މުސްކުޅިންނަށް ޕެންޝަން ދެވެންފެށީ މައުމޫންގެ ވެރިކަމުގައި ހުށަހެޅި ބިލު ޤާނޫނަކަށްވުމުން: ޝަރީފް
ޕެންޝަން ބިލު ހުށަހެޅީ ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށާއި، މުސްކުޅިންނަށް ޕެންޝަން ދެވެންފެށީ އެ ބިލު ޤާނޫނަކަށްވުމުން ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕެންޝަން ބިލު މަޖިލީހަށް ހުށަހެޅުނީ ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށެވެ. އަދި މުސްކުޅިންނަށް ޕެންޝަން ދެވެންފެށީ އެ ޤާނޫނުގެ ދަށުން ކަމަށެވެ. ”އެ ބިލު ފާސްވެ ޤާނޫނަކަށްވެ ޢަމަލުކުރަން ފެށީ 2009 ވަނަ އަހަރުގެ ކުރީކ...