ފެރީ ޚިދުމަތް ގާއިމު ކުރުމަށް ދިހަ ފަޅުރަށާއި ހަތަރު އޮޑި ހަރުގެއެއް މި ސަރުކާރުންނެއް ނުދޭނެ: ޣަފޫރު
ރާއްޖޭގައި ފެރީގެ ޚިދުމަތް ޤާއިމު ކުރުމަށް 10 ފަޅުރަށާއި ހަތަރު އޮޑި ހަރުގެއެއް މިސަރުކާރުންނެއް ނުދޭނެކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުއްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ. ގަޕޯ މިހެން ވިދާޅުވީ، ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ރޭ ހަނިމާދޫގައި ބޭއްވި ޖަލްސާ ވާހަކަ ދައްކަވަމުންނެވެ. ރޭ ދެއްކި ވާހަކާގައި ގަޕޯ ވިދާޅުވީ، ރައްޔިތުންނަށްޓަކައި މި ސަރުކާރާއެއްވަރަށް ޚިދުމަތް ކުރެވުނު ސަރުކާރެއްނެތް ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި...