''ބޮޑު ތިލަދުންމައްޗަށް މިސަރުކާރުން މިގެންނަނީ ބޮޑު ބަދަލެއް''
ބޮޑު ތިލަދުންްމައްޗަށް މިސަރުކާރުން ގެންނަމުން ދަނީ ބޮޑު ބަދަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ. މިޢްވާން މިހެން ވިދާޅުވީ، ސަރުކާރުންކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ސަރުކާރުން ބޮޑުތިލަދުންމަތީގެ ތަރައްޤީއަށް ބޮޑެތި މަޝްރޫޢުތަކެއް ޕްލޭންކޮށްފައިވާއިރު އޭގެ ތެރޭގައި ކުޅުދުއ...