ތިން ވަޒީރެއްގެ ތާއީދު ރައީސް ޞާލިޙަށް
ވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާކަމަށް ތިން ވަޒީރަކު ހާމަކުރައްވައިފިއެވެ. އެ ތިން ވަޒީރުންނަކީ ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރާއި، ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފާއި އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ އެވެ. މިގޮތުން މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ބާއްވާ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އޭނާގެ ފުރިހަމަ ތާއީދު ރައ...