މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,454 Stories
3,191 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އިދިކޮޅު ކޯލިޝަނުން މިރޭ ވެސް މުޒާހަރާއަށް
Raajje

އިދިކޮޅު ކޯލިޝަނުން މިރޭ ވެސް މުޒާހަރާއަށް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ގޮވައިލާ އިދިކޮޅުން ވެރިރަށް މާލޭގައި މިރޭ ވެސް މުޒާހަރާ ފަށައިފިއެވެ. ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު […]

މ. އަތޮޅު މަދަރުސާގައި އެޅި ކްލާސް ރޫމްތަކާއި ހޯލް ބޭނުން ކުރަންފަށައިފި
Raajje

މ. އަތޮޅު މަދަރުސާގައި އެޅި ކްލާސް ރޫމްތަކާއި ހޯލް ބޭނުން ކުރަންފަށައިފި

‏މ. އަތޮޅު މަދަރުސާގައި އެޅި 8 ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލް ބޭނުން ކުރަން ފަށައިފިއެވެ. ތައުލީމާބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މ. އަތޮޅު ކޮޅުފުށީ ގައި ހުންނަ އެ އަތޮޅު މަދަރުސާގައި މި ސަރުކާރުން ޢިމާރާތްކުރި 8 ކިލާސް ރޫމާއި، މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ނިމި ވަނީ ބޭނުން ކުރަން ފަށާފައެވެ. މި އިމާރާތްތަކާއެކު ދެން އެ މަދަރުސާ ވެގެން ދާނީ އެއް ދަންފަޅިއަކަށް ކިޔަވައިދޭ ތަނަކަށް ކަމަށް ތައުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. […]

ހޯރަފުށީ މަގުތަކުގައި އަނބު ގަސް އިންދުމުގެ ހަރަކާތެއް
Thiladhunmathi News

ހޯރަފުށީ މަގުތަކުގައި އަނބު ގަސް އިންދުމުގެ ހަރަކާތެއް

ހއ. ހޯރަފުށީ މަގުތަކުގައި އަނބު ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މި ހަރަކާތުގެ ދަށުން 77 އަނބު ގަސް އެރަށުގެ މަގުތަކުގައި ވަނީ އިންދާފައެވެ. މީގެ އިތުރުން ހޯރަފުށި ފެހި ކުރުމުގެ ފުރަތަމަ ހަރަކާތުގެ ތެރެއިން 44 އަނބު ގަސް އިންދާފައިވާކަން އެ ކައުންސިލުން ވަނީ ފާހަގަ ކުރަށްވާފައެވެ. ހޯރަފުށީގެ މަގުތަކުގައި އަނބު ގަސް އިންދުމަށް މިފަހަރު ހިންގި މި ހަރަކާތަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) [...

ރައީސް ޞާލިހާށް ރިޔާސީ އިންތިޚާބުގައި 20 ޕަސެންޓް ވޯޓް ވެސް ނުލިބޭނެ: އުތީމު ރައީސް
Raajje

ރައީސް ޞާލިހާށް ރިޔާސީ އިންތިޚާބުގައި 20 ޕަސެންޓް ވޯޓް ވެސް ނުލިބޭނެ: އުތީމު ރައީސް

އަންނަ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވާދަކުރެއްވިނަމަ ވެސް އެ އިންތިޚާބުގައި ވޯޓުލާ މީހުންގެ 20 ޕަސެންޓް ވޯޓުވެސް އެމަނިކުފާނަށް ނުލިބޭނެކަމަށް އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި އުތީމު ކައުންސިލް ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ރަޝީދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ރަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙަށް އެމަނިކުފާނު ”ބެސްޓް ފްރެންޑް” ރަ...

''ކޮޅިގަނޑެއްގެ އަސަރުކޮށް، އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވާނެ''
Thiladhunmathi News

''ކޮޅިގަނޑެއްގެ އަސަރުކޮށް، އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވާނެ''

ކޮޅިގަނޑެއްގެ އަސަރުކޮށް، މިރެއާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. އެ އިދާރާއިން އާންމުކުރި މޫސާގުޅޭ މެސެޖެއްގައި ވިދާޅުވީ، ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު އިއްޔެ ވަނީ ސްރީލަންކާ ހުރަސްކޮށްފައިކަމަށެވެ. އަދި މިކޮޅިގަނޑުގެ ބާރު ގަދަވެ މިވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑުތެރޭގައި، ލޯ ޕްރެޝަރ އޭރިއާއެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ. މެ...

ދާއިރާގެ މެންބަރު އާދަމް ޝަރީފް ދެކެމުންއައި ހުވަފެނެއް ހަގީގަތަކަށްވެއްޖެ: މޫކޭ
Raajje

ދާއިރާގެ މެންބަރު އާދަމް ޝަރީފް ދެކެމުންއައި ހުވަފެނެއް ހަގީގަތަކަށްވެއްޖެ: މޫކޭ

އޭނާ ނިސްބަތްވެވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އަބަދުވެސް ދެކިވަޑައިގަންނަވަމުން އައި ހުވަފެނެއް ހަގީގަތަކަށް ވެފައިވާކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ. ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްޔެ ހުކުމް ކުރުމުން އާދަމް ޝަރީފް ވަނީ ރައީސް ޔާމީނަށް ދެމުން ދަނީ އަނިޔާއެއް ކަމަށާއި އެ އަނިޔާއާއި […]

އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާއަށް ރައީސް މިއަދު ކޮޅުފުއްޓަށް
Raajje

އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާއަށް ރައީސް މިއަދު ކޮޅުފުއްޓަށް

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު މ. ކޮޅުފުއްޓަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިޢުވާން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙް މިއަދު ކޮޅުފުއްޓަށް ވަޑައިގަންނަވާނެ ކަމަށެވެ. ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ރަސްމީކޮށް މިއަހަރު ފާހަގަ ކުރަނީ ކޮޅުފުށީގައެވެ. އެރަށަކީ 2004 ވަނަ އަހަރުގެ ޑީސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިވ...

މުހައްމާ ހިމެނޭހެން އިތުރު ބަޔަކު ހައްޔަރުކޮށްފި
News

މުހައްމާ ހިމެނޭހެން އިތުރު ބަޔަކު ހައްޔަރުކޮށްފި

އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބުދުﷲ (މުހައްމާ) ހިމެނޭހެން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބަޔަކު ރޭ ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ގޮވައިލާ އިދިކޮޅުން ވެރިރަށް މާލޭގައި މުޒާހަރާ ރޭ ކުރި މުޒާހަރާގެ ތެރެއިންނެވެ. ޕީޕީއެމްގެ ރަސްމީ ޓްވީޓާއިން ބުނެފައިވާ ގޮތުގައި އެ މުޒާހަރާގެ ތެެރެއިން 15 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. […]

ކުޑަކަކޫ ނުޖަހާނަން، ރައީސް ޔާމީނާއެކު މި ސަރުކާރު ބަލިކުރާނަން: ސުޖާއު
Raajje

ކުޑަކަކޫ ނުޖަހާނަން، ރައީސް ޔާމީނާއެކު މި ސަރުކާރު ބަލިކުރާނަން: ސުޖާއު

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބަލައި ނުގަންނަކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ […]

ޔާމީން މިނިވަންކުރަން ގޮވައިލާ އިދިކޮޅުން މުޒާހަރާ ފަށައިފި
Raajje

ޔާމީން މިނިވަންކުރަން ގޮވައިލާ އިދިކޮޅުން މުޒާހަރާ ފަށައިފި

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ގޮވައިލާ އިދިކޮޅުން ވެރިރަށް މާލޭގައި މުޒާހަރާ ފަށައިފިއެވެ. ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި މިއަދު ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން […]

ކުޅުދުއްފުށީގައި ބޭއްވި އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ބޭއްވި އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ 6 ވަނަ ންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް މިއަދު ނިންމާލައިފިއެވެ. 24 ޑިސެންބަރު 2022 އިން 25 ޑިސެންބަރު 2022 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި މި ކޮންފަރެންސްގައި ތަފާތު ދާއިރާތަކުން ކޮށްފައިވާ ޢިލްމީ 43 ދިރާސާ ކަރުދާސް ހުށަހަޅާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށްވުރެ ގިނަ މުދައްރިސުންނާއި، ޢިލްމީ، މަތީ ފަންތީގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި ކޮންފަރެނ...

ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއް: އާދަމް ޝަރީފް
News

ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއް: އާދަމް ޝަރީފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ މައްޗަށް މިއަދު އިއްވި ޙުކުމަކީ ސިޔާސީ ހުކުމެއްކަމަށާއި، އެންމެ ފަހުވަގުތާއިހަމައަށް ޔާމީން ސަލާމަތްކުރުމުގެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް، އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި މިއަދު ޔާމީންގެ މައްޗަށް އި...

ޖަލުތަކަށް 220 ޖާގަ އާއި 241 އޮފިސަރުން އިތުރުކުރެވިއްޖެ: އިމްރާން
Raajje

ޖަލުތަކަށް 220 ޖާގަ އާއި 241 އޮފިސަރުން އިތުރުކުރެވިއްޖެ: އިމްރާން

ޖަލުތަކުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ކުރެވެންދާ މަސައްކަތުގެ ތެެރެއިން ޖަލުތަކަށް 220 ޖާގަ އިތުރުކުރެވި، 130 ޖާގަ އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅުނު އޮފިސަރުންނަށް ހިންގި ”ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 8 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން...

ޖަޕާނުގައި ފުރަތަމަ ފަހަރަށް ދިވެހި އުފެއްދުންތައް ވިއްކަން ފަށައިފި
Raajje

ޖަޕާނުގައި ފުރަތަމަ ފަހަރަށް ދިވެހި އުފެއްދުންތައް ވިއްކަން ފަށައިފި

ދިވެހި ފަންނުވެރި އުފެއްދުންތައް ފުރަތަމަ ފަހަރަށް ޖަޕާންގެ މާކެޓަށް ތައާރަފްކޮށް ވިއްކަން ފަށައިފިއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީބީސީ)އިން ބުނީ، ދިވެހި އުފެއްދުންތައް ޕްރޮމޯޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތައާރަފް ކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމާއެކު އެ ކޯޕަރޭޝަނުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އެ ކޯޕަރޭޝަނުން ތައާރަފް ކޮށްފައިވާ ”އޮތެންޓިކް މޯލްޑިވްސް” ބްރޭންޑް ދަށުން ވިއްކާ ދިވެހި ފަންނުވެރި އުފެއްދުންތައް ޖަޕާން މާކެޓަށް ތައާރަފްކޮށްފައިވާ ކަމަށެވެ. މި އެފ...

އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ޖަހައިފި
Raajje

އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ޖަހައިފި

ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ހުރި އިދިކޮޅު އެކްޓިވިސްޓް، އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވީ މިއަދު ހެނދުނުއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގ...