މައި ޚަބަރަށް ދިޔުމަށް

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,671 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

ބުރިޖު ބަހުސަށް އެންމެ ފަހުން އަދީބު، ޔާމިނަށް ގިނަ ތުހުމަތުތަކެއް
Raajje

ބުރިޖު ބަހުސަށް އެންމެ ފަހުން އަދީބު، ޔާމިނަށް ގިނަ ތުހުމަތުތަކެއް

ސިނަމާލެ ބުރިޖުގެ ލޭންތަކާ ގުޅިގެން އުފެދިފައިވާ ބަހުސްގައި އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު މީސްމީޑިއާގައި ވީޑިއޯއެއް އާންމުކުރައްވާފައެވެ. މި ވީޑިއޯގައި އަދީބު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. ކުރީގެ ނައިބު ރައީސް އަދި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ކޯ-ޗެއާރގެ ހައިސިއްޔަތުން ރައްޔިތުންނަށް ސިނަމާލެ ބްރިޖު ޕްރޮޖެކްޓުގެ ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމަށާއި...

ދެން ގޭގައި ހެދިކާ ހަދައި ވިއްކޭނީ، ދަފްތަރުކޮށް ބޭސިކް ފުޑް ސޭފްޓީ ކޯހެއް ހަދައިގެން
Raajje

ދެން ގޭގައި ހެދިކާ ހަދައި ވިއްކޭނީ، ދަފްތަރުކޮށް ބޭސިކް ފުޑް ސޭފްޓީ ކޯހެއް ހަދައިގެން

އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންވީ ގޮތުގެ މިންގަނޑެއް އެކުލަވާލައި، ދަފްތަރުކުރުމުގެ އުސޫލެއް އާންމުކޮށް ޢަމަލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ. މި އުސޫލުގެ ދަށުން ގޭގައި ހެދިކާ ހަދައި ވިއްކުމަށް ބޭނުންވާ ފަރާތްތަކުން ދަފްތަރުކޮށް، ބޭސިކް ފުޑް ސޭފްޓީ ކޯހެއް ފުރިހަމަކުރަންޖެހޭނެއެވެ. މި މިންގަނޑު އެކުލަވާލުމުގައި ބޭރުގެ އެކި ޤައުމުތަކުގެ މިންގަނޑުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ އިތުރުން ރާއްޖޭގެ ކަމާބެ...

ބަނޑުން ޖަހާލި ލޯންޗުގައި ތިބި ދެމީހަކަށް އަނިޔާވެ ފަރުވާދެނީ
Raajje

ބަނޑުން ޖަހާލި ލޯންޗުގައި ތިބި ދެމީހަކަށް އަނިޔާވެ ފަރުވާދެނީ

ބަނޑުން ޖަހާލި ލޯންޗުގައި ތިބި ދެމީހަކަށް އެކި ވަރުގެ އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ. މިހާދިސާ ހިނގީ މިއަދު ހަވީރު 4:34 އެހާކަންހާއިރު މާލޭ ރާޅުގަނޑު ސަރަޙައްދުގައެވެ. ލޯންޗެއް ބަނޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން މެރިން ޕޮލިސް އާއި އެމްއެންޑީއެފްއިން ވަނީ އެ ސަރަޙައްދަށް ހަރަކާތްތެރިވެފައެވެ. މި ހާދިސާގައި ލޯންޗުގައި ތިބީ 4 މީހުންނެވެ. އެއީ 2 ދިވެހިންނާއި 2 ބިދޭސީންނެވެ. އޭގެ ތެރެއިން 2 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މެރިން […]

އިންޑިއާ މީހަކު ގެއްލިގެން ފުލުހަށް ރިޕޯޓުކުރިތާ 20 ދުވަސް، އާންމުންގެ އެހީއަށް އެދިއްޖެ
Raajje

އިންޑިއާ މީހަކު ގެއްލިގެން ފުލުހަށް ރިޕޯޓުކުރިތާ 20 ދުވަސް، އާންމުންގެ އެހީއަށް އެދިއްޖެ

ހުޅުމާލެއިން ގެއްލިގެން އުޅޭ ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހޯދަމުން މިދަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ 32 އަހަރުގެ އައިޑީ މޮހަމެޑް ސެޚްއެވެ. މޮހަމެޑް ސެޚް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކުރެވިފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެ ދުވަހުން ފެށިގެން ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފަކަމަށް ފުލުހުން ބުނެއެވެ. މީގެ ކުރިން މިފަދަ މައްސަލަތަކުގައި […]

