ނޮޅިވަރަންފަރު ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި
ހދ. ނޮޅިވަރަންފަރު ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މި ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ސްކޫލު ކަރިކިއުލަމްގެ ތެރޭގައި ހިމެނޭ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމަށް، އެ ސްކޫލުގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ފްލޯޓް ކުރާނެ ގޮތާއި، ކިކް ޖަހާނެ ގޮތާއި، ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައި...