މައި ޚަބަރަށް ދިޔުމަށް

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,669 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

އުނިކަންތަކާއި މައްސަލަތަކާއެކުވެސް އދ ގެ ބޭނުން ހިފަން ޖެހޭ: ޝާހިދު
Raajje

އުނިކަންތަކާއި މައްސަލަތަކާއެކުވެސް އދ ގެ ބޭނުން ހިފަން ޖެހޭ: ޝާހިދު

ބައިނަލް އަޤްވާމީ ޖަމާޢަތް، އެކުވެރި ދައުލަތްތައް (އ.ދ) އަކީ އުނިކަންތަކާއި މައްސަލަތަކާއެކުވެސް އަދިވެސް މުހިއްމު އަދި އޭގެ ބޭނުން ހިފަން ޖެހޭ ޖަމްއިއްޔާއެއްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ޔޫ.އެން ޑޭގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި އދގެ ޢާއްމު މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވެފައިވަނީ، ބޮޑެތި ގައުމުތަކާއެކު ކުޑަ ގައުމުތަކުންވެސް ބައިނަލްއަގްވާމީ މައިދާނުގައި ޒިންމާ އަދާކުރަންޖެހޭ ކަމަށާއި، ދިވެހިރާއްޖެއިން މިކަން ސާބިތުކޮށްދީފައިވ...

ޖޭޒް ކެފޭ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ
Raajje

ޖޭޒް ކެފޭ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ

މާފަންނު ޖޭޒް ކެފޭ ފުރާޅު މައްޗަށް މީހަކު ވެއްޓިގެން ފަރުވާ ދޭންފަށައިފި އެވެ. ފުލުހުން ބުނީ، މާފަންނު ޖޭޒް ކެފޭ ފުރާޅުމައްޗަ މީހަކު ވެއްޓިގެން އުޅޭ ކަމަށް މިރޭ 23:14 ގައި ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އެއީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެސަރަހައްދުގައި ހުރި މީހަކު މަޢުލޫމާތު ދެމުން ބުނީ އެމީހާ ވެއްޓިފައިވަނީ ބިދޭސީން ދިރިއުޅޭ ގެއަކުން ކަމަށެވެ. އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެމީހާ ނަގައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެމީހާއަށް ލިބުނު...

ޒުވާނުންނަކީ ދީންވެރި، ޤައުމާ މުޖުތަމަޢާއި ޢާއިލާއަށް ވަފާތެރި ބަޔަކަށްވުމަށް ރައީސް ގޮވާލައްވައިފި
Raajje

ޒުވާނުންނަކީ ދީންވެރި، ޤައުމާ މުޖުތަމަޢާއި ޢާއިލާއަށް ވަފާތެރި ބަޔަކަށްވުމަށް ރައީސް ގޮވާލައްވައިފި

ޒުވާނުންނަކީ ދީންވެރި، ޤައުމާ މުޖުތަމަޢާއި ޢާއިލާއަށް ވަފާތެރި ބަޔަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، ދިވެހި ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ޕޯސްޓުގައި ވިދާޅުވީ ޒަމާނުގެ އާ ފިޔަވަޅުތަކުގެ މަތީގައި ހަލުވިކަމާއެކު ދިވެހި ޒުވާނުން ދަތުރުކުރަންޖެހޭކަމަށެވެ. އެމަނިކުފާނު ވަނީ ޒުވާނުންނަކީ ޤައުމާ މުޖުތަމަޢާއި ޢާއިލާއަށް ވަފާތެރި ދުޅަހެޔޮ، ޚުލްގުހެޔޮ، ދީންވެރި ބަ...

