މާލޭ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން މާލޭގެ މަގުތައް ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ފަށައިފި އެވެ.
ވެމްކޯ އަދި މަލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން ހިމެނޭ ގޮތަށް ގްރޫޕުތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމަކީ ހަފުތާއެއްގެ ތެރޭ މުޅި މާލެ އެއްކޮށް ސާފުކުރުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެކެވެ.
މި ހަރަކާތުގެ ދަށުން، މާލޭގެ މަގުތަކަށް އުކާލާފައިވާ ކުނިތައް ނަގައި، މަގުތައް މުޅިން ސާފުކުރުމުގެ މަސައްކަތްކުރާނެ ކަމަށް ސިޓީކައުންސިލުން ކުރި ޓުވިޓެއްގައި ބުނެފައިވެ އެވެ. މިހަރަކާތުގެ ދަށުން ހުޅުމާލޭގެ އިތުރުން ވިލިމާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް މަޢުލޫމާތު ދީފައިވެއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މި ޕްރޮގްރާމަކީ މިވަގުތު މާލޭގެ މަގުތަކަށް އަޅާފައިވާ ކުނިތައް ނަގާ ސާފުކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
ވެމްކޯގެ 40 މުވައްޒަފުންނާއި ސިޓީކައުންސިލްގެ މުވައްޒަފުން ހިމެނޭގޮތަށް 7 ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިޕްރޮގްރާމްގެ އަމާޒަކީ ހަފްތާއެއްގެ ތެރޭގައި މުޅި މާލެ އެއްކޮށް ސާފު ކުރުން، މަސައްކަތު ގަޑިތައް ބަހާލާފައި ވަނީ މުއައްޒަފުންނަށް ބުރަ ނުވާނޭހެން ހެނދުނު 9 އަކުން ފެށިގެން މެންދުރު ނަމާދުގެ ވަގުތައް ހުއްޓާލުމަށް ފަހު ހަވީރު ފަށާގޮތައް
މި ހަރަކާތުގެ ދަށުން މާލޭގެ ހުރިހާ މަގެއް ސާފުކުރުމަށް ވަނީ ނިންމާފައިކަން ފާހަގަ ކުރަމުން ސިޓީކައުންސިލުން ބުނެފައިވެއެވެ.
އެ ހަރަކާތަކީ ޖުމްހޫރީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީގެ މަގުތައް ސާފުކުރުމަށް ފެށި ޕްރޮގްރާމެއް ކަމަށެވެ.
— Male' City Council (@MaleCitymv) November 7, 2020
މިހާރުވެސް މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަށްޓަކައި ކޮންމެ ރެއަކު ވެމްކޯގެ މުވައްޒަފުން އަންނަނީ މަގުތަކުގައި ކުނިކަހަމުންނެވެ. މާލެއަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި މިފަދަ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!