ގދ. ލޮނުދޫހުއްޓާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް ވިދާޅުވީ އެރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އިދާރާގެ ސަދަން އޭރިއާ ކޮމާންޑް، ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Ad
rt

އެ ރަށުގައި ރޯވި އަލިފާން ނިއްވާލުމަށް ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން މިހާރު ދަނީ އެ ރަށަށް ދަތުރުކުރަމުންނެވެ.

ގދ. ލޮނުދޫހުއްޓާއަކީ 2005 ވަނަ އަހަރުގެ މެއި 5 ވަނަ ދުވަހު، ރިސޯޓު ތަރައްގީކުރުމަށް 35 އަހަރުގެ މުއްދަތަށް ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕަރައިވެޓް ލިމިޓެޑް ދޫކޮށްފައިވާ ރަށެކެވެ.

މިރަށަކީ 8 ހެކްޓަރުގެ ބޮޑުމިނުގެ ރަށެކެވެ.