ތުރުކީ ވިލާތުގައި އޮންނަ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ތުރުކީ ވިލާތުގައި އޮންނަ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިއަދު ހުޅުވާލައިފިއެވެ. މި މުބާރާތަކީ މި އަހަރުގެ ސެޕްޓެމްބަރ 29 އިން އޮކްޓޯބަރ 10އަކަށް ތުރުކީ ވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ 8 ވަނަ އިންޓަނޭޝަނަލް ޤުރްއާން މުބާރާތެވެ. ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުން ވިދާޅުވި ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. އެހެންކަމުން މި މުބާރާތުގައި ހިމެނޭ ގޮފިތަކުން ދެ ގޮތްޕެއްގައި ރާއްޖެއިން ބައިވެ...