ހޯރަފުށި އެއާޕޯޓަށް އަންނަ ހޯމަދުވަހު ޓެސްޓް ފްލައިޓް ޖައްސަނީ
ސަރުކާރުން މިމަހުގެ 17ގައި ރަސްމީކޮށް ހޯރަފުށީ އެއާރޕޯޓް ހުޅުވުމަށް އަމާޒު ހިފާފައިވާއިރު، މިމަހުގެ 16 ވާ ހޯމަ ދުވަހު، އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަން ނިންމައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރާއި ހަވާލާދީ ދައުލަތުގެ މީޑިއާ ”ޕީއެސްއެމްނިއުސް”ގައި ބުނެފައިވަނީ އަންނަ ހަފްތާގެ ހޯމަދުވަހު ހޯރަފުށީގައި ތަރައްޤީކޮށްފައިވާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާނެކަމަށެވެ. އަދި އެ އެއާޕޯޓް ރަސްމީކޮށް މިމަހުގެ 17 ވަނަ ދުވަހު ހުޅުވަން ނިންމާފައިިވާކަމަށެވެ. މީގެއިތުރުނ...