މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
3,005 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ނޮޅިވަރަންފަރު ފެނުގެ ނިޒާމު އިފްތިތާޙްކޮށްފި
Thiladhunmathi News

ނޮޅިވަރަންފަރު ފެނުގެ ނިޒާމު އިފްތިތާޙްކޮށްފި

ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމް މިއަދު އިފްތިތާޙް ކޮށްފިއެވެ. މިކަމަށް ނޮޅިވަރަންފަރުގައި މިއަދު އޮތް ރަސްމިއްޔާތުގައި އެރަށު ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވީ މަސްވެރިކަމާ، ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަންއާއި، ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙްމަދު ސައީދު އެވެ. މި ރަސްމިއްޔާތުގައި ތިމާވެއްޓާބެހޭ ވަޒީރު އައިމިނަތު ޝައުނާ އާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޢަބުދު ﷲ ވެސް ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި ވަޒީރު ޝައުނާ ދެއްކެވި ވާހަކާގައި މޫސުމަށް އަންނަ ބަ...

ކުޑަކުދިން މަސްތުވާތަކެތިން ސަލާމަތް ކުރުމަކީ އޮތް އެންމެ ބޮޑު އެއް ޒިންމާ: ރައީސް
Raajje

ކުޑަކުދިން މަސްތުވާތަކެތިން ސަލާމަތް ކުރުމަކީ އޮތް އެންމެ ބޮޑު އެއް ޒިންމާ: ރައީސް

ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމަކީ، މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑުއެއް ޒިންމާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، “ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް” އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިސިމްޕޯޒިއަމް ކުރިއަށްދަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން “ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް” އާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މިސިމްޕޯޒިއަމް މިބޭއްވީ އެކަމަށ...

މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް މީހަކު ހޯދަން ޢިއުލާންކޮށްފި
Raajje

މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް މީހަކު ހޯދަން ޢިއުލާންކޮށްފި

ރައްޔިތުންގެ މަޖިލިސްގެ ހުސްވެފައިވާ ސާޖެންޓް އެޓް އާމްސްގެ މަޤާމަށް މީހަކު ހޯދަން އެ އިދާރާއިން ޢިއުލާންކޮށްފިއެވެ. ރައްޔިތުންގެ މަޖިލިސްގެ ސާޖެންޓް އެޓް އާމްސްގެ މަޤާމް ހުސްވީ، އެ މަޤާމްގައި ކުރިން ހުންނެވި މުހައްމަދު ހަލީމް، 24 އޯގަސްޓް 2022 ގައި މަޤާމުން ވަކިކުރުމުންނެވެ. އޭނާ އެ މަޤާމަށް ހަމަޖައްސާފައި ވަނީ އޮކްޓޫބަރު 31، 2013 ގައެވެ. އޭނާ މަޤާމުން ވަކިކުރީ ދޮޅު އަހަރެއްހާ ދުވަހު ސަސްޕެންޝަންގައި ބެހެއްޓުމަށްފަހުއެވެ. މަޖިލިސް އިދާރާގެ އޮނިގަނޑު ރާވާފައިވާ ގޮތުން ސާޖެންޓް އެޓް […]

ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާކީވެތިބެ ރައްކާތެރިކަން ހޯދޭނެކަމަށް ހީވާނަމަ އެއީ ކޮށި ވިސްނުމެއް: މާރިޔާ
Raajje

ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާކީވެތިބެ ރައްކާތެރިކަން ހޯދޭނެކަމަށް ހީވާނަމަ އެއީ ކޮށި ވިސްނުމެއް: މާރިޔާ

ބައިނަލްއަޤްވާމީ މުޖުތަމަޢުން ބާކީވެތިބެ ރައްކާތެރިކަން ހޯދޭނެކަމަށް ހީވާނަމަ އެއީކޮށި ވިސްނުމެއް ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، މިއަދު ދިވެހި ސިފައިންނަކީ ރައްޔިތުންގެ ލޯބި ލިބިފައިވާ، ރައްޔިތުންގެ އިޙުތިރާމް ލިބިފައިވާ، ރައްޔިތުން އިތުބާރުކުރާ، ރައްޔިތުންނަށް ޖަވާބުދާރީ...