ރާޅުގަނޑު ސަރަޙައްދަށް ލޯންޗެއް ބަނޑުން ޖަހާލައިފި
Raajje

ރާޅުގަނޑު ސަރަޙައްދަށް ލޯންޗެއް ބަނޑުން ޖަހާލައިފި

ރާޅުގަނޑު ސަރަޙައްދުން ދަތުރުކުރި ލޯންޗެއް ބަނޑުން ޖަހާލައިފިއެވެ. ފުލުހުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، ރާޅުގަނޑު ސަރަޙައްދަށް ލޯންޗެއް ބަނޑުން ޖަހާލައިގެން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެސަރަހައްދުގައި ހުރި މީހަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އެލޯންޗުގައި ތިބި ކަމަށް ލަފާކުރެވެނީ ހަތަރު މީހުން ކަމަށެވެ. އެމީހުން މިހާރު ފުލުހުންގެ ލޯންޗަށް ނަގާފައިވެއެވެ. އަދި އެ ސަރަޙައްދުގައި އިތުރު ލޯންޗުތަކެއް ހަރަކާތްތެރި...

ކުޅުދުއްފުށްޓަށް ދަތުރުކުރާ ބިދޭސީންގެ ވިސާ ކަށަވަރުކުރުމަށް އޮޑިވެރިންނަށް އަންގައިފި
Thiladhunmathi News

ކުޅުދުއްފުށްޓަށް ދަތުރުކުރާ ބިދޭސީންގެ ވިސާ ކަށަވަރުކުރުމަށް އޮޑިވެރިންނަށް އަންގައިފި

މާލެއިން ކުޅުދުއްފުށި ސިޓީ އަށް ދަތުރުކުރާ ބިދޭސީންނަކީ ވެލިޑް ވޯރކް ވިސާއެއް އޮތް ފަރާތެއްކަން ކަށަވަރު ކުރެއްވުމަށްފަހު ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އޮޑިވެރިންގެ ކިބައިން އެދެފި އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ކުޅުދުއްފުށި ސިޓީ ޕޮލިސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ ނޯތު ރީޖަނަލް އޮފީސް ގުޅިގެން، މާލެއާއި ކުޅުދުއްފުށި ސިޓީއާ ދެމެދު ދަތުރުކުރާ ބޯޓުތަކުން ގިނަ އަދަދެއްގެ ބިދޭސީން ކުޅުދުއްފުށްޓަށް އެތެރެވުން ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ ދަތުރުކުރާ ބޯޓުފަހަރުގެ...

އަތުހަރު މަރުވެއްޖެ
Raajje

އަތުހަރު މަރުވެއްޖެ

ވަޅިން ބިރުދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އާދަމް އަތުހަރު މިއަދު މަރުވެއްޖެ އެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޖަލުގައި ދަންޖެހުމުން ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު 4:08 ހާއިރު އައިޖީއެމްއެޗްގައި އަތުހަރު މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ. މަރުވި ސަބަބު ދެނެގަތުމަށް އަތުހަރުގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދަން ވެސް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ޝަރީއަތް ނިމެންދެން ފ...

ފުލުހުންގެ މަސައްކަތްތައް ހަލުވިކުރުމަށް އައު އެޕްލިކޭޝަންތަކެއް ތަޢާރަފުކޮށްފި
Raajje

ފުލުހުންގެ މަސައްކަތްތައް ހަލުވިކުރުމަށް އައު އެޕްލިކޭޝަންތަކެއް ތަޢާރަފުކޮށްފި

ދިވެހި ފުލުހުންގެ މަދަނީ ޚިދުމަތަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ފުލުހުންގެ މަސައްކަތްތައް ފަސޭހަކޮށް ހަލުވިކުރުމަށްޓަކައި އައު އެޕްލިކޭޝަންތަކެއް ތަޢާރަފުކޮށް، ކުރިން ބޭނުންކުރަމުން އައި ބައެއް އެޕްލިކޭޝަންތައް އަލުން ފަރުމާކޮށް އިފްތިތާހުކޮށްފިއެވެ. މިކަމަށްޓަކައި އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢ...

ތަސްލީމް ގެއްލިފައިވާ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ޖިނާއީ ތަހުގީގެއް ފަށައިފި
Raajje

ތަސްލީމް ގެއްލިފައިވާ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ޖިނާއީ ތަހުގީގެއް ފަށައިފި

މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ގެއްލިފައިވާ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ބުނި ގޮތުގައި، ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ ފަސްގަނޑަށް އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅުނު ތަސްލީމް ގެއްލިފައިވާ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، މި މައްސަލަ ބަލަމުން ގެންދަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައެވެ. އަދި ތަސްލީމް ހޯދުމުގެ މަސައްކަތް ވެސް ހުއްޓުމެއްނެތި ކުރިއ...

