މެދުކަނޑާލި ކޭއާރުއެޗުގެ އޯޕީޑިގެ ޚިދުމަތް ފަށައިފި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ފަރުވާދިނުމަށްފަހު މާލެ ފޮނުވާލި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށީ މޮނިޓަރިންހާލަށް ގެނައުމުން މެދު ކަނޑާލި ކޭއާރުއެޗުގެ އޯޕީޑިގެ ޚިދުމަތް މިއަދު އަލުން ފަށައިފިއެވެ. މިގޮތުން މިއަދު 15:00 އިން ފެށިގެން އެ ހޮސްޕިޓަލްގެ އޯޕީޑީގެ ޚިދުމަތް ވަނީ ފަށާފައެވެ. އެކަން ހާމަކޮށް އެ ހޮސްޕިޓަލުން ބުނެފައިވަނީ ހޮސްޕިޓަލުގެ އޯޕީޑީގެ ޚިދުމަތް މިއަދު 1500 އިން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ. އަދި ކުރިން ލިބެމުން ދިޔަހެން ޓެލެކޮންސަލްޓޭޝަންގ...