އާސަންދަ ކުންފުނިން، ފަސް ހޮސްޕިޓަލަކަށް ޓީވީ ހަދިޔާކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި
Raajje

އާސަންދަ ކުންފުނިން، ފަސް ހޮސްޕިޓަލަކަށް ޓީވީ ހަދިޔާކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

އާސަންދަ ކުންފުނީގެ ފަރާތުން ރީޖަނަލް އަދި އަތޮޅު ހޮސްޕިޓާތަކަށް ޓީވީ ހަދިޔާކުރުމުގެ ފުރަތަމަ ބުރުގެ ދަށުން ޓީވީ ހަދިޔާކުރަން ނިންމާފައިވާ ހޮސްޕިޓާ ތަކާއެކު އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މިއީ، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދަން، ހޮސްޕިޓާ/ކްލިނިކްތަކަށް ދާ ރައްޔިތުންނަށް ޚާއްސަކޮށްގެން، ފާއިތުވީ އަހަރުގެ ޑިސެމްބަރު މަހު އާސަންދަ ކުންފުނިން ފެއްޓި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމް، ‘ވިލުން’ ގެ ދަށުން ކުރިއަށް ގެންދާ ކަމެއްކަމުގައި އާސަންދަ ކުންފުނިން ވިދާޅުވެއެވެ. އޮންލައިންކޮށް ކުރިއ...

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކާށިދޫގައި، މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި
Raajje

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކާށިދޫގައި، މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި

މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރާނެ ރަށަކީ ކ. ކާށިދޫކަމުގައި އަދި މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބާއްވާނެ ރަށަކީ ގދ. ފަރެސްމާތޮޑާކަމުގައި ސަރުކާރުން ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި ދުވަސްތައް މިއަހަރު ރަސްމީކޮށް ފާހަގަ ކުރާނެ ރަށްތައް ހަމަޖެއްސެވީ  ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ. އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި...

ބޯހިމެނުމަށް އެއްބާރުލުން ދޭން ރައީސް އެދިވަޑައިގެންފި
Raajje

ބޯހިމެނުމަށް އެއްބާރުލުން ދޭން ރައީސް އެދިވަޑައިގެންފި

މިއަދު ފެށި ބޯހިމެނުމުގެ މަސައްކަތް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. މިއަދު ހެނދުނު ބޯހިމެނުމުގެ މަސައްކަތް ފަށާފައިވާއިރު، އެކަމަށް މާލޭގައި ގާއިމުކޮށްފައިވާ މައި މަރުކަޒު، ދަރުބާރުގެއަށް މިއަދު ހެނދުނު ރައީސްވަނީ ވަޑައިގެންފައެވެ. އެތަނަށް ވަޑައިގެން އެކަމުގައި ޢަމަލީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައި ރައީސް ވަނީ، ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަދު އެފަށްޓަވަނީ ބުރަ އަ...

ހދ. އެފްސީއެސްސީ މުވައްޒަފުންނަށް ބޭސިކް ފަޔާ އެވެއާނަސް ޕްރޮގްރާމެއް
Thiladhunmathi News

ހދ. އެފްސީއެސްސީ މުވައްޒަފުންނަށް ބޭސިކް ފަޔާ އެވެއާނަސް ޕްރޮގްރާމެއް

ހދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ( އެފްސީއެސްސީ)ގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ބޭސިކް ފަޔާ އެވެއާނަސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީގައި ހުންނަ މި ސެންޓަރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި މި ޕްރޮގްރާމުގައި އެ ސެންޓަރުގެ 14 މުވައްޒަފަކު ބައިވެރިވިއެވެ. މި ޕްރޮގްރާމުގައި އަލިފާންނިވި އަދި އަލިފާން ބްލޭންކެ...

ދަފްތަރު އެކުލަވާލެވުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނަން: ރައީސް
Raajje

ދަފްތަރު އެކުލަވާލެވުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނަން: ރައީސް

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާއެކަމަށާއި، އެ މަސައްކަތް ނިމުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމާއި، އާސަންދައާއި، އެންސްޕާއާއި، ނުކުޅެދުންތެރިކަން ހުރި ފަރާތ...

