މީޑިއާތަކަށް އިންޒާރުދިންކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދިއްޖެ
ފުލުހަކު މީޑިއާތަކަށް އިންޒާރުދިންކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދިފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބުނެފިއެވެ. ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެރިރަށް މާލޭގައި މުޒާހަރާއެއް ކުރިއަށް ގެންދިޔަ ސަރަހައްދުގައި މިފަދަ ކަމެއް ހިނގާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރޭގައި ވަނީ ރިޕޯޓްކޮށްފައެވެ. މިއަދު އެމްއެމްސީން ކުރި ޓްވީޓެއްގައި ބުނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތްތަކުގެ ތެރެއިން ރޭ މާލ...