ކޯވިޑް-19 އިން ރައްކާތެރިވުމަށް މާފުށީ ޖަލު ސާފުކުރުމުގެ މަސައްކަތް ފަށައިފި
ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާފުށީ ޖަލުގެ އޮފިސަރުން މިއަދު އެ ޖަލު ސާފުކުރުމާއި ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ. މާފުށީ ޖަލުގައި ކުރިއަށް ގެންދާ މި މަސައްކަތަކީ ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެގައި 30 ދުވަހަށް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅިގެން، މި ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުން އަދި ޖަލުތަކުގައި މަސައްކަތްކުރަމުންދާ އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކަލައްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން...