ހދ. ފިނޭ ކައުންސިލުން ފުޓުސަލް މުބާރާތެއް ބާއްވަން ނިންމައި، ޢިއުލާން ކޮށްފިއެވެ.
އެކަމާއި ގުޅޭ ގޮތުން ފިނޭ ކައުންސިލުން ކޮށްފައިވާ ޢިއުލާންގައި ވަނީ މި އަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، "ކައުންސިލު ކަޕް 2020" ގެ ނަމުގައި ފުޓުސަލް މުބާރާތެއް ބޭއްވުމަށް އެ ކައުންސިލުން ނިންމާފައިވާކަމަށެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފިޠުރު ޢީދު ދުވަސްކަމަށް ވާ 2020 މެއި 24 ވަނަ ދުވަހުކަމަށްވެސް އެޢިއުލާންގައި ވެއެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު 2020 އޭޕްރީލް 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފިނޭ ކައުންސިލަށް ހުށަހެޅުމަށް ފުރުޞަތުވަނީ ހުޅުވާލާފައެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ދޫކުރުމާ ބަލައިގަތުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އާ ދެމެދު އެ ކައުންސިލް އިދާރާގައެވެ.
ފޯމާއެކު މުބާރާތުގެ ޤަވާއިދު ލިބޭނެ އިންތިޒާމުވެސް އެ ކައުންސިލުންވަނީ ހަމަޖައްސަަފައެވެ.
މިމުބާރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފިނޭ ކައުންސިލްގެ ރައީސް ހަސަން ރަޝީދު ވިދާޅުވީ މިބުރާތް ރޭވިފައިވަނީ ލީގު އުސޫލުން ކުޅޭ ގޮތަށް ކަމަށެވެ. އަދި ފިނޭގައި ހުރި މުވައްސަސާތަކަށާއި، ކްލަބް ޖަމްޢިއްޔާތަކަށް މިމުބާރާތުގައި ބައިވެރި ވެވޭނެ ކަމަށެވެ.
ހަސަން އިތުރަށް ވިދާޅުވީ މި މުބާރާތަކީ ކައުންސިލުން ފުރަތަމަ ބާއްވާ ފުޓުސަލް މުބާރާތް ކަމަށާއި، މިމުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ފިނޭގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، ވާދަވެރި މާހައުލެއްްގައި ކުޅިވަރު ކުޅެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
ެައަންނަ ރަމަޟާން މަހު ފިނޭ ކައުންސިލްގެ ޤުރުއާން މުބާރާތް އޮންނާނެ ކަމަށްވެސް ޙަސަން ވިދާޅުވިއެވެ.
ފިނޭ ކައުންސިލުން އަންނަނީ ރަށުގެ އިޖުތިމާއީ ދުޅަހެޔޮކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!