ތަސްލީމް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
Raajje

ތަސްލީމް ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

ގެއްލިގެން ހޯދަމުންއަން، މ. އަސަރީ ހަނދާން ގޭގެ ތަސްލީމް މުހައްމަދު (43 އަހަރު) ހޯދަން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުން އޭނާ ގެއްލުނީ މޫދަށް ކަމަށް ކަށަވަރު ނުވެއެވެ. އެމްއެންޑީއެފުން މިއަދު ބުނެފައިވަނީ، ތަސްލީމް ގެއްލުނު ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފިނޮޅުގެ ވަށައިގެން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އެގޮތުން އެ ފިނޮޅު ވަށައިގެން 5،000 އަކަފޫޓުގ...

ޚަޠީބުން ތަމްރީން ކުރުމުގެ ދެވަނަ ޕްރޮގްރާމްގައި 209 ޒުވާނުން ސަނަދު ހާސިލްކޮށްފި
Raajje

ޚަޠީބުން ތަމްރީން ކުރުމުގެ ދެވަނަ ޕްރޮގްރާމްގައި 209 ޒުވާނުން ސަނަދު ހާސިލްކޮށްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާނުން ޚަޠީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި 209 ޒުވާނަކު ޚަޠީބުކަމުގެ ސަނަދު ހާސިލްކޮށްފިއެވެ. މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ޙާއްސަ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޞައިޚް މުޙައްމަދު ލަޠީފް، ސްޓޭޓު މިނިސްޓަރ ޑރ. މޫސާ އަންވަރު އަދި ދިވެހިރާއްޖޭގެ...

ކޮންމެ ހުކުރަކު ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުމެއް ބާއްވަނީ
Raajje

ކޮންމެ ހުކުރަކު ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުމެއް ބާއްވަނީ

ކޮންމެ ހުކުރު ދުވަހެއްގެ އިޝާ ނަމާދަށްފަހު ސަލްމާން މިސްކިތުގައި ދިގު ރާގަށް ޤުރުއާން ކިޔަވާ ބައްދަލުވުން ބާއްވަން ނިންމައިފި އެވެ. މިކަން އިޢުލާންކުރައްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިއީ ޤުރުއާން ކިޔަވަން ލޯބި ޖެއްސުމާއި ފެންވަރު ރަނގަޅު ޤާރީން ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ފައްޓަވާ ކަމެއް ކަމަށެވެ. މި ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މި ތިލާވަތު […]

ރޭ ފެނުނީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން، ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް: ސީޕީ
Raajje

ރޭ ފެނުނީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން، ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް: ސީޕީ

ރޭ ހިނގި ރަހީނުކުރި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވާ ކަމަށާއި، މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ޢަލީ ޝުޖާޢު ވިދާޅުވެއްޖެ އެވެ. ސީޕީ މިހެން ވިދާޅުވީ، ރޭ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއެކު މިއަދު ބައްދަލުކުރައްވައި އެ ފުލުހުންގެ މަސައްކަތަށް ތައުރީފު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވެވި މި ބައްދަލުވުމުގައ...

އިންޑިޔާއަށް ފުރަން އުޅުނު މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފި
Raajje

އިންޑިޔާއަށް ފުރަން އުޅުނު މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޑިޔާއަށް ފުރަން އުޅުނު މީހެއްގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިގެން އޭވިއޭޝަން ސެކިއުރިޓީން އަތުލައިގަނެފި އެވެ. އޭވިއޭޝަން ސެކިއުރިޓީން މަޢުލޫމާޔު ދެއްވި ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މިއަދު 15:40 ގައެވެ. އިންޑިގޯ އެއަރލައިންގެ ފްލައިޓް E6 1128 އިން ބެންގަލޫރުއަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރެއް ބަލައި ފާސްކުރުމުގެ ތެރޭގައި، އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުންނަށް ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކެޓު...

މިލިޔަނެއްހާ ރުފިޔާގެ ސިންތެޓިކް ކެތިނޯން އަތުލައިގަނެފި
Raajje

މިލިޔަނެއްހާ ރުފިޔާގެ ސިންތެޓިކް ކެތިނޯން އަތުލައިގަނެފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ހާމަކުރި ގޮތުގައި، މިމަހުގެ 20 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަނެއްގައި އަތުލައިގަނެވުނު މި މަސްތުވާތަކެއްޗަކީ ސިންތެޓިކް ކެތިނޯންއެވެ. މި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 0.666 ކިލޯގްރާމެވެ.ކަސްޓަމްސްއިން އިތުރަށް ހާމަކުރި ގޮތުގައި، އަތުލައިގަނެވުނު މި މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 1,000,000.00 (އެއް މިލިއަން) ދިވެހި ރުފިޔާއެވެ. މިއީ ރާއްޖޭގެ މަ...