އިންޑިޔާގެ ރައީސްކަން 2012 ވަނަ އަހަރުން 2017ވަނަ އަހަރަށް ކުރެއްވި އިންޑިޔާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވެއްޖެއެވެ.
ޕްރަނާބް މުކަރްޖީ އަވަހާރަވެފައިވާކަން އޭނާގެ ދަރިކަލުން އަބިޖީތު މުކަރުޖީވަނީ ޓްވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.
ޕުރަނާބު މުކަރުޖީ އަވަހާރަވީ އޮގަސްޓު މަހުގެ 10ވަނަ ދުވަހުން ފެށިގެން ހަސްފަތާލުގައި ފަރުވާދަމުން ދަނިކޮށެވެ. ހަސްފަތާލުގައި އެނދުމަތިކޮށްފައިވަނީ ޞިއްޙީ ޙާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެންނެވެ. ހަސްފަތާލުގައި ކުރި ތަހުލީލުތަކުން ސިކުނޑީގައި ލޭ ގަނޑުވެފައިވާކަމަށްވަނީ ދައްކާފައެވެ. އެއަށްފަހު ކުއްލި އޮޕަރޭޝަނެއްކުރުމަށްފަހު އެމަނިކުފާނު އޮންނެވީ ވެންޓިލޭޓަރުގައެވެ.
ހަސްފަތާލުގައި އެނދުމަތިކުރުމުގެ ކުރިން އޭނާއަށް ކޯވިޑް-19 ޖެހިފައިވާކަމަށްވެސް ޕްރަނާބް މުކަރްޖީވަނީ ހާމަކުރައްވާފައެވެ.
އަވަހާރަވިއިރު އުމުރުފުޅަކީ 84 އަހަރެވެ.
އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވުމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ ތައުޒިޔާ ފޮނުއްވާފައެވެ. ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރަނާބް މުކަރްޖީ އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ.
Sincere condolences to his family and the people of India following the passing of former Indian President Shri Pranab Mukherjee. Mr Mukherjee was a public servant of the highest caliber and his passing is a tremendous loss not only to India but the entire South Asian region.
— Ibrahim Mohamed Solih (@ibusolih) August 31, 2020
އަދި ޕްރަނާބް މުކަރްޖީއަކީ ރައްޔިތުންނަށް ހިދުމަތް ކުރެއްވި ވަރަށް ގާބިލު ވެރިއެއް ކަމަށާއި އަދި އެމަނިކުފާނު އަވަހާރަވުމަކީ އިންޑިއާގެ އިތުރުން މުޅި ދެކުނު އޭޝިއާއަށް ވެސް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!