އިމިގްރޭޝަން އޮފިސަރ ޓްރެއިނީންގެ 50 މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް
މޯލްޑިވްސް އިމިގްރޭޝަނުން އިމިގްރޭޝަން އޮފިސަރ ޓްރެއިނީންގެ 50 މަޤާމަށް މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ބޭއްވުމަށް ނިންމައިފިއެވެ. އިމިގްރޭޝަނުން ބުނެފައިވަނީ، މި ފުރުޞަތަކީ ޤައުމަށް ޚިދުމަތްކުރުމަށާއި ޤައުމުގެ ބޯޑަރު ކޮންޓުރޯލް ކުރުމާއި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓީމެއްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލިބޭ މުހިންމު ފުރުޞަތެއްކަމަށެވެ. މި މަޤާމުތަކަށް ކުރިމަތިލެވޭނެ އެންމެ ދަށް ޝަރުޠުތަކުގެ ތެރޭގައި، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނެއްގައި ދެ މާއްދ...