ހުރިހާ ރައްޔިތުން ނިކުންނަވާ ރައީސް ނަޝީދާއި އަސްލަމްއަށް ވޯޓު އަޅެއްވުމަށް މުޙައްމަދު ޝިފާޢު ގޮވާލައްވައިފިއެވެ.
ސިފާއު މިހެން ގޮވާލެއްވީ ހިންނަވަރުގައި މިރޭ ބޭއްވި އަސްލަމްގެ ކެންޕެއިން ޖަލްސާއެއްގައެވެ.
މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ދިފާއުކުރުމަށްޓަކައި އަޅުގަނޑުމެން މަޖިލިސް ތެރޭގައި އެމްޑީޕީގެ ނައިބު ރައީސްއަކު އަޅުގަނޑުމެންނާއެކު ބަހައްޓައި ދިނުމަށް އަސްލަމްއަށް ވޯޓުދެއްވުމަށެވެ.
މިއަދު ހަވީރު އަސްލަމްގެ ކެންޕެއިން ޓީމާއިއެކު ޅ. ކުރެންދޫއަށް ވަޑައިގެން ޝިފާއު ދެއްކެވި ވާހަކައިގައި ވިދާޅުވީ އެމްޑީޕީގެ ދެރައީސުން ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހިން މުޙައްމަދު ޞާލިޙު އެއްކަމަކަށް އިއްތިފާގުވުމުން އާއްމު މެމްބަރުން އެކަމެއް ކޮށްނުދެއްވައި މިޕާޓީ ކުރިމަގު ސަލާމަތެއް ނުކުރެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!