ކޮވިޑް-19: އިސްލާމިކް މިނިސްޓްރީގެ އިލްތިމާސްތައް
ކޮވިޑް-19 ގެ ނުރައްކާ ކުރިމަތި ވެފައިވާ މިދަނޑިވަޅުގައި އަމަލުތައް ބަހައްޓަންވީގޮތް ބަޔާންކޮށް އިސްލާމިކް މިނިސްޓްރީން ނޫސް ބަޔާނެއް ނެރެފިއެވެ. އެނޫސް ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) ރާއްޖެއިން ފެނިފައިވުމާއި، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، މިވައިރަސްގެ ޢަލާމާތްތައް ކަމަށް ބެލެވޭ ހުންއައުމާއި، ރޯގާ ޖެހުމާއި، ކެއްސާ ކިނބިހިއަޅާ މީހުންނާއި، ކަރަންޓީން ކޮށްފައިވ...