ކުޅުދުއްފުށިން އިތުރު ޕޮޒިޓިވް ކޭހެއް، މިފަހަރު ބިދޭސީއެއް
ކުޅުދުއްފުށީ ސިޓީއިން ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެ ސިޓީއިން މިފަހަރު ކޯވިޑަށް ޕޮޒިޓިވް ވެފައި ވަނީ އެ ސިޓީގެ ކާނިވަލް ކޮމްޕެނީގައި މަސައްކަތް ކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. މިއީ ކުޅުދުއްފުށި ސިޓީއިން ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނަށް ކެއިން ބުއިންމުގެ ކަންތައްތައް ހަމަޖެއްސުމަށް މަސައްކަތް ކުރާ، އެ ސިޓީގެ ކާނިވަލް ކޮމްޕެނީގެ މީހެކެވެ. އެ މިހާ ޕޮ...