ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން މާލޭގެ މަގުތައް ސާފުކުރުމުގެ ހާއްސަ ހަރަކާތެއް
މާލޭ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން މާލޭގެ މަގުތައް ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ފަށައިފި އެވެ. ވެމްކޯ އަދި މަލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން ހިމެނޭ ގޮތަށް ގްރޫޕުތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމަކީ ހަފުތާއެއްގެ ތެރޭ މުޅި މާލެ އެއްކޮށް ސާފުކުރުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެކެވެ. މި ހަރަކާތުގެ ދަށުން، މާލޭގެ މަގުތަކަށް އުކާލާފައިވާ ކުނިތައް ނަގައި، މަގުތައް މުޅިން ސާފުކުރުމުގެ މަސައްކަތްކުރާނެ ކަމަށް ސިޓީކައުންސިލުން ކުރި ޓުވިޓެއްގައި ބުނ...