ވިއަވަތި ކޮންފަރެންސް ފަށްޓަވައިދެއްވުމަށް ރައީސް، ލ. ގަމަށް
Raajje

ވިއަވަތި ކޮންފަރެންސް ފަށްޓަވައިދެއްވުމަށް ރައީސް، ލ. ގަމަށް

ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފަށްޓަވައިދެއްވުމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ލ. ގަމަށް މިއަދު ވަޑައިގެންފި އެވެ. މި ފަހަރުގެ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ މި އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލައް ސިޓީކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އެދެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވެއެވެ. ވިއަވަތި ރާއްޖެ ކޮންފަރެންސަކީ، ސީ...

ކުމުންދޫ ގޮނޑުދޮށުން ހުއްދަނެތި ކަށިވެލި، ދޮންވެލި އަދި އަކިރި ނުނަގަން ނަސޭހަތްތެރިވެއްޖެ
Thiladhunmathi News

ކުމުންދޫ ގޮނޑުދޮށުން ހުއްދަނެތި ކަށިވެލި، ދޮންވެލި އަދި އަކިރި ނުނަގަން ނަސޭހަތްތެރިވެއްޖެ

ގަވާއިދާ ހިލާފަށް ހދ. ކުމުންދޫ ގޮނޑުދޮށުން ކަށިވެލި، ދޮންވެލި އަދި އަކިރި ނުނަގަން އެރަށު ކައުންސިލުން ނަސޭހަތްތެރިވެއްޖެއެވެ. ކުމުންދޫ ކައުންސިލުން ކުރެއްވި ޢާންމު ޢިއުލާނެއްގައި ވިދާޅުވީ، މިހާރަކަށް އައިސް ގިނަ ފަރާތްތަކުން އެރަށު ގޮނޑުދޮށުން ކަށިވެލި، ދޮންވެލި އަދި އަކިރި ނަގާކަން ފާހަގަ ކުރެވިފަވާ ކަމަށެވެ. ހުއްދަނެތި ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާބެހޭ ޤާނޫނު އަދި ކުމުންދޫ ކައުންސިލްގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤަވާއިދުގެ ދަށުން މަ...

ހދ. އަތޮޅު ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ހދ. އަތޮޅު ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި

ހދ. އަތޮޅުގެ ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމާއި ވިޔަ މޮޑިއުލް އަދި ދައުލަތުގެ މާލިއްޔަތު ޤަވާޢިދަށް އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައިފިއެވެ. ހަތަރު ދުވަހުގެ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ ސެޕްޓެމްބަރ 5 އިން 8 އަށް ކުޅުދުއްފުށީ ސިޓީގައެވެ. މި ތަމްރީން ޕްރޮގްރާމް ނިންމާލައި، ބުރާސްފަތި ދުވަހު ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފައިވާއިރު، ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކުގެ ޕްރޮކިއ...

މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފި
Raajje

މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފި

މާލޭ ސިޓީ ކައުންސިލުން އެ ސިޓީގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފިއެވެ. މާލޭގެ އާއްމު ސަރަހައްދުތައް ބަލަހައްޓަން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމަރާ ނިޒާމާއި އެ ސަރަހައްދުން ވޯޓާ ސަޕްލައި ފެން ލިބޭނެ އިންތިޒާމު އިފްތިތާހު ކުރީ އެކަމަށް އެ ސަރަހައްދުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މިއާއިއެކު އެ ހަފްތާއެއްގެ ހުރިހާ ދުވަހަކުވެސް ސަރަހައްދުގެ ސެކިއުރިޓީ 24 […]

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަނެއްކާވެސް ތިން މީހަކު ހައްޔަރުކޮށްފި
Raajje

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަނެއްކާވެސް ތިން މީހަކު ހައްޔަރުކޮށްފި

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަނެއްކާވެސް ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ. އެއީ، 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެކެވެ. ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އެ މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފައިކަމަށް ފުލުހުން […]

ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި
Raajje

ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ވެރިރަށް މާލޭގައި ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތިން ފުލުހަކަށް ހަމަލާދީފައިވާ ކަމަށާއި އެ މަައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކުރީ މިއަދު ހެނދުނު 11:50 ހާއިރު ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ”އަނިޔާވި ތިން ފުލުހުންނަށް އޭޑީކޭ ގައި ދަނީ ފަރުވާ ދެމުން، ތިން ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާވެފައިވޭ” ފުލުހުން ވިދާޅުވިއެވެ. ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކ...