ހައިލަމް ކުރީ އިންސާނީ ކަރާމާތާ ހިލާފު އަމަލެއް، އެއީ ލާ އިންސާނީ މަންޒަރުތަކެއް: ހިއުމަން ރައިޓްސް ކޮމިޓީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވައިބާ ގުރޫޕަކަށް ފޮނުވުމަކީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއްކަމަށާއި އެއީ ލާ އިންސާނީ މަންޒަރުތަކެއް ސިފަކޮށްދޭ ކުރެހުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބުނެފިއެވެ. ލާ އިންސާނީ މަންޒަރުތަކެއް ސިފަކޮށްދޭ ކުރެހުމެއް ހައިލަމް ފޮނުވުމުން އެކަން ކުށްވެރިކޮށް މަޖިލީހު...