މަންމައަށް ވަޅިން ހަމަލާދީ، ފޯނު ފޭރިގަނެ، މަރާލާނެކަމުގެ އިންޒާރުދިނުމުން ހައްޔަރު
Raajje

މަންމައަށް ވަޅިން ހަމަލާދީ، ފޯނު ފޭރިގަނެ، މަރާލާނެކަމުގެ އިންޒާރުދިނުމުން ހައްޔަރު

ހުޅުމާލެ ފޭސް 2 ހިޔާ އެޕާޓްމަންޓެއްގައި މަންމައަށް އަނިޔާކޮށް މަރާލާނެ ކަމުގެ އިންޒާރުދިން މައްސަލައެއް ގައި ދަރިފުޅު ހައްޔަރު ކޮށްފި އެވެ. ފުލުހުން މިއަދު ބުނީ، ހިޔާގެ 13 ވަނަ ޓަވަރުގެ އެޕާޓުމަންޓެއްގައި އަންހެނަކު ރޯ އަޑު އިވޭ ކަމަށް ރޭ 18:17 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. “މި ރިޕޯޓާއި ގުޅިގެން ފުލުހުން އެ އޕާޓުމެންޓް ދޮރުގައި ޓަކި ޖެހުމުން އަންހެނަކު ދޮރުހުޅުވި، އަދި އެ އަންހެން މީހާގެ ދަރިފުޅު އޭނާ އަށް އަނިޔާކޮށް ވަޅިން […]

ފަޅުރަށް ހޯދުމަށް ހުށައެޅީ 3 ކައުންސިލަކުން، އުތުރުގެ ރަށެއް ނުހިމެނޭ
Raajje

ފަޅުރަށް ހޯދުމަށް ހުށައެޅީ 3 ކައުންސިލަކުން، އުތުރުގެ ރަށެއް ނުހިމެނޭ

އިގްތިސޯދީ ނަފާ ހޯދުމަށް ކައުންސިލްތަކަށް 25 އަހަރަށް ފަޅުރަށް ކުއްޔަށް ދޫކުރަން ސަރުކާރުން އެކުލަވައިލި އުސޫލުގެ ދަށުން ހުށަހެޅީ 3 ކައުންސިލަކުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ. އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ، ފަޅުރަށްރަށް ހޯދުމަށް ކައުންސިލްތަކުން ހުށައެޅި ޕްރޮޕޯސަލް ވަޒަން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު އުމަރު ވާހަކަފުޅު ދައްކަވަމުންނެވެ. ފަޅުރަށްރަށް ހޯދުމަށް މިކަމަށް ޝައުގުވެ...

ޔުނިވާސަލްގެ ހަރަދުގައި، ތިން ޑޮކްޓަރަކަށް ސްޕެޝަލައިޒް ވުމަށް ސްކޮލަޝިޕް
Raajje

ޔުނިވާސަލްގެ ހަރަދުގައި، ތިން ޑޮކްޓަރަކަށް ސްޕެޝަލައިޒް ވުމަށް ސްކޮލަޝިޕް

ޔުނިވާސަލް ފައުންޑޭޝަނުގެ ޚަރަދުގައި ތިން ޑޮކްޓަރަކަށް ސްޕެޝަލައިޒްވުމުގެ ފުރުސަތުދީފި އެވެ. މި އަހަރުގެ ސްކޮލަޝިޕްތައް ހަވާލުކޮށްފައިވަނީ، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ސްކޮލަޝިޕްގެ ފުރުސަތު މި އަހަރު ލިބިފައިވަނީ، ކަރުން މަތީގެ ބަލިތަކަށް ޚާއްސަ ވުމަށް، ޑރ. ފާތިމަތު މިޝްފާ ވަސީމް އާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ވުމަށް ޑރ. ނުހާ އަބްދުލް ރަހްމާން އަދި ސާޖަރީއަށް ޚާއްސަ ވުމަށް ޑރ. އާމިނަތު ނަޖުދާ އަށެވެ. އަލްމަރްހޫމް ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގަ […]

ބެންކޮކުން އައި ދިވެއްސެއްގެ އަތުން 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
Raajje

ބެންކޮކުން އައި ދިވެއްސެއްގެ އަތުން 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ތައިލެންޑުގެ ބެންކޮކުން ރާއްޖެ އައި ދިވެއްސެއްގެ އަތުން 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ. ކަސްޓަމްސް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އައި 33 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުންކަމަށެވެ. މި ފަސިންޖަރުގެ ފޮށިތައް އިތުރަށް ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުނެވެ. އިބްތިދާއީ ތަޙުލީލުތަކުން ދައްކާ ގޮތުގައި މިއީ މެފެޑްރޯން (Mephedrone) ގެ ބާވަތެއްގެ މަސްތުވާ...

ނައިބު ރައީސް ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަށް ސަމޯއާއަށް
Raajje

ނައިބު ރައީސް ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަށް ސަމޯއާއަށް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މިއަދު ސަމޯއާއަށް ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމެވެ. އެމަނިކުފާނާއެކު ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއްވެސް ވަނީ މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ނައިބު ރައީސް ގިނަ ސެޝަންތަކެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި، އަދި ބައެއް މުހިންމު ބަޔާންތައް އިއްވަވާނެ ކަމަށް ވަނީ ރޭވިފައެވެ. މި ބައްދަލުވުމަކީ ކޮމަންވެލްތުގެ...

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރޮފެޝަނަލް ސްޕީކަރުންގެ ސަމިޓުގައި ބައިވެރިވުމަށް ހުޅުވާލައިފި
Raajje

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރޮފެޝަނަލް ސްޕީކަރުންގެ ސަމިޓުގައި ބައިވެރިވުމަށް ހުޅުވާލައިފި

މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކަރސް އެސޯސިއޭޝަން (އެމްޕީއެސްއޭ) އިން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރޮފެޝަނަލް ސްޕީކަރުންގެ ސަމިޓަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. “ޑިސްކަވަރ އެންޑް ގްރޯ” ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓް އޮންނާނީ އެމްއެންޔޫ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޯޑިޓޯރިއަމްގައެވެ. މި ސަމިޓްގެ މައިގަނޑު މަޤްޞަދަކީ ވާހަކަދެއްކުމުގެ ހުނަރާއި މުވާޞަލާތީ ޤާބިލިއްޔަތު އިތުރުކުރުމެވެ. އެގޮތުން، މި ދާއިރާގައި ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަމިއްލަ ނަފްސަށް...

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަންގެ ދަރަނި އަނބުރާ ދެއްކުން އަހަރަކަށް ފަސްކޮށްދެއްވައިފި
Raajje

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަންގެ ދަރަނި އަނބުރާ ދެއްކުން އަހަރަކަށް ފަސްކޮށްދެއްވައިފި

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާފައިވާ މާލީ އެހީތެރިކަމުގެ ތެރެއިން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް ފަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމަވާފައިވެއެވެ. މި ނިންމެވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އައި ނިންމުމެކެވެ. މިއީ މި އަހަރު ތެރޭގައި ދައްކަންޖެހޭ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ މިދިޔަ މެއި މަހުގެ 1...

މާދަމާ ރޭ އުރީދޫއިން އައިފޯން 16 ސީރީޒް ޕްރީއޯޑަރަށް ހުޅުވާލަނީ
Business

މާދަމާ ރޭ އުރީދޫއިން އައިފޯން 16 ސީރީޒް ޕްރީއޯޑަރަށް ހުޅުވާލަނީ

އެޕަލްގެ އެންމެ ފަހުގެ އުފެއްދުމެއް ކަމަށްވާ އައިފޯން 16 ސީރީޒްގެ ފޯނުތަކަށް ޕްރީއޯޑަރ ކުރުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސްއިން މާދަމާ ރޭ ދަންވަރު 12:00 ގައި ހުޅުވާލާނެކަމަށް ހާމަކޮށްފި އެވެ. ޝައުޤުވެރިވާ ފަރާތްތަކަށް އުރީދޫގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކޮށްފައިވާ ޞަފްޙާއިން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އައިފޯން 16 ސީރީޒްގައި ހިމެނެނީ އައިފޯން 16، 16 ޕްލަސް، 16 ޕްރޯ އަދި 16 ޕްރޯ މެކްސްއެވެ. މި ސީރީޒްގެ ފޯނުތަކުގައި އައު އޭ18 އަދި އޭ18 ޕްރޯ ޗިޕްތައް […]

ވައިގެމަގުން އެތެރެކުރަން އުޅުނު 3.58 ކިލޯގެ މަސްތުވާތަކެތި އަތުލައި މީހަކު ހައްޔަރުކޮށްފި
Raajje

ވައިގެމަގުން އެތެރެކުރަން އުޅުނު 3.58 ކިލޯގެ މަސްތުވާތަކެތި އަތުލައި މީހަކު ހައްޔަރުކޮށްފި

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.58 ކިލޯއަށްވުރެއްގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އަތުލައި މީހަކު ހައްޔަރުކޮށްފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ސަމަންދަރު، އުމުރުން 35 އަހަރުގެ އަޙްމަދު އަޙުސަންއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 16ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވެއެވެ. އަޙްމަދު އަޙުސަންގެ ބ...

