ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކަށް ހައްލުހޯދަން އެންމެ ފަހުން ރައީސްގެ އަރިހަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޓެކްސީ ދުއްވާ ޑްރައިވަރުންވަނީ، އެ ބޭފުޅުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކުރެވޭނެ ގޮތްތަކާމެދު ރައީސުލްޖުމްހޫރިއްޔާ އާއިއެކު މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޓެކްސީ ޑްރައިވަރުންގެ ފަރާތުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެއްގަމުގައި ދުއްވާ އިންޖީނު...