ރައީސްގެ ޕްރައިމަރީ ކެމްޕެއިން ނިންމަން އައްޑޫގައި ބޮޑު ޖަލްސާއެއް
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ނިންމުމަށް އައްޑޫ ސިޓީގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. ރައީސް ޞާލިޙްގެ ކެމްޕެއިނުން ބުނީ އެ ޖަލްސާ އޮންނާނީ 26 ޖެނުއަރީ ވާ ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީގެ ހިތަދޫ ސްޓޭޑިއަމް ސަރަހައްދުގައި ކަމަށެވެ. އެރޭ 20:30 ގައި ފަށަން ނިންމާފައިވާ މި ޖަލްސާ ރާއްޖެ ޓީވީ އާއި ސަންގު […]