ދިރިއުޅުމަކީ އަގުހުރި އެއްޗެއް، ރައްކާތެރިކަމާއެކު ދުއްވާ: ރައީސް މުއިއްޒު
Raajje

ދިރިއުޅުމަކީ އަގުހުރި އެއްޗެއް، ރައްކާތެރިކަމާއެކު ދުއްވާ: ރައީސް މުއިއްޒު

މަގުމައްޗަކީ އެންމެންނަށްވެސް ރައްކާތެރި ތަނަކަށް ހެދުމަށް ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ، މީސްމީޑިޔާގައި ވީޑިއޯއެއް ހިއްސާކުރައްވަމުން ނެވެ. “މާކަނާ ޝޯ” އުފެއްދި ޔާމީން ރަޝީދުގެ ސެލްމިން އެނިމޭޝަން ސްޓޫޑިއޯއިން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އެނިމޭޓެޑް ވީޑިއޯއެކެވެ. މި ވީޑިއޯއާ ގުޅުވައިގެން ރައީސް ވަނީ މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ނުރައްކާތެރިކަން ފާހަ...

އުރީދޫ އާއި ވިލާ ކޮލެޖު ގުޅިގެން ޑިޖިޓަލް ދާއިރާގެ ތަމްރީނު ފުރުސަތުތަކެއް!
Business

އުރީދޫ އާއި ވިލާ ކޮލެޖު ގުޅިގެން ޑިޖިޓަލް ދާއިރާގެ ތަމްރީނު ފުރުސަތުތަކެއް!

އުރީދޫ މޯލްޑިވްސް އިން ވިލާ ކޮލެޖާ އެކު ސްޓްރެޓެޖިކް ޕާޓްނަޝިޕެއް ޤާއިމުކޮށްފި އެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޑިޖިޓަލް ދުނިޔެއެއްގައި ކުރިއަށް އޮތް ޖީލު ބާރުވެރިކުރުވުމަށްޓަކައި ތަމްރީނާއި އިންޓަރންޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. މި އެއްބަސްވުމުގެ ދަށުން، ވިލާ ކޮލެޖުގެ މިހާރުގެ އަދި ކުރީގެ ދަރިވަރުންނަށް އައު މަގުތަކެއް ހުޅުވިގެންދާނެއެވެ. ޚާއްޞަކޮށް، އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ އަރިހުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބި، ޓެލެކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކުރި...

ހުޅުމާލޭގައި އިލްމު އިންސްޓިޓިއުޓްގެ އައު މަރުކަޒު ހުޅުވައިފި
Raajje

ހުޅުމާލޭގައި އިލްމު އިންސްޓިޓިއުޓްގެ އައު މަރުކަޒު ހުޅުވައިފި

ހުޅުމާލޭގައި އިލްމު އިންސްޓިޓިއުޓްގެ ފޯ އިސްލާމިކް ސްޓަޑީޒްގެ އައު މަރުކަޒެއް ހުޅުވައިފިއެވެ. މި މަރުކަޒު ޤާއިމުކޮށްފައިވަނީ ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ ރެނަޓަސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައެވެ. އެއީ ބޭންކް އޮފް މޯލްޑިވެސް ޑޮލަރު އޭޓީއެމް ހުންނަ އިމާރާތުގެ ފުރަތަމަ ފަންގި ފިލާއެވެ. އައު މަރުކަޒުގައި ފަސް ކްލާސްރޫމާއި، ރިސާރޗް ރޫމަކާއި، އެގްޒެކެޓިވް އޮފީސް ބައެއް ހިމެނެއެވެ. މި މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛު ޙުސައިން ޝަރީފެވެ. އިލްމު...