އަތޮޅުތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭވޭވަރަށް ޚިދުމަތްތައް ފުޅާކުރަނީ
އަތޮޅުތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭވޭވަރަށް ޚިދުމަތްތައް ފުޅާކުރަމުން ގެންދާކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ފާހަގަކުރި، ވޯލްޑް މެންޓަލް ހެލްތު ޑޭ އާއި ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބުލިޔު އެޗްއޯއިން ކުރިޔަށް ގެންދިޔަ، ދަ ބިގް އިވެންޓް ފޯރ މެންޓަލް ހެލްތުގައި ބައިވެރިވެ ވަޑައިގެން ދެއްވި މެސެޖުގައެވެ. ދިވެހި ބަހުން ރައީސުލްޖުމުހޫރިއްޔާ ދެއްވި މި މެސެޖުގައި ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމ...