވަރުކޮއްދެއްވާފަ އެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ރަމީޒު ނިޔާވީ މިއަދު ހަވީރު ހއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހއ. ދިއްދޫގަ އެވެ. އެރަށުން ވާހަކަ ދެއްކި މީހަކު މިނޫހަށް މާޢުލޫމާތު ދެމުން ބުނީ، ރަމީޒު ނިޔާވީ ހާރޓްއެޓޭކެއް ޖެހިގެން ކަމަށް ގަބޫލުކުރެވޭކަމަށެވެ. މިއަދު ހަވީރު އެރަށުގައި ކުޅުނު ފުޓްބޯޅަމެޗެއްގައިވެސް ރަމީޒު ކުޅުނެވެ. މެޗު...

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފި
Raajje

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފި

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނީ 19 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި އަދި 24 އަހަރުގެ ދެ މީހުންނެވެ. އިއްޔެ މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން ދެ މީހަކު ތަޙްޤީޤު ނިމެންދެން ބަންދުގައި ބެހެއްޓުމަށާއި، އަނެއް ތިން މީހުން ފަސް ދުވަހަށް ބަންދުގައި […]

ކެނެބިސް ޓްރެފިކް ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ދެވަނަ ފަހަރަށް އިއުލާން ކޮށްފި
Raajje

ކެނެބިސް ޓްރެފިކް ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ދެވަނަ ފަހަރަށް އިއުލާން ކޮށްފި

ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ. ފުލުހުން ހޯދަމުންދަނީ ސ. ހިތަދޫ / ހަޒާރުމާގެ، މުހައްމަދު އުބާދަތު ހުސައިން (29އ) އެވެ. އޭނާ ހޯދަމުންދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި، އުބާދަތު ބަންދުގައި ބަހައްޓައިގެން ޖުލައި 17 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް...

ދިވެހި އެކައުންޓަންޓުން އުފެއްދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މާލީ ވަޒީރު
Raajje

ދިވެހި އެކައުންޓަންޓުން އުފެއްދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މާލީ ވަޒީރު

ދިވެހި އެކައުންޓަންޓުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މާލީ ވަޒީރު ޑރ.މުހައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ. ވަޒީރު މި ވާހަކަފުޅު ދެއްކެވީ، މިއަހަރުގެ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރައްވަމުންނެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެކައުންޓަންޓުންނަކީ މަތީ އާމްދަނީއެއް ލިބޭ ފަންނުވެރިންނެވެ. އަދި ރާއްޖޭގައިވެސް އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކަނީ އެކައުންޓަންޓުން ކަމުގައި އެމަނިކު...

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި

މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ޖުލައި 6 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނެއްގައި، މާލޭގެ ދެ އެޕާޓްމަންޓަކާއި ފިހާރައަކާއި ގުދަނެއްގެ އިތުރުން ހުޅުމާލޭގެ އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވެއެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓާއި...

ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ
Raajje

ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ

ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ހާމަކުއްވައިފި އެވެ. ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 4 ސްޓްރެޓެޖިކް ތަނބެއްގެ ދަށުން 18 ކަމެއް ކުރުމަށް ކަނޑައަޅާފައިވާކަމަށް ވުޒާރާއިން ބުންޏެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ލީޑަރޝިޕް މަޤާމުތަކާއި ވެރިކަން ހިންގުމުގައި އަންހެނުންނާއި ފިރ...

ހދ. އަތޮޅު ރަށްވެހިގެ ތަރައްޤީކުރުމަށް 50 އަހަރަށް ކުއްޔައްދެނީ
Thiladhunmathi News

ހދ. އަތޮޅު ރަށްވެހިގެ ތަރައްޤީކުރުމަށް 50 އަހަރަށް ކުއްޔައްދެނީ

ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ ހދ. އަތޮޅު ރައްވެހިގެ އާއި އެ ގޯތި ހިމެނޭހެން މަލްޓި-ކޮމާޝަލް ބިލްޑިންގެއް ތަރައްޤީކޮށް، ހިންގައި، މެނޭޖްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުޞަތު ހދ. އަތޮޅު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ. މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރާއްޖޭގެ އަދި ބޭރުގެ އިންވެސްޓަރުންނަށް އީއޯއައި ހުށަހެޅިދާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ. މިބިން ކުއްޔަށް ދިނުމުގެ އެއްބަސްވުން ވެވޭނީ 50 އަހަރުގެ މުއްދަތަށް...

ސަރުކާރުގެ ފިޔަވަޅުތަކުން ދައުލަތުގެ ހިންގުމުގެ ޚަރަދު ކުޑަވެއްޖެ
Raajje

ސަރުކާރުގެ ފިޔަވަޅުތަކުން ދައުލަތުގެ ހިންގުމުގެ ޚަރަދު ކުޑަވެއްޖެ

ސަރުކާރުގެ ފިޔަވަޅުތަކުން ދައުލަތުގެ ހިންގުމުގެ ޚަރަދު ކުޑަވެއްޖެ ކަމަށް މާލީ ވުޒާރާއިން ކޮނެމް ހަފުތާއަކު ނެރޭ މާލީ ހިސާބުތައް ދައްކައިފި އެވެ. މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ރިކަރަންޓް ޚަރަދު 14.2 ބިލިއަން ރުފިޔާއަށް ދަށްވެފައިވާއި އުރު އެއީ މިދިޔަ އަހަރަށްވުރެ 900 މިލިއަން ރުފިޔާ ދަށްވުމެކެވެ. މީގެ އިތުރުން މުސާރައާއި ޕެންޝަނަށް ކުރާ ޚަރަދު 5.5 ބިލިއަން ރުފިޔާއަށް ދަށްވެފައިވާއިރު އާސަންދައަށް ކުރާ ޚަރަދު 900 މިލިއަން ރުފިޔާއަށް، އަދި ސަބްސިޑީއަށް […]

ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ އެންމެ ފައިދާހުރި، ރައްޔިތުންގެ ވިންދާ ގުޅޭ ގޮތް: ރައީސް
Raajje

ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ އެންމެ ފައިދާހުރި، ރައްޔިތުންގެ ވިންދާ ގުޅޭ ގޮތް: ރައީސް

ލާމަރުކަޒީ ނިޒާމުގެ ދަށުން އެކުލަވާލެވިފައިވާ ކައުންސިލްތައް މިހާރު އޮތީ ދައުލަތަށް ނުކެތޭ މިންވަރަށް ބޮޑުކޮށްކަމަށް ވާތީ އަތޮޅުތަކުގެ ރަށްރަށުގެ ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލް ހިމެނޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. މި ވާހަކަ ރައީސް ވިދާޅުވެފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، 300 އެއްހާ މީހުން ދިރިއުޅޭ ރަށެއް ތަމްސީލުކުރުމ...

ޚަރަދު ކުޑަކުރުމަށް ބޮޑު ދެ އިންތިޚާބު އެއްކޮށް ބާއްވަންޖެހޭ: ރައީސް މުޢިއްޒު
Raajje

ޚަރަދު ކުޑަކުރުމަށް ބޮޑު ދެ އިންތިޚާބު އެއްކޮށް ބާއްވަންޖެހޭ: ރައީސް މުޢިއްޒު

ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ މަޤްޞަދުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި ޤާނޫނުއަސާސީއަށް އިޞްލާޙު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް ،މިފަދައިން ވިދާޅުވީ މިރޭ ކުރިއަށްދިޔަ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ ދުސްތޫރީ ނިޒާމް ރޭވިފައި އޮންނަ ގޮތުން ވަރަށް ގިނަ އިންތިޚާބުތައް އޮންނަ ކަމަށެވ...