''ފަރު ފަޅު ހިއްކާ ނެރު ގޮއްވާ ކަނޑު ފަޅު ގޮނޑުކުރާ ސިޔާސަތަކީ'' ދެކޮޅު ޖެހޭ ސިޔާސަތެއްނޫން: ބޮންޑޭ
ތިމާވެށީގެ ނަމުގައި ވިޔަފާރިތައް މަނާކޮށް، ރައްޔިތުންގެ ދިރިއުޅުމާއި އަދި އާމްދަނީއަށް ހުރަސްއަޅާ ޒާތުގެ މުއާހަދާތަކުގައި ސޮއިކޮށް ހިންގާ ބައެއް ކަންކަމަކީ ދެކޮޅު ޖެހޭ ސިޔާސަތެއްނޫންކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ. މެމްބަރު ބޮންޑޭ މިހެން ވިދާޅުވީ ”ހުއިފިލަނޑާގެ ދެ ބާވަތެއް ބޭރު ކުރުމުގެ ހުއްދަ ދިނުން ހުއްޓާލަނީ” މި ސުރުޚީގެ ދަށުގައި ނޫހަކުން ގެނެސްދީފައިވާ ޚަބަރު އޭނާގެ ޓުވީޓާގައި ހިއްސާ ކުރަށްވަމުން ކުރެއްވި ޓުވީޓެއްގައި އެވެ. ބޮންޑޭ ވިދާޅުވީ ތ...